ސަރުކާރުން ބޭނުންވާ ކަންކަން ނިންމަން ހަތަރު ލީޑަރުން އެއްބަސްވެފައިވާ ގޮތައް މަޖިލިސް ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުން ފަށައިފިއެވެ.
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގައި ހިމެނޭ މެމްބަރަކު ވިދާޅުވީ، ޚާއްސަ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.
ޚާއްސަ ޖަލްސާ ބޭއްވުމަށް މެމްބަރުން ހުށަހަޅުމުން، 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ އެވެ.
ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ސަރުކާރަށް ތާއިދު ކުރާ މެންބަރުން ފެށި އިރު ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވަނީ ދައުރުގެ ބޭރުން ހާއްސަ ޖަލްސާއެއް ބާއްވަން ދެކޮޅު ކަމަށް މީސް މީޑިއާގައި ވެސް ފާޅުގައި ވިދާޅުވެފައެވެ.
މި މަހުގެ 15 ވަނަ ދުވަހު މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވީ ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އެބިލްތަކަށް ވޯޓަށް ނޭހުނީ ސަރުކާރަށް ތާއިދު މެންބަރުން ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންނެވުމެވެ.
އެހެންކަމުން ހާއްސަ ޖަލްސާގައި އެބިލްތައް ފާސްކޮށްލުން ފިޔަވައި އިތުރު ކަމެއް ކުރިއަށް ގެންދާނެ ކަމަކަށް ނުބެލެވެއެވެ.
ރިޔާސީނިޒާމަކީ ތިންބާރުވަކިވެފައިވާ ނިޒާމެއްކަމައް ވަކާލާތުކޮށް އަޑުގަދަކުރެއްވިބޭފުޅުން މިއަދުމިއުޅުއްވަނީ ކީއްކުރަންބާ މިސަރުކާރުންވެސް ރައްޔިތުންގެމަޖިލިސް މިބޭނުންކުރައްވަނީ ގޮޏޑިކޮށްކޮ މަޖިލީހެއްގޮތުގަނޫންބާ ތިޔަފާސްނުކުރެވިގެންއުޅޭ ބިލްތަކުގަ ރައްޔިތުންނައް މަންފާހުރީކިހާވަރަކަށްބާ
މިޖަލްސާއަށް އެލަވަންސެއްގެ ގޮތުން މީކަށް ބައިލައްކަ ރުފިޔާ ދޭންޖެހޭނެ އެކިމީހުންތިބީ އެކިތަނުގައި
ރައްޔިތުންނާ ގުޅުންހުރި ވަރަށް މުހިއްމު ބިލެއް
އެބައޮތް!