ފ.އަތޮޅު ފީއަލީގައި އާދަޔާއި ހިލާފަށް ޑެންގޫ ފެތުރި ގިނަ އަދަދެއްގެ ކުދިން ޑެންގޫއަށް ޕޮޒިޓިވް ވެއްޖެއެވެ.
ފީއަލީ ކައުންސިލްގެ ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށު ސިއްހީ މަރުކަޒު ފުރިފައިވާ ކަމަށެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދާއި މިރޭ ވެސް އެރަށުން ހަތް ކުއްޖަކު ވަނީ ޑެންގޫ އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ދެކުއްޖަކު ވަނީ ޑެންގޫއަށް ޕޮޒިޓިވް ވެފައެވެ.
ކައުންސިލް ރައީސް ވިދާޅުވީ ރަށުގައި ރޯގާ އާއި ހޮޑުލުން ވެސް ވަރަށް ބާރަށް ފެތުރެމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ސިއްހީ މަރުކަޒު ފުރިފައި އޮތުމުން ބަލި މީހުން ގެއަށް ފޮނުވަމުންދާ ކަމަށެވެ.
ރަށުގެ ހާލަތު ގޯސްވެފައި ވާތީ އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވައި ދިނުމަށް އަތޮޅު ހޮސްޕިޓަލްގައި އެދިފައި ވާނެ ކަމަށާއި ނަމަވެސް އަދި އަތޮޅު ހޮސްޕިޓަލުން ޖަވާބެއް ނުދެއްވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ ބައެއް ބޭސްތައް ވެސް މިހާރު ރަށުން ހުސްވެފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް މާބޮޑު އަޅާލުމެއް ނުދެއްވާ ކަމަށެވެ.
ފިއަލީގައި ޑެންގޫ ފެތުރެމުންދާތީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވަމުން ގެންދޭތޯ ބަލަން ހެލްތު މިނިސްޓްރީއަށް ގުޅަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.
ކަލޭމެން ޚަބަރު ލިޔާނެ ކަމެއް ނެޠް މުޖުތަމައު ފަސާދަ ކުރާކަށް.. ކޮމެންޓް ނުވެސް ލިޔާނެއޭ... ކޮމެންޓް ބައި ކަނޑާލާ
ރާއްޖެތެރޭ މީހުން ވޯޓު ދީގެން ސަރުކާރު ހޮވުމުގެ ބޭނުމެއް ނެތް. ރާއްޖެތެރޭގެ ހާލަތަކީ ހަމަ ތީ.
ބުނެގަ ފަރުވާ ނުދޭންވެގެން ސަރުކާރުން ހޮސްޕިޓަލު ބަންދު ކޮށް ޑޮކްޓަރުންތަށްވެސް ރަށުން ބޭރުކޮށްފިޔޭ.. ކުދިންތަށް މަރުވާން ސަރުކާރުން ބާރުއަޅަނީއޭ.. ތިދެން ބޮޑުވަރު ބަޔަކަށަ ސަޕޯޓް ކުރިޔަސް ތިދަނީ ހައްދުފަން އަޅާ
ހަބަރު ގަ މީ ހައްތަހާވެސް ތެދުވާހަކަ ތަ؟?
ފާފު އަތޮޅަކީ ވިއްކާލަން ނިންމާފަ އޮތް އަތޮޅެއް. ދެންކީއްކުރަން ސަރުކާރުން އަޅާލަންވީ.
ފާފު އަތޮޅުގަ އުޅޭ ރައްޔިތުންވެސް ވިއްކާލަން ނިންމީތަ؟
ރާއްޖެތެރޭ މީހުން ވޯޓު ދީގެން ސަރުކާރު ހޮވުމުގެ ބޭނުމެއް ނެތް. ރާއްޖެތެރޭގެ ހާލަތަކީ ހަމަ ތީ.
ހެލްތު ތިއޮތީ އިބޫ ވެފަ
ތީ ޑެންގޫ ކިޓް ރާއްޖެ އެތެރެކުރާ މީހުން އެމީހުންގެ ވިޔަފާރި ފައިދާ އިތުރުކުރަން އާއްމުކޮށް ކޮށްއުޅޭކަމެއް. ތިޔައީ އާކަމެއްނޫން. ތިކަން ކުރަނީ ހެލްތް މިނިސްޓްރީގެ ކޮރަޕްޓް ވެރިންނާއި ހެލްތް ސެންތަރުގެ ބޮޑުންނާއި ތި ވިއްކާ މީހުންނާގުޅިގެން ޒަމާނުއްސުރެ ކުރަމުން އަންނަކަމެއް. ތިޔަކަަލަ ހަބަރުތައް އަދި މިހާރު އިވޭލެ ގިނަވާނެ.
ފީއަލީ ތީ ސައުދީ ޖުއްބާލީ މީހުން އެއްފަރާތަށް ވައްޓާލައިގެން ތިބެން ވިއްކާލާފަ އޮތްތަނެއް. މިސަރުކާރަށް ނުބެހެވޭނެ ތިތަނަކާ ވޯޓުވެސް ލީ ސައުދީ ޖުއްބާލީ މީހުންނަށްވީމަ ސަރުކާރު ޒިންމާވާން ނުޖެހޭނެޔޭ އެއްޖިންސުގެ މީހުން ބުނަނީ.