އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ގްރޭޓަރ މާލެ ރީޖަންގައި ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ އުސޫލުން ފަސް މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހި ސަރުކާރާއި މަލްޓިލެޓަރަލް ބޭންކުތައް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސްކޭލިންގް-އަޕް އޮފް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސްރެޕް)ގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ގްރޭޓަރ މާލެ ރީޖަންގައި ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، ޓްރާންސްފަރ އުސޫލުން 5 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިމަސައްކަތަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި މަސައްކަތަށް ޕްރީކޮލިފައި ކުރާނީ، ވޯލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖެނުއަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކުގެ ޕެރެގްރާފް 3.18 އާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 4 ފެބުރުވަރީ 2019 އިން 17 މާރިޗު 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީ އިންނެވެ.
ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 2019 މާރިޗް 18 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަން ޖެހޭނެއެވ
އިތުރު މަޢުލޫމާތު ފިނޭންސް މިނިސްޓްރީން ލިބިވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އަންނިގެ ބޭބެއަށް ލާރިގަނޑެއް ދޭނެ އުކުޅެއް ރާވާލީ. ސާބަސް އިނގޭ ބަލަ ވައްކަންކުރުމަކީ ހަމައެކަނި ފޮށި ފެޅުމެއްނޫނޭ އިނގޭ.
ބަހާލާ ކޮއްކޮއަށް ބޭބެއަށް ދައްތައަށް މާމައަ
ކާފައަށް ކާލާ ނަންވާނީ ހައިވަކަރުއޮޑި
އައްނިއާއި ވަރަށް ވައްތަރު މީހެއް މިކަންކަން ކުރުމުގެ އަޑީގައި ހުންނަނީ.
ލާރިކޮޅު ދަވާލާނެ މޮޅުކަމެއް.
ބަޔަކު ވިއްކާ ސޯލާ ޕެނަލް ހަރުކުރަނީ ސަރުކާރު ސްކޫލްތަކުގެ ފުރާޅުގައި. ފެންލީކުވީމާ ގޯސްވަނީ ޕްރިންސިޕލަް.
އަދި އެޑިއުކޭޝަނުން ބަޔަކު ވިޔާފާރިކުރަން ރައްޔިތުނގެ ފައިސާއިން ޚަރަދުކޮށްފައި ހުންނަ ފުރާޅުތަކެއް ދޭންޖެހޭނެ ގޮތެއް ނުވިސްނޭ.
ވަރަށް ހެޔޮ ނިންމުމެއް. ތިޔައީ މާލެ ސަރަޙައްދުގައި ބޭނުންކުރާ ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް އައުމުގެ އިތުރުން، ދެމެހެއްޓެނިވި ހަކަތައަށް ހުޅުވިގެންދާ ދޮރެއް. މާލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖާ ގުޅިފައިވާ ހައިވޭގެ ދެފަރާތުގައި ސޯލާ ޕެނެލް ހަރުކުރުން އެއީ ރަނގަޅު ގޮތެއް ކަމަށް ފެނޭ. މިކަމަށް ދިރަސާތަކެއްކޮށް މިއީ ކުރެވިދާނެ ކަމެއްތޯ ބެލުން ވަރަށް މުހިއްމު ކަމަށް ދެކެން.