ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މަޑުއްވަރީ ދާއިރާއަށް ކުރިމަތިލައްވާ މިހާރު ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އިއްޔެ މަޑުއްވަރިއަށް ވަޑައިގަތުމުން އެރަށުން އޭނާއަށް އާދަޔާއި ހިލާފު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
އެމްޓީޑީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޔާމީން އިއްޔެ މީދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ނިކުމެ ވަނީ ޔާމީނަށް މަރުޙަބާ ދަންނަވާފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ މީދޫ ޒުވާނުން އޭނާއަށް އެހައި ހޫނު މަރުޙަބާއެއް ދަންނަވާފާނެ ކަމަކަށް ކުރިން ހީފުޅު ކުރެއްވިފައެއް ނެތެވެ.
"ވަރަށް ބޮޑު ތަރުހީބެއް މަޑުއްވަރީން ދަނީ ލިބެމުން. އެމްޓީޑީ އަށް ޒުވާނުންގެ މެދުގައި އޮތް މަގުބޫލްކަން ފުރަތަމަ ދަތުރުން ވެސް އަޅުގަނޑަށް ފެނިގެން ހިނގައްޖެ." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަޑުއްވަރީ ދާއިރާގައި ހިމެނޭ މަޑުއްވަރީ އަށް ވެސް އޭނާ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
"މަޑުއްވަރިއާއި މީދޫ ރައްޔިތުންނާއި ބައްދަލުކޮށް މަޖިލިސް އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ކުރާ ދަތުރެއް މިއީ. ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާ އަޅުގަނޑުމެންގެ ސިޔާސަތުތައް މިދަތުރުގައި ރައްޔިތުންނާއި ހިއްސާ ކުރާނަން." ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ އިތުރުން ޕީއެންސީ އާއި އެމްޑީޕީ އަދި ޖޭޕީ އިން ވެސް މަޑުއްވަރީ ދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް ވަނީ ނިންމާފައެވެ.
ޕާޓޭން ނަށް މަރުހަބާ ދަންނަވާނީވެސް ޕާޓޭން...
ސިފަޔަށް ބަލާލިމަވެސް އެބަދޭހަވޭ ކޮންބައެއްގެ ސަޕޯޓުކަން އޮތީ
ހާދަ ތާއިދެއް އެބައޮތޭދޯ؟؟؟އެއްރަށުގަ ފަނަރަމީހުން އަނެއްރަށުގަ ދިހަމީން، މިއީތޯ އެރަށުުގަ ވޯޓްލާމީހުންގެ ނިސްބަތަކީ؟؟؟
ތިޔަހެން އުޅޭނެ މެމްބަރުކަން ނުލިބޭއިރު. ޅިބުނީމަ ރައްޔިތުމީހަ ހަނދާން ނެތުނީ.ފޯނެއް ނުނަގާނެ.ތިމީހުން ދައްކާވާހަކަ މަށެއް ނާހާނަން.
Bogos baeh
އަސްތައަސްތާ.....! މިއީވާ ދިވެހިރައްޔިތުން. ލޯނުހުޅުވޭ، ޅިނދުގައި ސޯޓުހަރުނުލާ ގްރޫޕް.
މިތާކުން އަހަރެންނަކަށް ނުފެނޭ މަޑުއްވަރީ މީހަކު މީދޫ ފޮޓޯ ތަކެށްމީ