ދިވެހިންނަކީ ރީތި އަޙްލާޤެއްގެ ވެރި ބައެއް ކަމަށް ލިޔެވިފައި ހުރީ އިބުނު ބަތޫތާ އާއި ޕިރާޑްގެ ދަތުރު ނާމާގަައެވެ. މުހައްމަދު އަމީނާއި، ޖަމީލް ދީދީއާ، އިބްރާހިމް ޝިހާބްގެ މަޒުމޫނުތަކުގައެވެ. މިއަދު ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދިވެހި ކާބަފައިން ދަސްކޮށްދިން ދުރޫސުލް އަޙްލާޤުގެ ފިލާވަޅުތައް ދަސްކޮށްގެން ތިބި ބައެއް ނޫނެވެ. އެކަމުގެ ސާފު ހެކި މުޖުތަމަޢުގެ ކޮންމެ ދިމާއަކުން ވެސް މިއޮތީ ފެންނާށެވެ. ތަފްސީލަކަށް ދާނަމަ ގިނަ ބަޔަކު މިހާރު ވަގުތު ހޭދަކުރަމުން މިއުޒިކަލީ ނުވަތަ ޓިކްޓޮކާ އެޕްލިކޭޝަންގެ ވާހަކަ ދައްކާލަން ހިނގާށެވެ.
މިއެކްޕިކޭޝަން ބޭނުން ކުރާ މީހުންގެ ނަޒަރުގައި އެމީހުން ކުރަނީ "ވަރަށް ސަޅި ކަމެކެވެ." އެއީ އެމީހުންގެ "މިނިވަންކަމެވެ." އެއީ އެހެން މީހުންނާއި "ބެހޭ ކަމެއް ނޫނެވެ." ކޮންމެ މީހަކަށް ވެސް އެމީހަކު "ކުރަން ބޭނުންވާ ކަމެއް ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ" ކަމަށް އެމީހުން ގަބޫލު ކުރެއެވެ.
ނަމަވެސް އެންމެންގެ ޚިޔާލު ހުރިހާ ކަމެއްގައި އެއްގޮތް ވާކަށް ނުޖެހެއެވެ. ބަޔަކު ކުރާ ކޮންމެ ކަމެއް އެންމެންނަކަށް ސަޅި ވާކަށް ނުޖެހެއެވެ.
ޓިކްޓޮކާ ބޭނުންކުރާ ބައެއް މީހުން "ބަރަހަނާވެ" އެމީހުންގެ ލަދުވެތި ގުނަވަންތައް ލަދުވެތި ވައްތަރު ވައްތަރަށް ދެއްކުން އެއީ އަހަރެމެންގެ މުޖުތަމަޢު ބަލައިގެންފައިވާ އަޙްލާޤީ އިންތައް ފަހަނައަޅައި ގޮސްފައިވާ، މުޖުތަމަޢުގެ އާންމު އަޙްލާޤީ މިންގަނޑުން ބޭރު އަމަލު ތަކެކެވެ.
21 ވަނަ ގަރުނުގައި ދުނިޔެ ބަލައި ގެންފައިވާ އުސޫލަކީ ކޮންމެ މީހަކަށް އެމީހަކު ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ލިބުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެއެވެ. ނަމަވެސް އެއީ ކުށް ހީކުރުމެކެވެ. މިއީ ކޮންމެ މީހަކު ވެސް އޮންނަ އުސޫލުތަކާއި ހަމަތަކަށް ބޯލަނބާ ކިޔަމަން ވާން ޖެހޭނެ ކަމަށް ދުނިޔެ ގަބޫލު ކޮށްފައިވާ ޒަމާނެވެ. އެއްވެސް މީހަކީ އެމީހަކު ދިރިއުޅޭ މުޖުތަމަޢުގެ އިންތަކާއި މިންތައް ފަހަނައަޅައި ދެވޭނެ މީހެއް ނޫނެވެ.
