ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު، މެމްބަރުންނަށް ރިޝްވަތުދިން ކަމަށް ބުނާ މައްސަލައިގައި، ދައުލަތުގެ ފަރާތުން ފާރިސް އާއި ދެކޮޅަށް ހުށަހެޅި މެމްބަރު ފުލުހުންނަށް ދިނީ ދޮގު ބަޔާނެއް ކަމަށް އެ މެމްބަރު އަމިއްލައަށް އިއުތިރާފްވެ ވަޑައިގެންފިއެވެ.
މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ފާރިސް އާއި ދެކޮޅަށް ދަޢުލަތުން ހުށަހެޅި މެމްބަރު ސިއްރުން ހެކިބަސްދެމުން ވިދާޅުވީ އެ މައްސަލައިގައި އޭނާ ފުލުހުންނަށް ދިނީ ދޮގު ބަޔާނެއް ކަމަށެވެ.
މެމްބަރު ފުލުހަށް ދިން ބަޔާނަކީ ދޮގު ބަޔާނެއްކަން ހާމަވީ، ދަޢުލަތުގެ ވަކީލް ކުރެއްވި ސުވާލުތަކަށް އެ މެމްބަރު ދެއްވި ޖަވާބުންނެވެ.
ދަޢުލަތުން މެމްބަރާއި ކުރި ސުވާލުތައް:
ދަޢުލަތުގެ ވަކީލު: ތަހުޤީޤަށް ބަޔާނެއް ދީފައި ވާނެތޯ؟
މެމްބަރު: ފުލުހުންނަށް ބަޔާނެއް ދިނިން.
ދަޢުލަތުގެ ވަކީލު: ތަހުޤީޤަށް ބަޔާން ދިން ގޮތައްތޯ ޝަރީޢަތަށް ހެކިބަސް ދެއްވަނީ؟
މެމްބަރު: ނޫން
"އަޅުގަނޑު ހަތިމުގައި އަތްލާފައި، މާތﷲ ގަންދީ ހުވާކޮށް މިއަދު ހެކިބަސް މިދެނީ ކަން ހިނގި ގޮތަށް،" މެމްބަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ސިއްރުން ހެކިބަސްދެމުން ފާރިސް އާއި ދެކޮޅަށް ދަޢުލަތުން ހުށަހެޅި މެމްބަރު އިތުރަށް ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންނަށް ދޮގު ބަޔާނެއް ދިނީ، "އަހުމަދު ޝާފިޢު އާއި މެދު ހިތުގައި އޮތް ނަފުރަތެއްގެ ސަބަބުން" ކަމަށެވެ.
އަދި އޭނާ ޝާފިޢު އާއި މެދު ނަފުރަތުކަން އުފެދުނީ، ޕެޓިޝަނުގައި ސޮއިކުރަން އިންދާ ނަގާފައިވާ ފޮޓޯ ޝާފިޢު ލީކުކޮށްލާ، މެމްބަރުގެ އަގު ވައްޓާލުމުން ކަމަށް އެ މެމްބަރު ވިދާޅުވިއެވެ. އަދި އެ މެމްބަރު ފުލުހަށް ހާޒިރުކުރީވެސް ޝާފިޢުގެ ސަބަބުން ކަމަށާއި އެއީވެސް ނަފުރަތު އުފެދުނު ސަބަބެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރުގެ ފޮޓޯ ލީކުކޮށްލީ ޝާފިޢުކަމަށް ވިދާޅުވިނަމަވެސް، ސޮއި ކުރި ތަނުގައި ޝާފިއު، ނުވަތަ އިތުރު އެއްވެސް މީހަކުވެސް ނެތްކަމަށް މެމްބަރު ވިދާޅުވެފައި ވެއެވެ.
ވަގުން ބޭޒާރުވެ ފަލީޙަތްވެ ނިމެނީ، ފުލުހުންވެސް އެމީހުންގެ ހުވާމަތިން ހަނދާންކޮށްލުން މުހިއްމު، ވަކިމީހަކު ބުނެގެން މީހުން ހައްޔަރުކޮށް ފުރޭމްކުރާ ކުރުން ހުއްޓާލާ ﷲއަށް ބިރުވެތިވޭ، ހިސާބުބެލެވޭދުވަހު މިރައީސެއް، މަންމާފުޅު އަދުރޭއެއް، ދޮންކެޔޮބުރޯއެއް، ވޮއިޑު އެންޑު އިނިޝިޔޯ އާޒިމާއެއް ނުހުންނާނެ، މިވެރިކަންނިމޭދުވަހު މިމީހުން ތިފުލުހުންވެސް އަދި ސިފައިންވެސް ކޮށްފަހުރި ޤާނޫނާ ޙިލާފުކަންތައްތައް ދިފާއުކުރާކަށްނުތިބޭނެ، އެމީހުންތިބޭނީ އަރާމް ތަންމަތީގަ ރާއްޖެއިންބޭރުގަ،
ﷲ އިިރާދަ ކުރައްވައިފިނަމަ ތިބާޔާ ދެކޮޅަށް ތިބާގެ ދޫވެސް ހެކިދޭ... ﷲ އީ ޔޫސުފުގެ ފާނަށް ނިކަމެތިކަން ދޭންމަސާްކައްކަތް ކުރިމީހުން ފަޟީހަތްކުރައްވާ ނަބީކަމާއި ވެރިކަން އެކަލޭގެ ފާނަށް މިންވަރު ކުރެއްވި ޖައްބާރުވަންތަ ރަޙްމާނުވަންތަ އެއްކައުވަންތަ އިލާހު. ﷲ އެންމެ ބާރުގަދައީ ﷲ އެންމެ ބާރުގަދައީ
މަ ތިތާ ނެތި ކިހިނެއް މަނެގި ފޮޓޯއެއްތީ.