ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރިމަތިލާނީ 22 ދާއިރާއަށްކަން ކަނޑައަޅާފައި ނުވާނޭކަމަށް އެޕާޓީން ބުނެފިއެވެ.
ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީން މިހެން ބުނެފައިވަނީ އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މުޙައްމަދު މަލީހު ޖަމާލު އިއްޔެ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ. މަލީހު އިއްޔެ ވިދާޅުވީ، ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޕާޓީން ކުރިމަތިލާނީ 22 ދާއިރާއަށްކަމަށެވެ.
ޖޭޕީގެ ތަރުޖަމާނު މިއަދު ވިދާޅުވީ މިއަދާ ހަމައަށް ޕާޓީގެ 125 ވަނަ ކައުންސިލުގެ ނިންމުން ބަދަލުކޮށްފައި ނުވާނެކަމުގައެވެ. ހަމައެހެންމެ، މި ވަގުތަށް ވަނީ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިކަމަށާއި މި ފުރުޞަތު ބަންދުވާނީ މި މަހުގެ 25 ވަނަ ދުވަހުކަމަށެވެ.
މީގެއިތުރުންވެސް، ތަރުޖަމާނު ވިދާޅުވީ ޖޭޕީން އަދި އެއްވެސް ދާއިރާއަކަށް ވާދަ ކުރަންވެސް އަދި ނުކުރަންވެސް ނުވަތަ އަދަދެއްވެސް ކަނޑައަޅާފައި ނުވާނެކަމަށެވެ. ހަމައެހެންމެ، ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތެއްވެސް މިހާތަނަށް ނިންމާފައި ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
ޖޭޕީގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ މިނިސްޓަރުގެ ވިސްނުންފުޅަކީވެސް އަދި ޕާޓީގެ ވިސްނުމަކީވެސް އެކުގއި މަސައްކަތް ކުރުންކަމަށާއި، 22 ދާއިރާކަމަށް ވިދާޅުވީ އެހެންވުމުންކަމަށް ޤަބޫލު ކުރެވޭކަމުގައެވެ.
ޤާސިމަކީ ފިޑިއެއް ކޯލިޝަނުން ދޭންބުނިވަރަށްވުރެ އިތުރަށް އެއްމެގޮޑިއަކަށްވެސް ވާދަކުރާކަށް ނުކެރޭނެ
މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ މަޖިލިހުގެ ރައީސަކަށް ގާސިމަކަށް ނުހުރެވޭނެ
އެއްޑީޕީ ނޫން ޕާޓީއެއްގެ މީހަކު ވަޒީރަކަށް ނުހުންނާނެ ފައިސަލް ނަސީމު ނައިބުރައީސަކަށް ނުހުންނާނެ
މިއީ ވ ވާހަކަ ރައްކާކޮށްލާފައިބާއްވަދީ
ބ.ދަރަވަންދޫ ރެޓައުރެންޓެއްގައި ތިބި އެމްޑީޕީ ބަޔަކު ދެއްކި ވާހަކަތަކަކުން ވައްކަންކޮށްގެން މަށަށް ލިބުނު ހަބަރަކީ ހަމަ ކަލޯ ތިބުނި ގޮތަށް އެމްޑީޕީ ނޫން މީހުން މަޖިލިސް އިންތިހާބަށްފަހު ބޭރުކުރުން
މަދުވެގެން 80 ދާއިރާއަށް ކުރިމަތިލައި ޕީއެންސީ އާއެކު ޖޭޕީ ނުކުންނަވާ! ދެޕާޓީއަށް އިންޝާއަﷲ 60 ގޮނޑި ކާމިޔާބުކުރެއްވޭނެ!
މަ ވަރަށް ތާއިދު ތި ވާހަކައަށް ވަރަށް ގަބޫލު ކުރެވޭ ތިހެން ވެދާނެ ކަމަށް