ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން އެމްޑީޕީ އިން ބޮޑު މިއުޒިކް ޝޯވ އެއް ބޭއްވުމުން އެކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީއަށާއި ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން އެއްވެސް އެއްޗެއް ވިދާޅުނުވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ހަތަރު ލީޑަރުން މިނިވަން ވުމުން ﷲ އަށް ހަމްދުކޮށް އިލްޔާސް ޓްވީޓް ކުރައްވައިއެވެ.
ރޭގެ މިއުޒިކް ޝޯވ ނިމުނުތާ ދެތިން ގަޑިއިރު ފަހުން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ހަތަރު ލީޑަރުން މިނިވަންވީތީ ﷲ އަށް ހަމްދާއި ޝުކުރު ކުރަން." ކަމަށެވެ.
އިލްޔާސް ވިދާޅުވީ އޭނާގެ ދުޢާ އަކީ ހަތަރު ލީޑަރުންގެ ލީޑާޝިޕްގައި އިސްލާމްދީނަށާއި ދިވެހި ގައުމަށް ކުރިއެރުމާއި ފާގަތިކަން ﷲ މިންވަރުކުރެއްވުން ކަމަށެވެ. "އަދި އަޅުގަނޑުމެންނަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ ނަހީތަކުން ދުރުވެގެންވާ ބައެއް ކަމުގައި ލެއްވުން." އިލްޔާސް ވިދާޅުވިއެވެ.
4 leaderun minivanveethi Allah ah hamdhai shukuru kuran
dhua akee 4 leaderunge leadership gai islaam dheenashai dhivehi Qaumah kurierumaai faagathikan Allah minvarukurevvun adhi
alhugandumennakee Allahuge amurufulhuthakah kiyamangane naheethakun dhuruvegenva baekkamugai levvun— Ilyas Hussain (@shkilyas) November 2, 2018
އަދާލަތު ޕާޓީ އާއި ޝައިހް އިލްޔާސް ވަނީ މީގެ ކުރިން މިއުޒިކް ޝޯވ ތަކާއި ދެކޮޅަށް ވަރަށް ފާޅުގައި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިޙާބު ކާމިޔާބު ކުރެއްވުމުން އުފާފާޅުކުރަން ބާއްވަމުންދާ މިއުޒިކް ޝޯވތަކާއި ގުޅޭގޮތުން އަދާލަތު ޕާޓީ އިން ވެސް އަދި ޝައިހް އިލްޔާސް ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީ އިން އިންތިޒާމް ކުރި މިއުޒިކް ޝޯވ ގައި ރޭ ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެ އައި އެމްޑީޕީގެ ސަޕޯޓަރުން ނެށުމާއި މިއުޒިކްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެޝޯވ ބައްލަވާލަން ނަޝީދު ވަޑައިގެންނެވިއެވެ.
މިހާރު ތިޔަޝޭޚްގެ ފެންވަރު ވަރަށްރަގަނޅަށްއެގޭނެ
މުނާފިގެއްގެ ކިބައިގާ ހުންނާނެ ޢަލާމާތްތައް ހުންނާނެ އިސްލާމްދީނުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެގެން!! އެކެއް، ދޭއް، ތިނެއް، މިހެންގޮސް ހުންނާނެ ލިޔެފަ!! އޭރުން އެނގޭނެ ކިހާ ވަރެއްގެ ކޮންކަހަލަ ސިފަތަކެއްކަން މީނާގެ ކިބައިގާ ހުރީ!! މިފަދަ މީހުން އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން މިއުޅެނީ!! ބިރުވެތި ވާންޖެހޭ!! އެންމެ ގިނައިން ﷲ އަށް ބިރުވެތިވާށޭ ބުނެ ތަސްބީޙަ ފައްޗެއްހެން ގޮވާ ދޭ ދަރުސު ތަކުގައާއި ސިޔާސީ ޕޯޑިއަމްތަކުގައި ގޮވާ އެކަކު މިއީ!! ﷲ އަށް ބިރުވެތިވެ ތައުބާވެ އިސްލާޙުވާން ގޮވުމަކީ އެއްވެސް މައްސަލައެއްނޫން!! އެފަދަ ނަސޭޙަތަ ގިނަގިނައިން ދޭންވީ!! މައްސަލައަކީ މީނާ މިހެންގޮވަމުން ސިޔާސީ ޕޯޑިއަމްތަކުގައި ދުވާއިރު އަމިއްލައަށް ބިރުވެތިނުވާތީ!! ތިމާގެ ޙަގީގީ މަގުސަދު ފޮރުވާފަ ބަހައްޓާފަ ސިޔާސީ މަގުސަދު ބަޔަކަށް ޙާސިލްކޮށްދިނުމަށްޓަކައި މަސައްކަތްކުރާތީ!! ލިބިފައިވާ ކަންނެލި ދޯންޏާއި ކިޔަވަން ޚަރަދުކުރާ ފަރާތުގެ ނުދައްކަމާ މިތާ!! މިހިރީ މިކަހަލަ މީހުންގެ ޙާލަތު މިއަދު ހުރިގޮތަކީ!! ދެން ދަރުސެއް ދިނަސް ކަމެއްކުރިޔަސް އެއޮންނާނީ ޕަޕެޓް އުސޫލަށް ގޮސް ހުސްވެފަ!! ޕަޕެޓަކީ ބުދެއް!! އޭގެ ޙަރަކާތްތަށް ގެނައުމަށްޓަކައި ހުންނާނީ އަތާއި ފައިގާ ޓްރާސްޕޭރެންޓް ފަތްތަކެއް އައްސާފަ!! އޭގެ ޙަރަކާތްތައް ގެނެވާނީ ފިލާ ނުވަތަ ނުފެންނަ ގޮތަށް ހުންނަ މީހަކު!! މިއީ މީނާގެ މިސާލަކީ!!
ތިއީ ބްރޯ ނިންމަންޖެހޭ ކަންކަނެއް ނޫން ހެއްދެވި ފަރާތުން ތިކަންކަން ނިންމާނީ
ހެއްދެވި ފަރާތުން ނިންމަން ޖެހޭކަންކަން އެފަރާތުން ނިންމާނެ. މުނާފިގުންގެ ސިފަ އަންގަވާފައި އޮތީމަ އެމީހުންގެ ނުބައި ކަމުން ސަލާމަތް ވުމަށް.
ޢިލްޔާސް އަކީވެސް ބޮޑު ޖޯކަރެއް.
ނުކެރޭނެ ބުނަާކަށް އެކަން ކުރިކަންވެސް އޭނަ އަންނުވެސް އެގާނެ ...އޭ އަސްލު ދީންދަންނަމީހުން މިކަމާ އެއްޗެއްބުނެފިތަ ލިބެންހުރިބާ މަދުވާނެ
އިސްލާމްދީނަށް ޖޯކުޖަހަން އުޅޭ ޝެއިޚުން މާތް ﷲގެ ކޯފާ އަށް ބިރުވެތިވުމަށް ގޮވާލަން. ﷲގެ މަގަށް ރުޖޫޢަވުމަށް ގޮވާލަން
ކަންނެލި މަސްވެރިކަން ކިހިނެއްތޯ
ދެން މިއުޒިއި ލަވަ ކިއުން ހުއްދަ ވެދަނެ.
ޝޭޚު، ޙަލާލު ޙަރާމް އަހަރުމެންނަށްވެސް އެނގޭ، ހެޔޮ ޢަމަލުކުރި މީހުންނަށް އޮތީ ސުވަރުގެކަން، ނުބައި ޢަމަލުތަށް ކުރިމީހުންނަށް އޮތީ ނަރަކަކަން، ޝޭޚް ގުޅިގެން ތިއުޅޭ ޖަމާޢަތުގައި އެބައުޅޭ ހެޔޮނުބައި ވަކިކުރަން ނޭނގިގެން އުޅޭ ބައެއް، މީހުން ނޫޅޭ ހަނަފަސް ސަހަރާއަކަށް އެމީހުން ގެންގޮސް އުޑާއި ބިން ފެންނަގޮތަށް ބައިތިއްބާފަ ހެޔޮނަޞޭޙަތް ދިނުމަތް ފެނޭ، ދެން ޝޭޚަށް ބުނެލަން އޮތީ ހަތަރުމީހުން މަތިން ހަނދާން ނައްތާލާށޭ، އެމީހުންނާއި ދޭތެރޭ ވަރަށް އިހާނެތިގޮތަކަށް ކަންތަށް ކުރާތަން ދުނިޔޭގަ ތިބި ބަޔަކަށް ދާދި އަވަހަށް ފެނިގެންދާނެ، ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.
ޝޭހަށް ނަރަކަ ވެސް ލުލް.... ވަކި ހާލަތެއްގަ ޝައިތާނީ އެދުމެއްނެތި 9 އަހަރު ކުދިންނާއި ކައިވެނި ކުރުން މިޝޭހަށްވެސް ކަމަކުނުދޭ... ބާރަށް އަތްޖަހާ..