ޤާނޫނުތަކާއި ޤަވައިދުތައް ހަދައި، އެތަކެއްޗަށް ބޯލަނބައިގެން އަހަރެމެން މިއުޅެނީ ކޮންމެ ކަމަކަށް ވެސް އިމެއް އޮންނަން ވާނެ ކަމަށް ގަބޫލު ކުރާތީއެވެ. ޖަންގައްޔާއި ކަނޑުގެ ޤާނޫނު އިންސާނުންގެ ތެރެއަކު ނުހިންގޭނެއެވެ. އިންސާނުން އުޅެންވާ ގޮތް އެއޮތީ ލިޔެވިފައެވެ. އެމިންގަނޑުން ބޭރު ވުމުން އޭނާގެ އިންސާނީ ވަންތަކަށް އެވަނީ އޭނާގެ ހަށިގަނޑާއި ވަކިވެގެން ގޮސްފައެވެ.
ޒިންމާދާރު، ރަނގަޅު މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މީހުން އެމީހުންގެ ހުސްވަގުތު ފުރާލަން ވަރަށް ފޯރިއާއި އެކު މުޖުތަމަޢުގެ އަޙްލާޤީ މިންގަނޑުތަކުން ބޭރުވެގެން ދިއުމުން އެވެއްޓިގެން ދަނީ ހަމައެކަނި އޭނާގެ އަގެއް ނޫނެވެ. އޭނާ ވަޒީފާ އަދާކުރާ ކުންފުނި ނުވަތަ މުއައްސަސާގެ އަގު ވެސް ވެއްޓިގެން އެދިޔައީއެވެ. އެކުންފުންޏެއް ނުވަތަ މުއައްސަސާއެއްގައި ވަޒީފާ އަދާކުރާ މީހުންނާއި މެދު އާންމުން ދެކެމުން އަންނަ ގޮތް ބަދަލު ވެގެންދާނެއެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ މިއީ އެންމެން ވެސް ކުރާ ކަމެކެވެ. ވީމާ ތިމަންނަ މިފަދަ ކަމެއް ކޮށްލުން އެންމެންނަށް ވެސް "އޯކާ" ވާނެއެވެ. ނޫނެކެވެ. އަދިވެސް ތިމާގެ ދަރިން ދުރޫސުލް އަޙްލާޤުގެ މަތީގައި ބޮޑުކުރަން ބޭނުންވާ މައިންބަފައިން މިމުޖުތަމަޢުގައި އެބައުޅެއެވެ. އެމީހުންނަށް ތިއުޅުމާއި ތިއުސޫލުތައް ކަމަކު ނުދެއެވެ.
އަހަރެމެންނަށް އަޑުއިވިފައި އޮންނަނީ ތިންވަނަ ދުނިޔޭގެ ގައުމުތަކަކީ ބޭނުން ކޮންމެ ކަމެއް ކުރުން ހުއްދަ ގައުމުތައް ކަމަށެވެ. ނަމަވެސް އެއީ ގޯހެކެވެ. އެމީހުން ވެސް އެމީހުންގެ ދަރިން ބޮޑުކުރަނީ އެމީހުންގެ މުޖުތަމަޢުގައި ރީތި ސިފަތައް ކަމަށް ގަބޫލު ކޮށްފައިވާ ސިފަތައް އަށަގަންނުވައިގެންނެވެ. ކޮންމެ އުމުރެއްގެ ކޮންމެ ކުއްޖަކަށް ކޮންމެ ވެބްސައިޓެއް، ކޮންމެ އެޕްލިކޭޝަނެއް ބޭނުން ކުރުމުގެ ހުއްދައެއް ނޯވެއެވެ. ބޭނުން ކޮންމެ ފިލްމެއް ބެލުމުގެ ހުއްދައެއް ނޯވެއެވެ. ބޭނުން ކޮންމެ ފިލްމީތަރިއެއް ކޮޕީ ކުރުމުގެ ހުއްދައެއް ނޯވެއެވެ.
ނަމަވެސް އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުގެ ގިނަ މީހުންގެ ވިސްނުން ހުރީ ކިހިނެއް ހެއްޔެވެ؟ ޓިކްޓޮކާގައި މަންމަ، މުޅި ދުނިޔެއަށް މަންމަގެ ވަނާތައް އިސްތިހާރު ކުރަމުން ދާއިރު އެމަންމަގެ ދަރީގެ އަޙްލާާޤީ ފެންވަރު ހުންނާނެ ގޮތް ދެން އޮތީ ހަމައެކަނި ތަސައްވަރު ކޮށްލުމެވެ. އިތުރު ތަފްސީލަކަށް ގޮސް ގިނަ ވާހަކަތަކެއް ދައްކާނެ ކަމެއް ނެތެވެ.
