މި ސަރުކާރު ބަލިކަށިކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަށް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބް ރައީސް ކަންވެސް ކުރައްވާ އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ބަލިކަށިކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.
Raeesul jumhooriyya @ibusolih ge sarukaaru balikashikohllumah eyves faraathakah furusatheh nudheveyne. Majority rayyithunge ihusaasthaka umeedhuthaka eygothah gulhigen ufedhunu sarukaaru egothugai kuriah gendhiumah kuranjehey huriha kameh kurumah alhugandumen mithibi thayyaarah.
— Ali Zahir (alipi) (@alixahir) December 2, 2018
"ރައީސުލް ޖުމުހުރީޔާ އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ, މެޖޯރިޓީ ރައްޔިތުންގެ އިހްސާސަތަކާއި އުއްމީދުތަކާއި އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރު، އެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވެފައި މި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން 87 ދާއިރާއަކަށް ވާދަ ކުރުމަށް ރޭ އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނިކޮށެވެ.
ކޯލިޝަންގެ އެއްބަސްވުމާއި ޚިލާފުވެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ނަައިބް ރައީސް އަދި ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ޝިފާޒު އެވެ. އެ ހުށަހެޅުން ވަނީ ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ފާސްވެފައެވެ.
ކޯލިޝަން އެއްބަސްވުމުގައި ވަނީ އެމްޑީޕީން މަޖިލިސް އިންތިހާބުގައި 35 ދާއިރާއަށް ކުރިމަތިލުމަށެވެ. އަދި ޖޭޕީން 22 ދާއިރާއަށް ކުރިމަތިލުމަށެވެ. އަދި އަދާލަތު ޕާޓީން 13 ދާއިރާއަށާއި އެމްއާރްއެމް އިން 17 ދާއިރާއަށް ކުރިމަތިލުމަށެވެ.
އަދާލަތުން މިހާރު ދެކެނީ މަރުގެ ޙުކުމް ތަންފީޒުކުރުމަކީވެސް އަނިޔާ ކަމަށް އެހެންވީމާ ސޯލިހާއެކު ކުރިޔަށް. އަނިޔާއާދެކޮޅަށް.
މަބޭނުން ކޮންމެގޮތެއް ހަދައިގެންވެސް، ރައީސްގެ ޗީފް އޮފް ސްޓާފަކަށް ހުންނަން. މަށަށް މިގޮތަށް ހުރެވެނިކޮށް ނިމުނީ. އެވަރިހަމަ އަމިއްލަ ޕާޓީގެ އެއްބަސްވުމާ ޚިލާފްވިޔަސް.
"ދޮންކަލޯ ތީ ބޮޑުވަރު"
ތީ ތެދެއް އުޅެއުޅެގެން ލިބުނު މަގާމުގެއްލިދާނެތީ ބިރުން މިސޮރު މި އުޅެނީ
ޢަލީޒާހިރު ކިތަންމެވަރަކަށް ގަދަބަސް ބުނިނަމަވެސް އަދި މިސަރުކާރު ހުދު ބޯކިރަށް ހެދިނަމަވެސް އެމްޑީޕީން އެއޮތީ ނިންމާފައި 87 ދައިރާއަށް ކުރިމަތިލާން އެނިންމުން އަލީޒާހިރަކަށް ބަދަލެއް ނުކުރެވޭނެ އަދި އެމްޑީޕީއަކުން ނުވެސް ކުރާނެ ކޯލިޝަނޭ ގުޅުން ބަދިހި ކުރުމޭ ހީނަރުވުމޭ ކިޔަނެކަމެއްނެތް ފޭހުނު އިލޮށި ތިހިރީ ލޮލަށްވަދެފައި ދެން އިލޮށިނަގާ ލޮލަށް ބޭސް ކުރެވޭތޯ ބަލާ
ތިވާހަކަ ބުނަންޖެހޭނީ ރައީސް އިބޫ. އަލީޒާހިރެނޫން. އަލީޒާހިރަކަށް ތިހައިސިއްޔަތެނެތް. މޑޕއިންއެވަނީ އެމީހުންގެ ނިންމުން ނިންމާފަ. އަލީޒާހިރުގެ މގާމު ގެއްލިދާނެކަމުގެ ބިރު އަލީޒާހިރުއަށް އޮތީމަ ތިހެންވެދާނެ.. އެކަމަކު މިގައުމުގެ ރައްޔިތުންގެ ބިރަކީމިހާރު މިގައުމުގެ މިނިވަންކަން. މިކަމުގެ ސަބަބުން ރައްޔިތުންބޭނުމީ މިވެރިކަންނިންމަން. އަލީޒާރުމެން މޑޕއަށް ސޮއިކޮއްގެން އެޕާޓީއެކު ކުރިޔަށްދޭ ރައްޔިތުންބޭނުމީ މިހާރު ވީހާއަވަހަކަށް މިވެރިކަން ނިންމަން.
