ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ބާއްވާ ހާއްސަ އިވެންޓަކަށް ޖެޓްސްކީގައި ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ދެ އަތޮޅެއް ހުރަސްކުރައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
މީޑީއާތަކާއި ބައްދަލުކޮށް ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ލޯކަލް ޓުއަރިޒަމްގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައި، ޖެޓްސްކީއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސްކުރައްވުމަސް ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ.
"އަތޮޅެއް ހުރަސްކޮށް ރައީސް ޖެޓްސްކީއެއްގައި ލޯކަލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އިވެންޓެއް ބާއްވަން".
އެ އިވެންޓް ބާއްވަން ރައީސް އޮފީހުގެ ޖަވާބުގެ ލިބިފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އޭގައި ރަމްޒުކޮށްދޭނީ ރާއްޖޭގެ ކުދި ރަށްތަކަށްވެސް މި ސަރުކާރުން އަހައްމިޔަތުކަން ދޭނެ ކަަމާއި، އައިލެންޑް ޓުއަރިޒަމްއަށް ދޭ ސަމާލުކަންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މި އިވެންޓް ކަވަރު ކުރުމަށް އިންޓަނޭޝަނަލް މީޑިއާތަކަށްވެސް ފުރުސަތު ދެއްވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެ އިވެންޓް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށެވެ. ނަމަވެސް އެ އިވެންޓް ބާއްވާނެ ތާރީހެއް އަދި ކަނޑައެއްނާޅައެވެ.
ރައީސް ސޯލިހު ހުރިހާ ކުޅިވަރެއްގައިވެސް ބައިވެރިވެޑައިގަންނަވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކުޅިވަރު ކުޅުނީމަ ނިންމުނިީ?
ތިވެސް ޓުއަރިޒަމް ޕްރޮމޯޓް ކުރުން ދެއްތޯއެވެ. އަޅުގަނޑަށް ފެންނަނީ ރައީސް ސޯލިހު ކުރައްވާނެ މަސައްކަތްޕުޅެއް ނެތިގެން ތަންތަން ސާފުކުރުމާއި ކުނިކެއްސެވުމުގައި ނުވަތަ ޔޯގާ ކްލާސްތަކުގައި އުޅުއްވާ ތަނެވެ. އެހެންކަމުން، ޖެޓްސްކީ ގައި ރާއްޖެ އިސްތިހާރު ކުރައްވާ ގޮތަށް އެކިއެކި ވިޔަފާރިތަކަށް އިސްތިހާރު ކުޅެދެއްވީމަ ފަހަރުގައި ޖީބަށް ލައްވާނެ ޒީރޯ ޓޮލެރެންސް އެއް އަތުގަ ހިފާނެތާއެވެ. އިންޑީޔާގެ ލޯނުން އަދިވާނެ އަންނި ގޮތަށް ފަޅުތެރޭގައި ކެބިނެޓް ބައްދަލުމެއް ބާއްވަން! ވވ ވެދުން
ޖެލަސް ނުވޭ، އެއީ ރައީސް،
ރަސޫލާގެ ހަދީސެއްގެ މާނައިގައިވެއެވެ. ކިބުރުވެރިކަމުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.
އަންނި ކަހަލަ އެއްޗެއް މިވެސް. ހޭބުއްދި ފިލާގޮއްސަހުރި
ގައުމިއްޔަތު ދިރުވާ އާލާ ކުރަން ކަލަންޑަރުގައި ކަނޑަޅާފައިވާ ދުވަސް ފާހަގަ ކުރުން ކެންސަލް ކުރީ މިކަމަށް ޓަކާއި ކަމަށް ވާނީ ހޯމް މިނިސްޓްރީން ހުރިހާ ތައްޔާރިީ ތަކެއްވެ ނިމުނީމާ ކުއްލިއަކަށް އެދުވަސް އެއްގޮތަކަށް ވެސް ފާހަގަ ނުކުރަން މިސަރުކާރުން ނިންމީ ޔާމިން ފާހަގަ ކުރަން ފެށި ދުވަހަކަށް ވާތީ މިވާހަކަ މިނިސްަޓަރ ޔުމްނާ ގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ ފާޅުގައި ބުނެފައި އެބަހުރި ލާހިކެއް ނޫނޭ އެދުވަސް ފާހަގަ ކުރާކަށް ކީއްކުރާނީ ޒާތީ ވިޔަސް މީ ބޮޑުވަރު