ދިވެހިންގެ ވިސްނުމާއި ފިކުރު ތަރައްޤީ ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ. އަތުގައި އޮންނަ ފޯނާއި، ބޭނުންކުރާ އަންނައުނު ސްޓައިލް ފިޔަވައި އިތުރު ކަމަކަށް ދިވެހިންގެ ސަމާލުކަމެއް ނެތެވެ. ތިމާގެ ފިޔަވަޅު ބަލައިގެން ތިމާގެ ދަރިން އުޅޭނެ ކަމާއި ތިމާ މިއުޅެނީ މުޖުތަމަޢު ބަލައިގެންފައިވާ އާންމު އަޙްލާޤީ މިންގަނޑުން ބޭރުގައި ކަން ވިސްނާލަން ދިވެހިންނަށް ވަގުތެއް ނުވެއެވެ.
ކާބަފައިން ދަސްކޮށްދިން ރީތި ސިފަތަކާއި އަދި މިހާރު ދުނިޔެ ވެސް ގަބޫލު ކުރާ ރީތި ސިފަތައް ދިވެހިންގެ ތެރެއިން ނިކުމެގެން ހިނގައްޖެއެވެ. އަލުން އަނބުރާ ދިވެހިންގެ އަޙަލާޤު ގާދޫ ކޮލުން އެތެރެ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ބުރަވެފައި ބޮޑެވެ.
ލަދުން ހަލާކު. މަވާސަލާން ތި ޓިކްޓޮކަކާއި.
ހެޔޮ ކެޔޮޅާ ކިތައްމެ އިރަކު ތިޔަހެން ކިޔާލަ ކިޔާލާ އޮޮތަކަސް. ބޮޑުއެތި ކާނީ ކުޑައެތި އެނގިއްޖެ.
ރަގަޅު ވާހަކަ އެއް...
މަވެސް ތި އެއްޗެއް ބަލަން. ލަދުން ބޯ ހަލާކު.
ލިޔުންތެރިޔާގެ ވާހަކައަށް ހަމަ ?.
މި ޓިކްޓޮކް ގަ ވައްތަރު ޖައްސާމީހުން ވަޒީފާ ހޯދަން ދިޔާމަ މީގައި ޖައްސާ ވައްތަރުތަކައް ބަލާފަ ރަނގަޅު ވަޒީފަތައް ނުލިބެން ފެށީމަ ކުރެވުނު މޮޔަ ކަންތައް ވިސްނޭނެއެވެ.
ޓިކްޓޮކް އަކާ އެކު އެއް ނޫން ދިވެހިންގެ އޚްލާގް ދައްވަނީ. މާރާ މާރީ ހިންގާ މީހުންގެ ޅަދަރިން މެރުމާ މަގުމަތީ ފާހިޝް އަމަލު ތައް ކުރުން މީ މިހާރު މިގައުމުގެ އެއްމެ ބޮޑު އެއް މައްސަލަ. އިސްލާމް ދީނުގެ ހަމަތަކުގަ ހިފައިގެން ނޫނީ ސަލާމަތެއް ނެއް. މާރާމާރީ ހިންގާ މީހުން އެކަހެރިކޮށް ސައިޒް ކުރަން ވީ އޭރުން ނިމުނީ.
ވަރަށް ބޮޑު ތެދެއް ދެރަކަމަކީ ބައެއް ޗެނަލް ތަކުން ތިމީހުން މަޝްހ\ޫރު ބަޔަކަށް ހަދައިގެން ޝަޒީލާމެން ވަރު ބަޔަކު ނެތިގެން އެވާހަކަ ދައްކާތީ.. ވަކި އުމުރެއް ނޯވޭ އެންމެނަކީ ވެސް ސްޓާރުން.. ބަލަ ތިކަން ކުރާ އެންމެން ހިތުން އެ މީހުންނަކީ ހޮލީވުޑްގެ ސްޓާރުން.. ކަޅު ހެދުން ލައިގެން ވެސް މޫނު އަޅައިގެން ވެސް ތި ޓިކް ޓޮކް ކުޅެން ވީމާ ވަނާ ތައް ދައްކާ ފާޅު ކުރަން ވީ...