ތިޔަ އިލްޔާސް އަކަށް ވެސް ދެން ނުފެންނާނެ ރީނދޫ މީހުން ކިތަންމެ ބޮޑު ގޯސްކަމެއް ކުރިޔަސް. އެމީހުންގެ މީހުން މިއުޒިކް ކުޅެފަ ލަވަޖަހާފަ އަންހެނުންނާ ފިރިހެނުން ނެށިޔަސް މިހާރު އޯކޭ. ވަކިބަޔަކު ކަމެއްކުރީމަ އިލްޔާސްގެ އަނގަ އޮންނަނީ. މިހާރު ބަހެއްބުނެލަން އަނގަ ނެތީތަ.
އިލްޔާސްމެން އެދޭ ސަރުކާރުން މިޔުޒިކު ކުޅުމުން ހަރާންނުވާނެ. ދެން މޯލްޑިވިއަން އައިޑޮލްވެސް ހުއްދަވާނެ. އަނެއްކާ މޮޅުތަންކޮޅަކީ ދަރުބާރުގޭގަ ބޭއްވި ޑީޖޭގެ ޒިންމާވެސް ރޔާމީން ނަގަންޖެހޭކަމަށް އިލްޔާސްބުނުމުން.. އެތަނުގަ ކުޅިމަޖާ މިމީހުންކޮއްފަ އުފާހާސިލްކުރީމަ ރޔާމީނަށް ޒިންމާ. އެގޮތުން އިއްޔެ މާލޭގެ މަގުތަކަށްނުކުމެ އައްނިއަށް މަރުހާބާކިޔަން މަގުތަކަށް ކުނިއަޅާފަ ވެމްކޯއަށް ޒިންމާކުރަނީ.. ފައްކަލެނޫންތަ ކޯލިޝަންގެ ޝޭހުންގެ ހުކުމް... ލަންކާގެ ބޮޑުބަލަސޭނާކިޔާ ދީނީމީހުންގޮތަށް މިމީހުން އަހަރެމެން ރައްޔިތުންނަށް ނުހަދައިފިއްޔާވެސް ރަގަޅު... ރަސޫލާއަށް ފުރައްސާރަ ކުރިމީހަކު ސަލާމަތްވުމުން އިލްޔާސް ހަމްދުކުރަނީ. ޕާކިސްތާނުގަ ދީނަށް ފުރައްސާރަކުރި މީހަކު ސަލާމަތް ވުމުން ހަޅުތާލުކުރަނީ.. ސޯޝަލް މީޑިޔާގައުޅޭ ކުދިން މިދެކަމުގަ މިދެގައުމުގެ ރައްޔިތުންނާ ޝޭހުންގެ ބަސްމަގާ އަމަލު ނިކަންދައްކާލަދީބަލަ.
ހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހޭ.. ނޫސްވެރިކަން ތިކުރަނީ މަންމަ ބުނެގެންދޯ؟ އަދިވެސް ޕީޕީއެމް ލާރި ހުސްނުވޭ އޮތަ؟
އިްޔާސް ދެންކިޔާކަށް ނެތޭއިތުރު އެއްޗެއް. މާކަގިނަ ދުވަހެއްނުވާނެ ލާދީނީއައް ގޮވަންފަށަން. މިކަންއޮތީ ވަރަށްކާރީގަ. މިއީކޮންމެފަހަރަކު ގާސިމްއަތުން ލާރިކައިގެން މިމީހުން ކުރަމުންދާވަރަށް ނާތަހުޒީބު އަމަލެއް. ވޯޓްހޯދަންވީމަ ވެރިކަމަށް އަންނަން އުޅޭމީހުނަކީ ހުދުކާފޫރަށް ހަދާފަ ދެންތިބިމީހުންނަކީ އަނިޔާއާ ވައްކަމާ ފަސާދައިން ފުރިގެންވާ ބައެއްކަމަށް ކަނޑައަޅައި މީހުންގެބޯކާލަނީ. މިއީ މިގޮތުގަ ތިންވަނަ ފަހަރު.
ޝައެޚްބުނާގޮތުން ތިކަމުގެޒިމްމާވެސް ނަގަންޖެހޭނީ ރައީސްޔާމީނޯ
އެއީ އެސޮރު ކިޔެވި ތަކެތި ކަމަށްވާނަމަ އެވާނީ ކޮންޖޯކަކަށްތޯ
ޕީޕީއެމް ޖަލްސާ ގައި ލަވަ ކިޔާ ނަށާ ހެދީމަ އޯކެ.. ކޮންމެ އަހަރަކު ނިއު އިޔަރ ފާހަގަ ކޮށް ބޭރު މީހުން ގެނަސް އޯކެ.. އެމްޑީޕީ ކުރީމަ ލާދިނީ.. ވަޓް އިސް ދިސް ބުރޯ..
