ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ހިތަދޫ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ހިތަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދަފައިވާ ކަމަށެވެ.
އެ ގެތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ހިތަދޫގައި ހުންނަ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާތަނަށް ފެން ވަދެފައި ވަނީ ހިތަދޫގެ ކިތައް ގެއަށް ކަމެއް ކަށަވަރެއް ނުވެއެވެ. ފެން ވަން ބައެއް ގޭގޭގައި ކަށިމައްޗާއި ހަމައަށް ވަނީ ފެން ބޮޑުވެފައެވެ.
ރޭ ހިތަދޫ އަށް ވަނީ މެދުކެނޑުމެއް ނެތި ފަސް ވަރަކަށް ގަޑިއިރު ވަންދެން ވާރޭ ވެހިފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 13:20 އާއި ހަމައަށެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހެމުން ދަނީ ދެކުނުގެ އަތޮޅުތަކަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.
ވަގުތުފޮޓޯއިން ބުނެދޭން މިއުޅެނީ ފިޔާތޮށިކުލަލީމައި ގެތަކަށްފެންވަންނަވާހަކަތަ؟
ކޮބާ މުއީޒު. ބަޔަކު ގެބުނަސް ގޮވަނީ އޭނަޔަށް ވިއްޔަ.....
ޢައްޑޫ ސިޓީ ހުރިހާ ރަށްތަކުގެ ހާލު.. ހުދު އަޅުގަނޑު ގުޅިން ފަޔަރަށް.. އެމީހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބުުނު.. ލިބުނީ އެތައް ހާސް ރުފިޔާގެ ގެއްލުން
ފެން ވެއްދީކީއްކުރަން