ދިވެހިންނަކީ ރަނގަޅު އަޙްލާޤުގެ ވެރިބައެއްކަން މިއެނގުނީ ވަގުތުން ބުނީމަ. އެއްވެސް އިރެއްގައި އަހުލާގު ރަނގަޅު ބައެއް ނޫން. ކަންކަން ކުރަން ނުކެރޭކަމަށް ހެދިގެން އުޅޭ މާ ކޫލްވެގެން އުޅޭ ބައެއް
ކިތައްމެ ވަރަކަށް ތިހެން ލިޔުނަސް މިޤައުމު ދެން ރަނގަޅެއް ނުވާނެ. ތިޔަހެން ބުނިއްޔާ ބުނާ މީހަކު ގޯސްވާނީ. އެ މީހަކު ބާކީ ވާނީ. މިހާރު އެ އުޅެމުންދާގޮތް ރީތިވެ ސަޅިވާ މީހުންގެ އަދަދު ރާއްޖޭގައި ވަރަށްގިނަ. އަދިވެސް ދަނީ އިތުރުވަމުން.
މިކަންކަން ފެށިގެންއައި ގޮތާއި، އެކަންކަމަށް ހިތްވަރު ދިން ފަރާތްތަކާއި، އެކަންކަން އެގޮތަށް ކުރި ސަބަބުތައް، ވިސްނާމީހަކަށް ވަރަށް ރަނގަޅަށް ފެންނަ ހުންނާނެ.
ކުޅިވަރާއި މަޖަލަށް ޤަރަގުވެފައިވާ މުޖުތަމައަކީ އެމީހުން އެ ބޭނުންވާ ކަންކަން ހާޞިލު ކުރަން ހަމަ އެންމެ ފައްކާ މާހައުޟު.
ޓިކްޓޮކާއި އެކީގައެއް ނޫން ދިވެހިންގެ ރީތި އަޙްލާޤު ގާދޫކޮލުން ބޭރުވީ. އިސްލާމްދީނާ ދުރަށް ދަތުރު ފެށުމުން ރީތި އަހުލާގު ގާދޫކޮލުން ބޭރުވީ. ތަނެއްގަ މީހަކު ޓިކުޓޮކެއް، އިންސްޓަގްރާމެއް، ފޭސްބުކެއް ހަދާއިރަށް ނުޖެހޭ އީމާންތެރިކަން ބަރަހަނާކުރާކަށް.
ތިޔަބުނާ ދިވެހިންނަކީ އެއްސް އިރެއްގައި އަޙްލާގު ރަންގަޅު ބައެއްނޫން. އަބަދުވެސް ތިބެނީ ފުރުސަތެއް ނުލިބިފަ
ދިވެހިންގެ ރީތި އަހްލާގާ ރީތި ނަމޫނާ ގާދޫކޮލުންބޭރުކޮށްލީ ވެރިކަންބޭނުންވެގެން ދޮގާ މަކާރާ ފަސާދަ އާއްމުކުރި ވއްކަމާޓެރަރިސްޓް މާކް ކޯޓުންޖަހާފައި ހުރި މީހަކު މިގައުމަށް އެތެރެ ކުރި ޑިމޮކްރަސީ
ނަވާޒުގެ ޤަލަމަށް ޝުކުރުހުރި! ވާހަކަ ވަރަށް ރަގަޅު! އެކަމަކު ބޭބެ އެއްޗެއް ބުނެލަން ވަރަށް ބޭނުމެވެ. ނަމަވެސް މިކަހަލަ ހަނިއެންގަލަކުން އެއްޗެއް ބުނެދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ ޤައުމާމެދު ވިސްނާމީހުން ވަރަށް މަދެވެ. ޤައުމަށް ޖެހިފައި މިވާ ޙާލާމެދު ރޮއެ ގިސްލާ ބަޔަކުވެސް މަދުން ނަމަވެސް އެބަތިއްބެވެ. ޤައުމު މިދަންތުރައިގާ ޖެއްސުމުގެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ 1980 ގައެވެ. ތި ވިދާޅުވި އަޚްލާޤު ގާދޫކޮލުން ނެރެ ފޮނުވައި ލުމަށް މަގުތަނަވަސް ކުރީ އެހިސާބުންނެވެ. ވަރަށް ރަގަޅަށް