ބ. ދަރަވަންދޫގެ ބޮޑު ސަރަޙައްދެއްގައި އަލިފާން ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3000 އަކަ ފޫޓުގެ ސަރަޙައްދެއްގައި ވަނީ އަލިފާން ރޯވެފައެވެ.
ފުލުހުން ވިދާޅުވީ މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 18:10 ހާއިރުކަމަށެވެ. އަދި މި ޙާދިސާއަށް ދަރަވަންދޫ ޕޮލިސް ޑެސްކާއި އެރަށު ކައުންސިލުން އެޓެންޑްވިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ފުލުހުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ދަރަވަންދޫ އެއަރޕޯޓުގެ ރަންވޭގެ ހުޅަނގުކޮޅުގެ ވަލުތެރޭގައިކަމަށެވެ. އަދި އަލިފާން ނިއްވުމަށްޓަކައި އެއަރޕޯޓުގެ ފަޔަރ ލޮރީ ބޭނުންކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
"ބ. ދަރަވަންދޫގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން 18:10 ގައި ވަނީ ރިޕޯޓު ކޮށްފައި. ދަރަވަންދޫ ޕޮލިސް ޑެސްކް އިން ވަނީ އެޓެންޑް ވެފައި. އަދި ކައުންސިލުންވެސް ވަނީ އެޓެންޑް ވެފައި. އަލިފާން ނިއްވުމަށް އެއަރޕޯޓް ފަޔަރ ލޮރީ ބޭނުންކޮށްފައި ވަނީ. އަލިފާން ރޯވެފައިވަނީ އެއަރޕޯޓުގެ ރަންވޭގެ ހުޅަނގު ކޮޅު ވަލުތެރޭގައި." ފުލުހުން މީޑިޔާ އަށް ވިދާޅުވިއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
އަލިފާން ސަރުކާރު ބޮޑުހުޅު ސަރުކާރު ވާނުވާނޭންގި މީހުންމަރުވާ ސަރުކާރު
އެމްޑީޕީ ޕުރައިމަރީފާހަގަކޮއްލީ
ބޮޑުހުޅު ސަރުކާރު ނޭނގިތިއްބާ އަލިފާންރޯވާ ސަރުކާރު އެންމެގިނައިން މީހުން މަރުވާ ސަރުކާރު ލާދީނީ ގޮވެލި ގޮވާ ހަމައެކަނި ސަރުކާރު މަރުވާ މީހުން ހޯދާ އެމީހުންނާ ވާހަކަދައްކަން އުޅޭ ދައްޖާލުގެ ސަރުކާރު........!!