އަތުގައި އޮންނަ ސްމާޓް ފޯން މެދުވެރިކޮށް، ވިޔަފާރި ކުރާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ މީހުންނަށް މިއީ އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ. 1990 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ރެއިންބޯ އެންޓަޕްރައިޒެސް އިން މި ވަނީ 28 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އޮންލައިންކޮށް އެއްޗެހި ގަނެވޭނެ ހާއްސަ "އޮންލައިން ސްޓޯރ" އެއް ތައާރަފްްކޮށްފައެވެ.
މިއަދު ހަވީރު ޗާންދަނީ މަގުގައި ހުންނަ އެ ކުންފުނީގެ ރެއިންބޯ ލިވިންގ މޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން މި އޮންލައިން ސްޓޯރ ތައާރަފްކޮށްދިނީ، ރެއިންބޯ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަފީގުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ހާއްސަ ކޭކު ފުޅުމެއްވެސް ވަނީ ބާއްވާފައެވެ.
ރެއިންބޯއިން މިއަދު ތައާރަފްކުރި އޮންލައިން ސްޓޯރުން އެ ކުންފުނިން ވިއްކާ ހުރިހާ އެއްޗެއް ލިބެން ހުންނާނެއެވެ. އަދި އެ ސްޓޯރ މެދުވެރިކޮށް ތަކެތި ގަތުމުގެ ފުރުސަތުވެސް ލިބޭއިރު، ސްޓޯރ އިން ގަންނަ އެއްޗެހި މާލޭގެ ކޮންމެ ތަަނަކަށްވެސް ހިލޭ ޑެލިވަރކޮށްދޭނެއެވެ.
މި އޮންލައިން ސްޓޯރއިން ލިބޭ ހިދުމަތަތްތަކާއި ގުޅޭގޮތުން ވާހަކަދައްވަމުން ރެއިންބޯ އެންޓަޕްރައިޒެސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަބްދުﷲ އަސްލަމް ވިދާޅުވީ، ރެއިންބޯގައި ވިއްކާ ހުރިހާ ޕްރޮޑަކްޓެއް އޮންލައިން ސްޓޯރ މެދުވެރިކޮށް ބައްލަވާ ގަނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަލަށް މި ގެންނަ ހުރިހާ އެއްޗެހި ސްޓޯރއަށް ރެގިއުލާކޮށް އަޕްޑޭޓްވަމުން ދާނެ. ޕްރޮމޯޝަނެއް އެއްޗެއް ދިޔަޔަސް، ސްޓޯރ ބައްލަވާ ބޭފުޅުންނަށް އެނގިލައްވާނެ". އަސްލަމް ވިދާޅުވިއެވެ.
އަދި ރެއިންބޯގެ އަހަރީ ދުވަހާއި ގުޅުވައިގެން ރެއިންބޯއިން ފެށި ހާއްސަ ސޭލްގެ އަގުތަކުގައި ސްޓޯރއިން މިހާރު ބައްލަވާ ގަނެވޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.
ރެއިންބޯއިން މިހާރުވެސް މާލޭގެ ފަސް ފިހާރަ ހިންގައެވެ. އަދި ގދ. ތިނަދޫގައި އެއް ފިހާރަ ހިންގަމުން އަންނައިރު، ވަރަށް އަވަހަށް އައްޑޫ ސިޓީގައިވެސް ފިހާރައެއް ހުޅުވާނެކަމަށް ރެއިންބޯއިން މައުލޫމާތުދެއެވެ.
ކޮބާ ލިންކު؟
ގޫގްލް ޕްލީޒު.
މަ މިހިރީ އެއްނު!!