މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދިރިއުޅުއްވާނީ މުލީއާގެގޭގައި ކަމަށާއި ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ ހިލާލީގޭގައި ކަން ސަރުކާރުގެ އޮފިޝަލުން ކަށަވަރު ކޮށްދެއްވައިފިއެވެ.
ހިލާލީގެ އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅެވެ. އެމަނިކުފާނުގެ އާއިލާ ހިލާލީގެ އިން ނިކުމެވަޑައިގަންނަވާނީ މާދަމާ ހެނދުނު އެވެ.
އިބޫ މުލީއާގެ ގެއަށް ބަދަލުވެ ވަޑައިގަންނަވަން ވާއިރަށް އެގެކޮޅުގެ އާބާތުރަ ފިލުވާ، ބައެއް ފަރުނީޗަރު ބަދަލުކޮށް ގެކޮޅަށް ބޭނުންވާ އިތުރު ސާމާނުތައް ހަމަކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން އެބަގެންދެއެވެ.
މުލީއާގެ އަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް އިމާރާތެވެ. އެގެކޮޅު ބިނާކުރެއްވީ މީގެ 104 އަހަރު ކުރިން އައްސުލްޠާން މުހައްމަދު ޝަމްސުއްދީނެވެ. އޭގެ ފަހުން ގައުމުގެ އެންމެ އިސްވެރިންނާއި ޝާހީ ހާންދާނުގެ ބޭފުޅުން އެގެކޮޅުގައި ދިރިއުޅުއްވާފައި ވެއެވެ. ރައީސް ނަޝީދު ވެސް ވެރިކަމުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ މުލީއާގޭގައެވެ.
ހިލާލީގެ އަކީ އިބްރާހިމް ނާސިރުގެ މުދާ، ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތައް ނެގިއިރު ދައުލަތައް ނެގި ގެކޮޅެކެވެ. އޭގެ ފަހުން މަތީފަންތީގެ ވެރިން އެގެކޮޅު ބޭނުން ކުރައްވާފައިވެއެވެ.
އިބޫ އާއި ފައިސަލް މަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.
ސާބަސް ކޮން ގެކޮޅެއްތަ؟ ގެއޭ ކިޔާބަލަ.
އައްނިއައް ތީމުގެމައުމޫނައް އާރައް
ލޫދިޔާ އާމިނާ ލޫދިޔާނާ ފެނިފައި ޅިޔަނޭ ވީ ދިވާނާ.
މުލީއާގެ ހުންނަ ހިތިގަހާ ދެންވެސް ހުރި ގަސްތައް އަވަހައް ކަނޑަންވީ އެހެންނޫނީ ހިތިގަހުން ކުންނާރު ބިންނަން އުޅެފާނެ
2018 ނޮވެމްބަރު 17 ވަނަދުވަހަކީ ދިވެހި ތާރީޚުގައި ފުރަތަމަފަހަރަށް ސަންގޯރަކު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވާ ދުވަހެވެ.
ޢޭ އަހަރުން ކާފަ އާ ނުބެހޭ....
އެކަކު މުލިއާގެ މުލުންލުހެލާނު. އަނެކަކު ހިލާލީގެ ހިލާލާނެ.
ބޮޑުފެމުނަށް މޫދޯ އަހަރެމެންނަށް ގޯއްޗޯ ކާޅުއެޅިމުޅޯއްޓޯ ލާނެތަނަކަށް ލާން ދަގަދަގަ
ތީމުގެ ހުސްކޮށްފަ އިބޫ އާ ފައިސަލުއާ ހަތަރު ލީޑަރުންވެސް އެގެޔަށް ބަދަލުކުރަން ފެނޭ