އެންމެ ބޮޑު އިސްކަމެއް ދޭނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ގެ ވެރިކަން ދެމެހެއްޓުމަށް ކަމަށް ވެރިކަން ކުރަމުންދާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން ބުނިގޮތުގައި މަޖިލީހަށް ނިކުންނައިރު، އަދާލަތުން މައިގަނޑު ދެ ކަމަކަށް ވިސްނާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ސްޓޭންޑަކީ ކޯލިޝަން ރޫޅާނުލައި ސަރުކާރާއެކު ކުރިއަށް ދިއުން ކަމަށެވެ. އަދި އެންމެ މަތީ މަސްލަހަތަކީ މިވެރިކަން ދިފާއު ކުރުން ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަ ކުރާނީ ވެރިކަން ދެމެހެއްޓުމަށް ކަމަށް އެޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ،ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިޚާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިންމު އަމާޒެއް.ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން.
— Adhaalath Party (@AdhaalathOffice) January 19, 2019
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމާއި ގުޅިގެން ޕާޓީގެ ތެރޭގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމަވާނެ ކަމަށެއވެ.
"ޕާޓީއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މިވެރިކަން ދެމެހެއްޓުމަށް އެކަން އަޅުގަނޑުމެން ބަލާނަން. ޕާޓީގެ އެންމެ މަތީ މަސްލަހަތަކީ ވެރިކަން ދެމެހެއްޓުން" ނަޒީރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ބުނީ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމުގެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓްނަރ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ.
ކަމަކުނުދޭ އަދާލަތު. ފައިސާ ލިބިދާނެ ދުނިޔޭގައުޅެން. އެމްޑީޕީން ދީނާ ޚިލާފަށް ކުރާކަންތައްތަކަށް ހިތްވަރުނުދިނުން ރަގަޅުވާނެ
ތިއުޅެނީ .މަގާމް ގެއްލިދާނެތީ އެހެން އެއްވެސް ކަމެއް ވެގެނެއް ނޫން މިހާރު އިމްރާނަށް ރަގަޅުވާނެ ޒިނޭކުރާމީހުންގެ ހައްދު ނުޖަހާ ގޮތަށް ހަމަޖެއްސިޔަސް އަދި ފައްޅި އެޅިޔަސް ބުނާނެ ތޯއްޗެ ދުނިޔޭގެ އެހެން މުސްލިމް ގައުމު ތަކުގަ ވެސް ފައްޅި ހުރެޔޭ ފައޅިޔެއް ހުރިއްޔާ ވާނީ ކީއްހޭ ސާބަހޭ އިމްރާނަށް
5900 މީހުން ހަމަވާ ޕާޓީއަކުން ކޮން ކޯލިޝަނެއްތޯ އޮބިއެޅޭނީ. މަމެން މަގުމަތީ 7 އަހަރު ތިބީމެވެ. ތަމެން ކުރީކޮންކަމެއް. ރޫޅަންވީ... އަވަސް މަމެން ބަެނުމެއްނޫންބަޔެއްގެ ދަށުގަ ތިބެން 128000 މީހުންގެ ސަޕޯޓް ކުރޭ
ދީން ވިއްކައިގެންވެސް ތަ؟
އެންމެ އިސްކަމެއްދޭނީ އަދާލަތް ޕާޓީއިން ވަކިވުމައް.
ޢަދާލަތައް އެނުން ގޮތެއް ނެތް.3 މިނިސްޓަރުން މިހާރު ލިބިއްޖެ
ލާދިނިއްޔަތު ދެމެހެއްޓުމަށް ވާގިވެރި ވާން ތައްޔާރޭ ބުނެބަލަ. ކުރީ ފަހަރު ކަލެއަށް ބައި އެޅޭ ގޮތް ނުވީމަ ލާދީނީ ގޮވަމުން ދުވީ. މިހާރު އެކަން އެބަ އެނގޭނު.