މި ބޭފުޅާ މޮޔަފުޅު ވީބާވައޭ އެބަ ހިތަށް އަރާ! ބައްލަވާ އެކަން އެ ކުރަނީ ތިޔަ ބޭފުޅުންގެ ރޫޙާނީ ލީޑަރ ކެރަފާ އަންނިޔޭ! ގަދަބަސް ބުނެލަ ބުނެލާ ހުއްޓަ ސޯޓް ވެއްޓެނީ! ވެރިކަމަށް 2 ހަފްތާ ވީއިރު ވަޢުދުތަކުން އަތްދޮވެލައިފި. @@@@@@@@@
ތިހެން ކިޔަކިޔާ ތިއްބާ ބަލިކަށިވަނީ... ލަލަލާ.... ލަލަލާ
ބޮލުރޮދިކެނޑިފަހުރިތިޔަ ބޯބުރާންޗައް ބުނެލަން. އެފުރުސަތު ހުޅުވިގެންދަނީ މީހަކުދޭފުރުސަތތަކުން ނޫންކަންވެސް ތިޔަހުރީ ހަނދާނުންފުހެވިފަ. ދުނިޔޭގެދަހިވެތިކަމުގަ ޖެހެވުމަކީ އެއީ....
އަލީ ޒާހިރު. އާހިރަތް ދުވަސް މަތިން ހަނދާން ކޮށްދެން. ނަރަކައިގެ އަޒާބު މަތިންވެަސް
އަދާލަތަށް އެންމެ ގޮނޑި އެއްވެސް ނުލިބޭނެ..
އަލީ ޒާހިރު ތީކާކު މިހާރުވެސް އޮތީ ސަރުކާރު ބަލިވެފައި
އިބްރާހީމަ ޞާލިހް ވެރިކަންވެއްޓޭނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް އެތިބީ އެތައް ރައްޔިތުންނެއް! މަށަށް ކޮންކަމެއް! މަވާސަލާމް
އަދާލަތާއި، ޖޭޕީއާއއި، މައުމޫނަށް ލިބޭނެ ގޮނޑިއެއް ނުހުންނާނެ... ދެން ރޯލާ..
ބަލަ ޢަލީ ޒާހިރު ނަމަކަށް ވެރިޔަކަށް ލީ މީހެއް އިބްރާހީމް މުޙައްމަދު ޞާލަހަކީ! އެކަން ދަންނާނެ ގައުމުގެ ރައްޔިތުން! ޢަލީ ޒާހިރުގެ ކަންފަތް ބީރީތަ! ނަޝީދު އެކިޔާ އެއްޗެހި އަޑުއަހާބަލަ! ނަޝީދު އެބުނީ މަ މިޤައުމުގެ ވެރިކަން ބަރުލަމާނީ ވަރިކަމަކަށް ހަދާނަމޭ! އޭނައަށ
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އާއި މަޖިލްސް މެމްބަރުންގެ އެއްވެސް ތަޢުލީމީ ފެންވަރެއް ކަނޑައަޅާފަ ނޯވޭބާ މިހެން މިކަން ފާހަގަ ކޮށްލަން މިޖެހެނީ ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވާއިރު ޑިގްރީ ނުވަތަ ޑިޕްލޮމާ ފެންވަރު ބަލާ މިކިޔަނީ ދިވެހިރާއްޖޭގެ ރައީސް ޤާނޫނު ހަދާ މަޖްލިސް މެންބަރުންގެ އެއްވެސް އެފެންވަރެއް ޝަރުތުކޮށްފައި ނެތުމުން މީއަޅެ ދޮގެއްތަ
މީނާއަށް ކިހިނެއް އަންނިއަށްވުރެ ގަދަވެވޭނީ. އަންނި ބޭނުމެއްނުވޭ ގުޅުން ބާއްވާކަށް. މިދޭތެރެއަށް އެހެން މީހަކު ވަންނާކަށް ނުޖެހެއޭ. މިހާރު މިއޮތީ ވޭނެ ހުރިހާ ކަމެއް ވެ ނިމިފައޭ.
