މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓު ފައިސަލް ނަސީމު، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް އިންތިހާބުވެފައިވާ ކައުންސިލަރުންނަށް ދައުވަތު ދެއްވައިފިއެވެ.
ލޯކަލް ގަވާމެންޓް އެތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް ފޮނުއްވި ސިޓީގައި ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުގެ ރަސްމިއްޔާތުގައި ހުރިހާ ކައުންސިލްތަކުގެ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވުމަށް އިންތިހާބީ ރައީސްގެ އޮފީހުން ބޭނުންފުޅުވާ ކަމަށެވެ.
އަދި ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު މާދަމާގެ ނިޔަލަށް އެލްޖީއޭ އަށް ފޮނުއްވުމަށް އެދޭކަމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ކައުންސިލެއްގެ އެއްވެސް ކައުންސިލަރަކަށް ދައުވަތު އަރުވާފައެއް ނުވެއެވެ. އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީގައިވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އެގޮތުން ސިޓީގައި ބުނީ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަންނަވާ ބޭފުޅުންނަށް ރަސްމީކޮށް ދައުވަތު އެރުވުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމަވާފައިވަނީ ގަލޮޅު ދަނޑުގައެވެ. އެގޮތަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް އެރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އިބޫ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 11 ނުވަތަ 17 ވަނަ ދުވަހެވެ. އިބޫ ހުވާކުރައްވާނެ ސީދާ ތާރީހެއް ކަނޑައަޅާފައި ނުވާއިރު އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބީ ރައީސަށް ހުވާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިންޝާ ﷲ ދުނިޔެ ތިބި ބަޔަކަށް ފެންނާނެ މިކަން ނިމޭތަންވެސް ދާދިއަވަހަށް އިންޝާ ﷲ
ސަރުކާރަށް ވަރަށްގިނަދުވަހު ޚިިިދުމަތްކުރެއްވި ބޭފުޅުންނަށް ތިޔަ ޖަލްސާއަށް ދައުވަތުދިނުމަށް ފެނެއެވެ ސަރުކާރަށް ވަރަށްގިނަދުވަހު ޚިދުމަތްކޮށްފައި ވުމަކީ އެއީ ކުޑަކަމެއްނޫނެވެ މިދިޔަ ދުވަސްތަކުގައި ޕެންސަނަރުންގެ ގޮތުގައި ތިއްބެވިފަރާތްތަކަކަށް ދައުވަތުނުދެއެވެ މަޢުމޫންގެ ވެރިކަމުގައި 20 އަހަރުވެގެން ޕެންސަން ލިބިފައިވާ ފަރާތްތަކަށްވެސް ދަޢުވަތުދީފައިވެއެވެ
ވެރިކަން ވެއްޓޭދުވަހުވެސް ވާނެ ތިމީހުން ގެންދަން!
މަމެންގެ އަތޮޅު ނައިފަރާ ، ހިންނަވަރު ކަނޑުން ބްރިޖަކުން ގުޅާލާނޭ ދުވަހެއް ފެންނާނެބާއެވެ؟ އައްޑޫގެ ދެރަށެއްގެ ދެމެދުގައި ފުންކަނޑުހުރަސްކޮށް އަޅަންބުނި 13 މޭލްގެ ބްރިޖް އަޅާދުވަސް ފެންނާނެބާއެވެ؟ މީގެ އިތުރުން ކަނޑުކޮސް 234 ބިޔަ ވަޢުދު އެބަ އޮތެވެ. މުސާރަތައް ބޮޑުކޮށް އޯވަޓައިމްގެ ލިމިޓް ކަނޑާލީމާ ބޭސިކްމުސާރައިގެ ތިންގުނަ އޯވަޓައިމަށް ލިބޭނެއެވެ. ވިހެއުމުގެ ޗުއްޓީ ހަމަހަށް ދިގުދަންމާލުން ، ހުރިހާރަށެއްގައި ޞީއްޙީ އެންމެ މަތީފަންތީގެ ފަރުވާ ، ބަލަން އެބަތިބީމެވެ.
÷ ތިއޮތީ ވާ ކަމެއް ހައިރާން ހިތާދޫ މީހަކަށް ހުދު ފޮށައެއް ލިބިގެން އުޅޭހެން ހީވަނީ
ޔާމީނަށް ތާސްބަޔަކާއި ކުޑަގޮޅި