އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން، މަޝްހޫރު ޤާނޫނީ ވަކީލު ޙަސަން ލަތީފު ހާމަކުރައްވައިފިއެވެ.
ކުރީީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޙަސަން ލަތީފު މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ ޓްވިޓަރ ގައެވެ.
މިއަދު އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ (ޓީ14) ގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަމުގައެވެ.
ޙަސަން ލަތީފު މިކަން އިޢުލާން ކުރައްވާފައިވާއިރު އަނެއްކާވެސް އެމްޑީޕީ އަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާ އަލްހާން ފަހުމީ ވެސް ވަނީ އެދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެގޮތުން، ޙަސަން ލަތީފުގެ ޓްވީޓަށް ރިޕްލައި ކުރައްވާ އަލްހާން ވިދާޅުވެފައިވަނީ އޭނާވެސް ވަރަށް ޝައުގުވެރިވާކަމަށާއި ޙަސަން ލަތީފަށް ކާމިޔާބަށް އެދޭކަމުގައެވެ.
ހަސަން ލަތީފްގެ އިތުރުން އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާންވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައެވެ. ހިސާން ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ތުޅާދޫ ދާއިރާ އަށެވެ.
ޙަލާކު ހުރި
މިއީ މުޅިހެންވޭރުގަވެސްހުރި އެންމެ ބޮޑާމީހާ މީނަޔަށް ވޯޓދޭނެމީހަކު ވާނެބާ ކުރީފަހަރުވެސް މިނިސްޓަރުކަން ލިބުމާއެކު ހ މިއަލަނިން އެޕާރޓުމެންޓެއްހިފައިގެން ނަށްޓާލީ ސަރުކާރުވެއްޓުނީ ގެއަށްބަދަލުވީ މީ މިމީހުންގެފެންވަރު
ބޮޑާކަމުގެ ލާމަސީލު މިސާލެއް
މިމީހާ މިއީ ގައުމަށް ނުރައްކާކުރި މީހެއް ނުހޮވޭނެ.
އެކަމް މިފހަރު ލިބިދާނެދޯ
މިނިސްޓަރު ކަމުގަ ހުންނެވިއިރުގެ އޮޑިޓް ރިޕޯޓް ވަރަނަލަ...ދެން....
މޑޕ ބައިގަނޑު މިފަހަރު މަޖިލިސް ގޮނޑިޔާހެދި ހޭބަލިވަނީ ކުލޫނީ ތުޅާދޫ އަށް މިބޭބެ ހެންވޭރަށް ބޮޑުބައްޔެއްނު
ހޮވޭނެ/ ހޮވާނެ. އެމް.ޑީ.ޕީން ހެޔޮ ހޯނެއް ކުރިމަތިލިއަސް، ކޮނބުލެއް ކުރިމަތިލިއަސް ހޮވާނެ. މިތިބަގެން އުޅޭ މީހުންތައް މިތިބެނީ ބުރާންތިކައިފާވިއްޔާ. ޤައުމު ހެޔޮ ހަލާކުވިއަސް.
އެމްޑީޕީ ގިނަމީހުން ބޭނުންވެގެން އުޅެނީ މަޖްލީސް ގޮނޑީ. ކީއްވެބާ. އެއީ ކުޅެން އުޅޭ ގޭމް ކުޅޭވޭނީ ކޯލީޝަނާއި ނުލައި އެމީހުންނަށް ސާފް އަޤްލަބިއްޔަތު ލިބިގެން. ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކޮށްގެން. އޭރުން ނަޝީދަން ބޮޑްވަޒީރުކަން ލިބެން އޮތީ.
ވަރަށް ނުލަފާ މަޅީއެއް މިޖަހަނީ!!!
ކަންކަމަށް މުޑިނަގާއިރު މާޟީގެ ފަސްބަޔާމެދުގައިވެސް ވިސްނާލުން ކީއްބާވާނީ. ޔޫތު މިނިސްޓަރ އަކަށް ހުރިދުވަސްވަރުގެ އޮޑިޓް ރިޕޯރޓް ރީއްޗެއް ނޫން. ދެން ހުރި ކަންކަން: މިސާލަކަށް އަދަބު އަޚްލާޤު ކުރީ ކިހިނެތް؟