ވަގުތު ނޫހުން ފިތުނަ އުފެއްދުން ހުއްޓާލާނީ ކޮންއިރަކުން ......
ގަމާރުންނަށް ނޭނގޭނެ މިވާއެއް ނުވާއެއް! އެހެންވެ ރޔ ފަދަ ބުއްދިވެރި ބޭފުޅުން ދެން އަޅާނުލައްވާ މަޑުން ހުންނަވަން ނިންމެވީ
ޢަދީބުއަށް ކުރި ހުކުމް އިއްވީ އިންސާފުން ކަމަށް ބެލެވެނީ.
ތީޝޭހެއް ނޫން ތީ ސޭކެއް. ދުވަސް ކޮޅަކުން ރައީސް ގެ ދައުވަތަށް ތިބޭނެ ތި ސޭކުންތައް މިއުޒިކް ޝޯ ބަލަން ގޮސް...އެހެންނު ވާނީ ރަސޫލާ ދުއާ ދެއްވި ރައީސެއް ވިއްޔާ. މީ ސީދާ ބޮޑު މުނާފިގެއް
ޢިލްޔާސް އިސްކުރީ ދުނިޔެވީ ހަޔާތް. ޔާﷲ އަޅަމެންގެ ދީނީ ޢިލްމުވެރިންނަށް ހެޔޮވިސްނުން ދެއްވާށި
ނަވާޒޫ ތިބުނާ އިލިޔާސް މިއުޒިކުޝޯ ކުއްވެރިކޮށް ފާޑުކީޔާ ކަލޯ އެވާހަކަ ލިޔާނެތަ ކަލެޔަކީ ޔާމީނުގެ ޕަޕެޓެއް
ކަންނެލި އޮޑިއެއްގެ އަގު އެނގޭނީ އޮޑީގެ ވެރިޔާއަށް.
ވައުޡު ބަސްފުޅާ އެއްގޮތަށް ބޭއްވި ކަމެއް ކަމަށް ނިންމައިގެން އެސޮރު އެހެރީ
ކައްނެލި އޮޑި ލިބުނީމާ ހުރިހާ ކަމެއް ނިމުނީ ސޭކު އިލިޔާހަށް.
މިމީހާ ބޮޑާކަމުން އަބަދުވެސް މަ ވަރަށް ފޫހިވޭ.
ދަރިންނޭ ރުހުިމުގެ ލޮލަށް އައިބެއް ނުފެންނާނެއޭ ބުނަނީ ސަމާސާއަކަށް މަޖަލަކަށްނޫނޭ
އިލިޔާސް ކިޔެވި ރޮނގުން ހިނގާ ކަންކަމަކަށް ފާޑެއް ވިދާޅެއް ނުވާނެ.
މިޔުޒިކާއި ނެށުމުގެ ޝޯއާ ދެކޮޅަށް ބަހެއް ބުނަން އެއްވެސް ފަރާތަކުން "ސްޕޮންސަރ"ލިބިފައެއްނުވޭ.
އިސްލާމްދީނޭ ކިޔައިގެން ވާހަކަދެއްކުން ހުއްޓާލާފައި ތިމާއަށް ފަންޑުކުރާ ފަރާތްތަކުން ބޭނުންވާ ގޮތަށް ފަތުވާދީ ދުއާކޮށްދީ ހަދައިދިނުމުގެ ވިޔަފާރިވެރިއެއް ކަމަށް ބުނިއްޔާ ހަގީގަތާ ގާތްވާނެ.
ވެރިކަން ބޭނުންވާ މީހުން ބޮޑުއަގުގަ ނަމަވެސް މީނަ ގަންނަންވީ.. އޭރުން ވެރިކަން ނިބިދާނެ..
އެއްްޗެއް ބުނާނެ ހިއްވަރެއް ނުހުންނާނެ! ޢެއީ ދެއްކުން ތެރިއެއް.
މިކަހަލަ އެއްލޯ ކަނު ޝޭޙުން މިގައުމު ހަލާކު ކުރާނެ....
ﷲ އަށް ދުޢާ ދަންނަވަން ޓްވިޓަރ ބޭނުން ކުރަން ޖެހޭތަ.
