އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓް އެތެރެކުރާ މި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް އަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅުމެއްވާ ކަމުގެ ތުހުމަތަށް ސަސްޕެންޑްކޮށްފައިވާ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެ ކުންފުންޏަށް ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރި ދުވަސްވަރެއްގައި ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއިން ދައްކަން އެންގި މިންވަރާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ދިޔައީ ބޮޑުކުރި ޑިއުޓީ ދެއްކުމަށްފަހު އެ ފައިސާ އަނބުރާ ހޯދުމަށެވެ.
ސީޖީޓީއިން ރާއްޖެ އެތެރެކުރި ސިނގިރޭޓްތަކެއްގެ ޑިއުޓީގެ މައްސަލާގައި ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މި ހުކުމް އިއްވީ މިދިޔަ ހަފުތާގެ ތެރޭގައިއެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އަންގާފަ އެވެ.
ޝަރީއަތުގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ފައިސާ އަނބުރާ ސީޖީޓީއަށް ދޭން ނުޖެހޭ ކަމަށް ވަކާލާތުކޮށްފަ އެވެ. ނަމަވެސް އާ ސަރުކާރު އައުމާއެކު ބަންޑާރަ ނައިބުގެ ސްޓޭންޑް ބަދަލުވެ، އެ ފައިސާއަކީ ސީޖީޓީއަށް އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޝަރީއަތުގައި އެއްބަސްވި އެވެ.
މިއީ ގާނޫނާ ގަވާއިދުގެ ތެރެއިން ހިންގާ ކޮރަޕްޝަން. އޭޖީ ބަދަލު ވާއިރަށް ޕާޓީ މީހާއާ އެއްކޮޅަށް ސްޓޭންޑް ބަދަލުވެ މިހިންގަނީ ބޮޑެތި ޖަރީމާ.
އެއީ ސިނގިރޭޓާއި މަސްތުވާ ސާމާނުގެ ވިޔަފާރި ކުރާ ކުންފުންޏެއް.
އެމްއެމްޕީއާރްސީގެ ފައިސާވެސް ކާލައިގެން ހުރި މުސްކުޅި ބެއެއްގެ ކުންފުންޏެއް އެއީ.
ބޮޑުވި ޑިއުޓީ ހިމަނައިގެން ރައްޔިތުންނަށް ބޮޑު އަގުގަ ސިނގިރޭޓް ވިއްކާފަ އެ ފައިސާގަނޑު ކައިފަ އަނެއްކާވެސް ރައްޔިތުންގެ ފައިސާއިން އެ ވަގުންނަށް ދޭން މިޖެހެނީ. ވަރަށް ޕްރޮފެޝަނަލް ކޮށް ވައްކަން ކުރާ ބައެއްތާ މީ.
އެ ކުންފުނީގެ ފަރާތުން ވަކާލާތުކުރީ ޙިސާން ޙުސައިނޯ. އޭނާއާއެކު މިހާރުގެ ބަންޑާރަނައިބު މަޤާމާ ހަވާލުވަންދެން ލޯފާމް ހިންގީ. ބަންޑާރަނައިބު ކަމަށް އަންނަންވެގެން ލޯފާމުން ނަމެއްގައި ވަކިވީ. ދެން އިބޫ ކޮރަޕްޝަނުގައި ޒީރޯ ޓޮލެރަންސްގައި ހުރޭ.