ޢަދާލަތު ކިޔަނީ އެހެން މީހުންގެ ސަމާލުކަން ހޯދަން ކޮންމެހެނ އިންސްލާމްދީން ގެ ހަމަ ބޭނުންވެގެނެއްނޫން..ބޭނުމީދުނިޔެ.މިހާރު އެއޮތީ ދުނިޔެލިބިފަ
ޚޭކު ހަރުވީމާ ޢަދާލަތުވެސް ބޭރުކުރާނެ
ދީނީ ޖަމާއަތެެއްގެ ނަން އެޅިގެން އަމިއްލަ އެދުން އިސްކުރަމުންދާ ސިޔާސީ ޖަމާއަތެއް އަދާލަތަކީ، ދީނަށް ފުރައްސާރަކުރާ އެންމެން ހިމާޔަތް ކޮށް ގައުމިއްޔަތި ފަސްދާނުލާން ފަސްނުޖެހޭ ބައެއް. މި މީހުންގެ ނިމުންވެސް ހިތިވާނެ
އިމްރާނޫ ދިދަޖެހި ކާރެއްގަދުއްވޭތީޔާ ވަޒީފާގެ ދަހިވެތުކަމުގަ ކަލޭގެ ދީންވެސް ކަލެޔައް އޮޅިފަ ތިހިރީ
އަދާލަތު ކަލޭމެންތީ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއްތޯ މިއަދު ސުވާލު އުފެދޭ ހުރިިހާ އެއްޗެއް އެނގި ތިބެ މާތްވެގެންވާ އިސްލާމް ދީން އެއްފަރާތްކޮށް ދުނިޔޭގެ މާދިއްޔަތަށް ހެއްލެން ހެޔޮނުވާނެ.
ނަޝީދު ދެންއެންމެއަވަައްކުރާނެ ކަމަކީ އިމްރާން ބޭރުކުރުން އޭނަހިތްފުރޭވަރައްގާސިމު އާދިމާކުރެވިއްޖެ މޑޕ މީހުން ލައިގެންނާއެކު
މިވަރުގެ ދީނަށް ލޯބިކުރާ ސަރުކާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނާނެ. ކޮންމެހެންވެސް ދަމަހަށްޓަން ޖެހޭނެ. އެހެން ނޫނީ ހުވަފެނުންވެސް ނުދެކޭ ތިޔަހަރަ ބޮޑަތި މަގާމުތައް ގެއްލިދާނެ. ކަލޭމެންނަކީ ޖާހިލު ބައެއް.
ކަލޭ ތިޔަހުރީ އަގާގައި މަލަންއަޅާފަ! ވެރިކަން ވެއްޓޭނެ އަހަރުވެސް ނުވަނިސް އިންޝާއަﷲ!
ދީން އަޅާފަވެސް ވެރިކަން ދަމަހައްޓާތި. ތިއޮތީ މަގާމުތަކެއް ލިބިފަ މިސަރުކާރުން.
ދަމަހައްޓާތި ކޮންމެހެންވެސް ހިފަހައްޓާތި ވަލެއް އައްސައިގެންވެސް ހިފަހައްޓާތި ނަމަވެސް ކަލޭއަހަރެމެންނަށް ދިންނަސޭހަތްތަކާ ރަސޫލާގެ ސުންނަތާ ކީރިތިގުރުއާނުން ހެކިދެއްކި ހަނދާން އެބަހުރިތަ ނޫން ހަމަހިލާނެތް މީހުން މަގުފުރެއްދީ ކަލެޔާ މައުމޫނާ ދެމީހުންވެގެން ތިކަމުގެ ސުވާލުތައް ކުރެވޭދުވަހެއް އެބައޮތް އެދުވަހުންވެސް ހަމަތިޔަގޮތަށް ލާދީނީ ސަރުކާރު ދަމަހައްޓާނަންތަ؟
ސޭކު އިމްރާންމެން ތިހެން ބުނީމަކާ ހައިރާނެއް ނުވޭ. ތިހެން ކިޔައިގެން ވަޒީރުކަން ދެމެހެއްޓުމެންނު ބޭނުމަކީ! އިބުރާމެން ދީނަށް ފުރައްސާރަކުރަމުން ދާއިރު ދީން ހިމާޔަތް ކުރަން ނިކުތް ޕާޓީގެ އިސްވެރިޔާ ތިހުންނަނީ އެމީހުންގެ ހިމާޔަތުގައި. ﷲއަށް ބިރުވެތިވުމަށް އިމްރާނަށް ގޮވާލަން. ދުނިޔޭގެ ލައްޒަތާ މަޤާމާ ޝަރަކަށްޓައި ދީނުގެ ހިމާޔަތުގައި ބަސްނުބުނެ އަމަލުކޮށް ހުންނަ ކޮންމެ ވަގުތަކީ އެކަންކަމާ މެދު ސުވާލު ކުރެވޭނެ ކަންތައްތައްކަމަށް އިމްރާންއަށް ހަނދުމަކޮށްދެން.
އެންމެ އިސްކަމެއްދޭނީ މިސަރުކާރުން ލިބިފައިވާ މަގާމުތަކުގައި ވީހާވެސް ގިނަ ދުވަހަކު ދެމިތިބެވޭތޯ.