ޔާމީނު ވައްކަން ކުރީމަވެސް ކަލޭމެން ފާޑެއް ނުކިޔާ
އޭނާއަކަށް މުންކަރާތެއް ހިންގިކަމެއް ނޭނގޭނެ. އެކަމަށް ފާޑުކިޔާކަށްނޫން އޭނާއަށް ސްޕޮންސަރލިބިފައިއޮތީ. މިވެނިމީހަކު އެވެނިހެން ބުންޏޭ ހިތަށާ ލަގޮނޑިއަށް ތަދުވެޔޭ ކިޔައިގެން ރައްޔިތުން ކުރިމަތީގަ ދެއްކިވާހަކަ މިހާރު ހަނދާނެއްނުހުންނާނެ. އެވާހަކަދެއްކި ކަމަށް ބުނެވުނުމީހާ ވަރު ދީންވެރި ދީނަށް ނަސުރުދޭ މީހަކުވެސް މިހާރަކު ހުންނާނެ ކަމަކަށްނުބެލެވޭ.
ތިޔައީ ބޮޑު މުނާފިގެއް
ސޭޚް އިލްޔާސް ވަރެއް ހަމަ ނެތް ތިގޮތުގައި ސާބިތުވެ ހުންނާތި. މިތާ މިއުޅޭ މީހުން ހީކުރީ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ވިއަްދާ މިއުޒިކު ޝޯ ބާއްވާތީ އިލްޔާސް އެކަމާ އާނ ބަސް ބުނާނެ ކަމައް
އިލިޔާސް އަކީ މުނާފިގެެއް. ޕީ ޕީ އެމް މިއުޒިކު ސޯ ބާވާފިޔާ އެއް ހަރާމް ކަމެއް. އެމް ޑީ ޕީ ބާވާފިޔާ އެ ހަރާމް ކަމެއް ނޫ. ރުހުމުގެ ލޮލައް އައިބެއް ނުފެއްނާނެ އޭ ބުނާ އުސޫލޫން.
މިއުޒިކަކީ ހަރާން އެއްޗެއް ނޫނެވެ. އެކަމަކު މިއުޒިކްވެސް އެމީހަކަށް ނުވަތަ އެ ބަލާ އަޑުއަހާ ބަޔަކަށް ހަރާންވާ ގޮތައް އެކަން ކުރެވިދާނެއެވެ. އެހެންވެ، އިއްލިޔާސް އެއްޗެއް މިދަނޑިވަޅުގައި ވިދާޅުނުވެ އެހުންނެވީ
އިލްޔާސް އަކީ ކުރީގަ މީހުން ވަރަށް ގަދަރު ކުރި މީހެއް .....މިހާރު ހަމަޔަޣީނުންވެސް ރާއްޖޭގެ ޢާބާދީގެ 90 ހާހެއްހާމީހުންގެ ނަފްރަތާ ބަދު ދުއާ ޢޭނަގެމައްޗަށް ކުރާނެކަމާމެދު ޝައްކު ކުރާނެތަނެއްނެއް....ތިޔަށްވުރެ ރަނގަޅުވީސް ފައިސާގެ ދަހިވެތިކަމުގަ ނުޖެހި ލިބުނު މިންވަރަކުން ފުއްދާލައިގެން އެއްވެސް ސިޔާސީ ކަމެއްގެ ނުޖެހި އުޅުނުނަމަ...ހަމަޔަގީނާގާތަށް އާހިރަތް ލިބުނީސް....
މިހިރަ މޮޔަޔާ! އިސްލާމްދީނަށް މާތްﷲ ވަނީ ކުރިއެރުން ދެއްވާފައޭ. ކަލެޔަކަށް އެކަމެއް ނޭނގޭތަ؟ ވަކި ލީދަރުންތަކެއް މިނިވަންވީމައިތަ އިސްލާމްދީން ކުރިއަރަނީ! މިގޮލާ ބުނި ޤައުމެއްގަ އިސްލާމްދީން އޮންންނީ ވަކި މީހަކު ހުރީމައެއް ނޫނޭ. އެހެންވީމަ 4 ލީޑަރުންނާ މިކަމާ ގުޅުވައި ބަސްބުނީ ކީއްވެބާ! ރޭ ކުޅުނު ނާޗަރަންގީ އޯކޭ ދޯ! ޢާނ! ބުނިވިއްޔަ އބ އަންހެނެއްގެ ގައިގަ އެއްދީ ހިތްތިރިކަމާ އޯގާތެރި ކަމުންނޭ.!