ދައުވާކުރީ މިހާރު އޭޖީ ގެ ލޯފާމުން މިހާރު ދައުލަތުން ދައުވާކުރަނީ ލޯފާމުގެ ވެރިޔާ ކުންފުނީގެ ފަރާތުން ވަކާލާތުކުރަނީ ހިސާނު ޙުސައިން މެދުވެރިކުރަނީ ކޯޓު ދައުލަތުން މިހާރު ބުނަނީ ދޭންޖެހޭ ފައިސާކަމަށް ދެން ކޮރަޕްޝަން ނައްތާލާނެގޮތެއް ބުނެދީބަލަ ދައުލަތުން ޕާޓީގެ އިސްކުދިންނަށް މިލިއަނުން ޞަދަޤާތްކުރަނީ ނުވަތަ ހަދިޔާކުރަނީ މިއޮތީވާ ސަރުކާރެއް ޢަދުލު އިންސާފު ގެ ދާއިރާ ދެން ހަރުދަނާކުރެވޭނީ މިގޮތަށް ނިކަމެތިންނާ ދެކޮޅަށް ދައުލަތުން އުފުލާ ދަޢުވާއާއި، ނިކަމެތި ރައްޔިތުންގެ ޙައްޤު ހޯދުމަށް ދައުލަތަށް ދަޢުވާލިބޭ އެތައްމައްސަލައެއް ސްޕްރީމް ކޯޓާ ހައިކޯޓާ ދަށުކޯޓުގައި ތާށިވެފައި ޕާޓީ ކުދިންގެ މައްސަލަތަށް އަވަހަށް ނިންމައި ދައުލަތުގެ ހަޒާނާ ކައި ހުސްކޮށްލީމަ އޮންނާނީ އިންސާފުވެރި ދެފުށްފެންނަ ވެރިކަމެއް ކުރެވިފަ އަދި ކޮރަޕްޝަން ނައްތާލެވޭނެކަމުގެ ފެހި ސިނގުނަލްތައް މި ސަރުކާރުން ރައްޔިތުންނަށް ދެމުން މިދަނީ
ސަރަހައްދީ ދެބަނދަރަށް އެތެރެކުރާ ތަކެތިން 30 ޕަސެންޓް ޑިއުޓީ ކުޑަކުރަން ވަޒީރުންގެ މަޖިލީހުން ނިންމާ، އެތަކެތީގެ ތެރޭ ސިނގިރޭޓު ހިމެނޭގޮތަށް ނިންމުމުން، 2011 ފެބްރުއަރީގައި ކެމަލް ސިނގިރޭޓުގެ 20 ފޫޓު ދެކޮންޓެއިނަރ ދެފަހަރެއްގެ މަތިން މާލޭ ބަނދަރުން ކްލިއާނުކޮށް ދޯންޏަށް އަރުވައިގެން ކުޅުދުއްފުއްޓަށް ގެންގޮސް ކްލިއާކޮށްގެން ކުޅުދުއްފުއްޓަށް ނުބާލާ އަލުން މާލެ ގެނައުމުގެ ފަހަތުގައި ވަނީ ކަރަޕްޝަން. އޭރު ސަރުކާރުގެ އިސް މަގާމުގައި ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން ތިބި https://archive.mv/dv/articles/apKGE
ޖެނުއަރީ 2012 ގައި ރީތިވުމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ މާފުކުރަން ނިންމިއިރު ސެންޓު އޭގެތެރޭ ހިމެނުމުން އެންމެ ބޮޑު ފައިދާއެއްކުރީ ލެކިއުޓް ހިންގާ ލިންޓެލް ކުންފުންޏަށް. ލިންޓެލް ކުންފުނީގެ ހިއްސާދާރުން ތެރޭ ސީޖީޓީގެ ދެހިއްސާދާރަކު ހިމެނޭ
https://archive.mv/dv/articles/jNqY9
މިހާރުގެ ރައީސަށް ލަފާ ދިނުމަށް ހަދާފައިވާ ކޮމިޓީގައި ލިންޓެލްގެ ދެހިއްސާދާރަކާއި ހިއްސާދާރެއްގެ ދަރިއެއް ހިމެނޭ https://mihaaru.com/news/49206
ސަރުކާރުގެ ތެރެއިން ޕާޓީގެ ހަރަކާތްތަކަށް ފައިސާ ކަޅާކުރަނީ.
ކިހިނެއްބާ ގާނޫނު މިހިގަނީ!؟ ވަކިސަރުކާރެއް އައީމަ ގާނޫނު މާނަ ކުރުން ތަފާތުވަނީ ކީއްވެބާ!؟
ކޮބާ ޒީރޯ ޓޮލެރެންސް.ބަލަ ގަމާރުންނެއް ނޫނޭ.ކެމްޕޭނަށް 22 މިލިޔަށް ދަވާލީ..ޕަކަޅާ ސަރުކާރު