އައްޑޫ ސިޓީ ކައުންސިލް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދީފިއެވެ.
އެލްޖީއޭ އިން މި އިންޒާރު ދީފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން އައްޑޫ ސިޓީ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ ބެލުމަށްފަހު އާއްމުކުރި ބަޔާނެއްގައެވެ.
އެލްޖީއޭ އިން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާން ފާސްކުރި ބައްދަލުވުމުގައި ބައިވެރިވެ، ފާސްކުރި ނޫސްބަޔާނުގައި ސޮއިކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ކައުންސިލަރު ޖަމްޝީދާ މުހައްމަދުގެ އިތުރުން ކައުންސިލަރު އަލީ ފަހުމީ، މާދަމާ އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރުމަށް ނިންމާފައެވެ.
އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދި ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި ކައުންސިލް ހިންގުމުގެ ކަންކަން އެލްޖީއޭގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންކަން ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ކައުންސިލަރު މުހައްމަދު ފައިސަލް އިބްރާހިމް އާއި ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި ކައުންސިލަރު ހުސެއިން ހިޔާޟް މަޝްވަރާކުރުމަށްފަހު، އެ ކައުންސިލަރެއްގެ ތެރެއިން ކަނޑައަޅާ ކައުންސިލަރެއް ކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ އައްޑޫ ސިޓީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކީއްކުރާނީ ދޯ؟ ކުޑަގޮލައި ކަނޑައިގެން ނެގި ލެޔާއި ، ކާޅުލޭ އެއްކޮށް ކައްކާފަހުރި ސިހުރު ބޮޑިބަތް ކެވުނީމާ ތިޔަ ސިޙުރު ޖެހޭނެއެވެ. އެހާ ހިސާބުން މީހާގެ އިންސާނީ ޝަޚުޞިއްޔަތު ޚަރާބުވެ ، އުޑާއި ބުޑު ވަކިނުވާނެއެވެ.
ތި ސޯބެއަކީ މައިތިރިނުވެގެން އުޅޭބޭފުޅެއް، އޭނާއަށް އޭނަހުންނަނީ ފެނިފައި އެއީ ރީދޫހުން ޖރހުނީމާވާނީއެހެން ދޮގެއްތޯ
ކޮން ސޯބެއެއް ކިޔާކަށް.އުވިޔަސް ހޮވޭނީ ހަމަ އަހަރުމެން.
ތިކައުންސިލް ރޫޅާލުން މިހާރުވެސް މާލަސްވެއްޖެ
އަހުރެން ކުރިންހީކުރީ އެންމެމޮޅު ސިޙުރުވެރިން ގެންގުޅުނީ މިޞްރުގެ ފިރުޢައުނުކަމަށް މިހާރު މި އެނގެނީ ކެރަފާނަޝީދުގެ ސިޙުރާ ޖައްސާލާއިރު ފިރުޢައުނުގެ ސިޙުރު ހަމައެކައްޗަކަށްވެސްނުވޭ.
އަޅުގަޑު ހިތަށް އަރާ ރައްއިތުން ހޮވާފަ ތިބިމީހުންގެ ބާރު ދެރަަޔޭ ރައްޔިތުން ނުހޮާ މީހުންނައް ތުރެން
ތި ކައުންސިލަކީ ހަޤީޤަތުގައިވެސް އުވާލަންޖެހޭ ތަނެއް، ތިޔަ ތަނަކުން ރައްޔިތުންނަށް ދޭ އެއްވެސް ޚިދުމަތެއްނެތް، ތިމީހުންގެ ކަމަކީ ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތް ނަގައިގެން ރައްޔިތުންނަށް ޖެއްސުންކުރުން