ހަމަ ހިނި އަންނަނީ، ތިބޭފުޅާ ނިސްބަތްވާ ޕާޓީ 13 އަހަރުވީއިރު ތިބީ 6800 މެންބަރުން އަދި ތިބޭފުޅާ މެންބަރ ކަމަށް ކުރިމަތިލީމަ ލިބުނީ ކިތައް ވޯޓް ތޯ.
ސަރުކާރު ވައްޓާލާ ބަޣާވާއްކޮށް އުޅޭ ހުރިހާ މޭސްތިރިން ތިތިބީ ގުޅިފައި. ތިކަން ކުރާކަށް ބޭރުން ބަޔަކު ނައަންނާނެ! ތިފުރުސަތުޢޮތީވެސް ތިޔަލީޑަރުން ނަށް! މިހާރުވެސް ތިއޮތީ ފުޅަށްދަށުން ފެށިފަައި! މައްސަލައަކީ ޣަނީމާގެ މުދާބަހަން އެއްބަސްވީ އުސޫލުން އެކަމެއް ނުވި! ހިތާމަޔަކީ ދެން ޝައިޚް އިލްޔާސްގެ އާދަރުސެއް މިހާރު ތިޔަތިބި ލީޑަރުން ބޭނުންވާނެތޯ! މިއޮތީވާ ކަމެއް
ގުއި ރީނުގައި ޖެހިގެން ދެން ހުރެވޭނީ ކުޑަދުވަސްކޮޅަކު. ނަގާ އުކާލާނެ. މޮޔަވެގެން އުޅުނުގޮތް އަމިއްލައަށް ތަނަކުއިނދެގެން ހަނދާންކޮށްބަލަ.
ވައްކަންކޮށްގެން ގެނައި ސަރުކާރެއްގައި ހަރުދަނާކަމެއް ނުހުންނާނެ! މާތްﷲގެ ރަޙްމަތެއް ނޯންނާނެ! ނިމެން ކައިރިވެއްޖެ! އިންޝާއަﷲ!
މަގާމް ގެއްލެން ދުވަހެއްނެތް. ހިޔާލީފޮލާގަ ހުރޭ. އަނިޔާވެރިކަމާ ދެކޮޅަށް ހައްދުޖެހުމާއި މަރަށް މަރު ހިފުމާއި އެއްކޮޅަށް ހުރޭ. ހަސަދައިން ފޯވެފައިވާ މީހެއް
ބަލަ! ތިޔަ ސަރުކާރު ބަލިކަށި ކުރަނީ ސަރުކާރުން އަމިއްލައަށް ކަމެއް ނޭނގޭތަ!!
މިހާ އަވަހަށް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި، އިސްލާމް ދީނުގެ އަސްލުތަކާއި، ރާއްޖޭޖެ އިސްތިޤލާލުގެ އަގު ވައްޓާލާ ވެއްޔާ މޮޑެލައިފި.
ވެރިކަމަށް އަުމަށް ކޯލިސަނުން ހެދި އެއްބަސްވުމާ ޚިލާފް ވެއްޖެ.
ކަލޭ ފުރުސަތު ދީގެންތަ ބަލިކަށިވާނީ. ވަގުތު ޖެހުނީމާ ވާނެ.
މޑޕ ގަ އޮންނަ އަންނި ފެކްޝަނާ ރައްޔިތުންގެ ފެކްސަން ގެ ކަންތައްގަޑު ފެށުނީ. މި އަންނިގަނޑު ވެއްޖެ އެއްނު ލަންޑަނަށް އަރުވާލާފަ ބަހައްޓަން. ޔޫކޭ އެންބެސެޑަރުކަން ދީފަ ފޮނުވާލަބަލަ އެތަނަށް
ހާދަހަަ އަވަހޭ ދޯ ވެރިކަން ވައްޓާލަން ގޮވާލުން. ތިވެރިން ފަހުންވެސް ކަން ކުރަން ބޭނުންވާނެ ގޮތަކީ އެއީ ކަމަށް ވާތީއޭ މަމެން މިގޮތް އިޚުތިޔާރު ކުރަން ޖެހުނީ. 87 ގޮނޑި އާއި ވަޒީރުންގެ މަޖިލިސް ވެސް އަތުލާނަން. ދެން ޗަކޮއިމެން ތިބޭ ގޮވޭލަ ގޮވޭލާ......