ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި އަތޮޅުތެރޭގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން އަތޮޅު ތެރޭގެ ނުވަ ރަށެއްގައި ޖުމްލަ 800 (އަށްސަތޭކަ) ހައުސިންގ ޔުނިޓް ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ ލ.ގަމުގައި 200 ހައުސިންގ ޔުނިޓާއި، ބ.އޭދަފުށީގައި 100 ހައުސިންގ ޔުނިޓާއި، ޅ.ހިންނަވަރުގައި 100 ހައުސިންގ ޔުނިޓާއި، ސ.ފޭދޫގައި 100 ހައުސިންގ ޔުނިޓާއި، ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓާއި، ދ.މީދޫގައި 50 ހައުސިންގ ޔުނިޓާއި، ދ.ކުޑަހުވަދޫގައި 50 ހައުސިންގ ޔުނިޓުގެ އިތުރުން ރ.މަޑުއްވަރީގައި 50 ހައުސިންގ ޔުނިޓު އަދި ށ.ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓު ޑިޒައިންކޮށް، ތަރައްޤީ ކުރުމަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ދިވެހިރާއްޖެއާއި ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތައް ބީލަން ހުށަހަޅާއިރު ވަކި ވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށްތަކަށްވެސް އަގު ހުށަހެޅިދާނެކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2018 އެޕްރީލް 24 ވާ އަންގާރަ ދުވަހުއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" ގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 10،080 ފްލެޓް ހިމެނޭގޮތަށް 36 ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 16 ޓަވަރުގެ ޝީޓް ޕައިލިންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކުންވެސް ގިނަ އަދަދެއްގެ ފްލެޓް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ.
މޭ ނުކަރާތި! މި ފެންނަނީ ތަރައްޤި! ބިރު ނުގަންނާތި!
ބަލަ ސ.އަތޮޅުގެ އެހެނިހެން ރަށްރަށުގައި އެޅިހާ ފުލެޓް ކޮބާ.އަދިވެސް ޙަވާލު ވާވަރެއް ނުވޭ؟ވޯޓެއް އިތުރުވާނީވެސް ފްލެޓް ދިނިއްޔާ.
1 މިލިއަށް ފްލެޓް އެޅިޔަސް އޭގެ ހައްޤުވެރިންނަކަށް ނުލިބޭނެ. ޕީޕީއެމަށް އަޅުވެތިނުވާނަމަ ސަކާޜުން އަދާކޮށްދޭންޖެހޭ ހައްޤުތަކުން މަހުރޫމްވާނެ. އަޅުވެތިކަމެއް ބޭނުމެއްނޫން. ޕޭމަންޓްގައި ނިދަން ޖެހު؛ނަސް
ހުޅުމާލެއިން އެންމެ ފަހުން ހެޔޮއަގުގައި ދޫކުރި ސަޅި ހަތްސަތޭކަޔަށްވުރެ ގިނަ ފްލެތްތަކުން 43 ޕަސެންޓް ލިބިފައިވަނީ ތިބުނާ އިދިކޮޅުމީހުނަށްކަމާއި ، ސަރުކާރަށް ތާއީދުކުރާ މީހުނަށް ލިބުނީ 29 ޕަސެންޓްކަމާއި 28 ޕަސެންޓް ލިބުނީ ދެކޮޅަށް ކިރޭ މީހުނަށްކަން އަހުރެން ދެނަހުރިން " ފަސްފަހަރު " އަށް ނޭގުނަސް!
މީ ރައްޔިތުންނައް ފުރައްސާރަ ކުރުން ' މާލޭގައި ފްލެޓް އަޅައިގެން ނުވިކިގެން އުޅޭ އިރު ރާއްޖޭގެ އެހެނިހެން ރައްރަށުގައި ފްލެޓް އަޅައިގެން ވިއްކޭނެ ގޮތެއް ނުފެނޭ ' އަމިއްލަ ފައިސާ ކަރަދުކޮށްގެން މިވަރުގެ ކަމެއް މީހަކު މިޤައުމުގައި ކުރާނެކަމަކަށް ނުފެނޭ
ގޯތި ދޫނޮކޮށް ރާއްޖެތެރޭގެ މީހުން ބަނޑަށް ޖައްސާފަ މަދު ރަށެއްގަ ހައުސިންގ ޔުނިޓް އަޅައިގެން އުނގު ވިޔާފާރި ހިންގަނީ ހެޔޮފުޅުވާ ބޮޑު ކަމުން ދެއްތޯ...؟؟؟؟
ގޯތި ދޫކުރީއޭ ކިޔާފަ އެބިމުގަ 15-20އަހަރު ވާއިރުވެސް އިމާރާތްކުރެވޭ ކަމަކަށްނުވޭ. މަށަށް މާރަނގަޅު ހައުސިންގ ޔުނިޓް އަޅާފަ 15 އަހަރުން އަގު ދައްކާގޮތަށް ދިނިއްޔާ.