ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ފުލުހުންގެ ވެހިކަލަށް ހުރަސް އެޅި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރި މުޒާހަަރާގައި ނިހާން ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރޭ ވަނީ އާއްމު ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ނިހާން ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއްލި މައްސަލަ ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
"އެކަން ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.
އެކަން ކުރުމަށް ފަހު ނިހާން ވަރަށް ބާރަށް ކުރީ ސަފަށް ގޮސް އެންމެން އައުމަށް އަތުން އިޝާރާތް ކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
އެ ވީޑިއޯ އާންމުވިތާ ކުޑަ އިރުކޮޅެއް ފަހުން ނިހާން ކުރެއްވި ޓްވިޓާގައި ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.
ނިހާންގެ ވީޑިއޯ އާއްމު ވުމުން އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ނިހާންގެ މައްސަލަ ތަޙްޤީޤު ކުރުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.
ތީނު މިޤައުމުގަ ނުބެލި އޮތް މައްސަލަ އަކީ އަވަހަށް ބަލަން ފަށާ.
މަޖްލިސް މެންބަރަކަސް އަޅަން ޖެހޭ ފިޔަވަޅު އަޅަންޖެހޭ ލަސް ނުކޮށް
މި ގައުމު އެބަ ޖެހޭ ހަމަ މަގަށް އަޅުވަން
ނިހާން ފުލުހުންގެ ވެހިކަލްގެ ފޮރޮޅުދަށަށް ގަލެއްނުލާ ނަމަވެސް އެތަނުގަ ގަލެއްބޭއްވީތޯ. އަދި އެފަދަ ބޮޑް ވެހިކަލަކަށް އެހާކުޑަ ގާބުރިއަކުން އެޅޭނީ ކޮންހުރަހެއްތޯ. ސާބަސް ފުލުހުންނަކީ މުޒާހަރާ ރޫޅާބަޔަކަށް ނަހަދަމާތޯއެވެ.
ވެއަތުވެދިޔަ 15އަހަރު ވެރިންގޮތުގައި ތިބޭ ސިޔާސީ މީހުން ފުލުހުން މިގޮތަށް ބޭނުންކުރަނީ. ފުލުހުންވެސް ވެއްޖެ.. ކޮންމެހެން ގުރީން ޒޯން ނޫނީ މުޒާހަރާކުރާމީހުން ނުހުއްޓުވަން. މުޒާހަރާ ނުކުރަންޏާއެއީ ޑިމޮކްރެސީއެއްނޫން. ކަމެއް އިސްލާހު ނުވާނެ.
އަނިޔާ ކުރާތީ އައި ސަރުކާރުން އަވަދިނެތި ގޮވަމުން ދަނީ މީހުންނަށް އަނިޔާ ވެރިވާށެވެ/
ތީވެސް ބަލަންޖެހޭވަރުގެ ކަމެއްތަ؟ ފުލުހުން ލަދެއްވެސް ނުގަނޭތޯ؟ މިރާއްޖޭގައި ބަލަންޖެހޭކަންކަން ނެތިގެން ކުރާނެ ކަމެއް ނެތިގެން ފުލުހުން ތެޅޭތަން މިފެންނަނީ.
މަސްއަލަ ބަލާފިޔަވަޅުވެސް އަލާނެ. އެކަމަކު ފަހުން އަދި ނިހާން މިނިސްޓަރުކަންވެސް ކުރަތަން ދުނިޔޭގަ ތިބިބަޔަކަށްފެންނާނެ. މަގުމަތީގަ ހަޅޭއްލަވަމަުން ގާއުގަމުން މީހުންގެ ގަޔަށް ކުޅުޖަހަމުންދުވިމީހުން މިހާރު ތިޔަތިބީ މިނިސްޓަރކަމުގަ.
ނިހާން އަށް ގެއްލުމެއް ލިބިދާނެ ކަމައްބަލާ އަވަހައް އެކަހެރި ދޫނިދޫ ގޮޅިއެއްގައި ފުލުހުންގެ ބެލުމުގައި ބެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ވާޖިބެއް.