ޕްރޮގްރާމް ކުރެވިގެންނެވެ. އެއަށްފަހު އެންމެ މާތްދީން، އެންމެމާތް ރަސޫލާގެ ނަންފުޅުން އަޑުއަރުވަމުން ތަޢުލީމުގެ މަތިވެރި ކަމުން ތަރާނާ ކިޔަމުން ސްކޫލުތަކުގެ ތަޢުލީމީ މަންހަޖު ބިނާތަޢުލީމުގެ ނުވަތަ ލޮލަށް ފެންނަ ފެނުމެއް ފިޔަވައި އެހެންހުރިހައި ދިމާއެއް އަނދިރި ކުރާ ތަޢުލީމެއްގެ ތެރެއަށް ގަނބައި ލާފައި ވަނީ ވަރަށް ފުރިހަމައަށް ޕްރޮގްރާ ކުރެވިގެންނެވެ. ދިވެހިމާދަރީބަސް ފުނޑައި ލުމަށް ދައިމަތި
ރީއްޗެއް ވެސް ނޫން ޓިކްޓޯކްގަ ޖައްސާ ވައްތަރު ތަކެއް. އެ އަށް އެއްޗެހިލާ މީހުންގެ ދަރިން ވެސް ބޮޑުވެ މީހުންގެ މަލާމަތއ ލިބުނީމަ ލަދުން ގައުމު ދޫކޮށްދާވަރު ކޮށްފަ ހުންނަނީ.. އަބަދަކު ޒުވާން ކަންމަތީ ނުހުންނާނެ...ޒުވާން ދުވަސްވަރު އެހެން ވިޔާނުދާ ކޮށްއުޅުނީމަ ފަހުން ލަދު ގަންނާނެ...ދަރިން ވެސް ލަދުގަންނާނެ...
މި ގައުމުގެ އަހްލާގީ މިންގަޑު ފުޑާލި ޖާހިލު ކެނެރީ ބުއްޅަބޭގެ ފަހަތުން ބައެއް ޒުވާނުނާ ހަރުމީހުނާ މެދު އުމުރުގެ މީހުން އުޅޭ.
މި ޖާހިލަށް ނަފްރަތު ކުރުމަކީ މި ގައުމުގައި އަޚްލާގީ މިންގަޑު އޅުން ދިރުވުން
ކެނެރީ ބުއްޅަބޭ ކިޔަން ލަދެއް ނުގަނޭތަ
އިސްލާމްދީނުގައިފުރިހަމަހުރިހާކަންތަކެއް ބާވާލައްވާފައިވަނިކޮށް ޒަމާނީޑިމޮކްރަސީއޭކިޔާއެއްޗެއް
މިގައުމަށްގެންނަން ( އިސްލާމްދީނާ ރަސޫލާއަށްހަޖޫޖަހާ ޒިނޭކުރުމަށްހިތްވަރުދީ ) ބައަކު މަސައްކަތްފެށިހިސާބުންފެށިގެން ދިވެހިންގެ ރީތި އަޚުލާޤް ގާދޫކޮޅުންބޭރަށްދާންފަށައިފި މިހާރު ދީނީޢިލްމުވެރިންގެނަމުގައި ތިއްބަވާބޭފުޅުންވެސް އިސްލާމްދީނުގެ ރިވެތި އަޚުލާގަށް އިސްކަންދެއްވާ ދިވެހިންގެ ރީތިއަޚުލާޤް ގާދޫކޮޅުން ބޭރަށްދިއުންހުއްޓުވުމުގެ ބަދަލު ބައްލަވަނީ ސިޔާސީކަމެއްހާސިލްކުރެއްވޭތޯ މިހެންވެ ރާއްޖޭގެބައެއްކަންތައްމިހާދަށުދަރަޖައަކަށްމިދިޔައީ މިއީ އަހަރެންނަށްވިސްނޭގޮތަކީ
ޓިކްޓޮކް މިހާރުވެސް އެ ނޭގޭ އެންމެނަށް އިޝްތިހާރެއް ނުން ތި ކުރަނީ މާ މައލޫމާތު މުންސަދި މީހަކަށް ހެދެންވެގެން. ތީ ވުޖޫދުގަ ވާއެއްޗެއްކަމަށް ވެސް ނުހެދި މަޑުން ތިބެންވީނުން
އެމީހުންގެ ދަރިން އެ އުޅުން އުޅެން ފެށީމަ އެމީހުންނަށް ވިސްނޭނީ.. މާތްﷲ އެމީހުންނަށް ހެޔޮ ވިސްނުން ދެއްވާށި..