ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ދިރިއުޅޭ ތަނެއް ކަމަށް ބުނަނީ ވަކި ބަޔަކު ރުއްސުމަށް ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ ރާއްޖެއިން ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމާއި ނިރުބަވެރިކަން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ބަލައިގަނެފައިވާކަމަށެވެ.
"ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން" ސަފީރު ވިދާޅުވިއެވެ.
ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމަށް އެހީތެރިވަމުންދާކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު ހަޤީޤަތާއި ޚިލާފު ވާހަކަތައް ދަނީ ފަތުރަމުން ކަމަށް ސަފީރު ވަނީ ފާހަކަ ކުރައްވާފައެވެ.
"ރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ކިއްލާއެއްކަމަށް ބުނެ ނަޝީދު ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަނީ އެފަދަ ވާހަކަތައް އަޑު އަހަން ބޭނުންވާ ވަކި ބަޔަކު ރުއްސަން" ސަފީރު ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ސަފީރު ވަނީ ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމަަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިގެން، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރެވި، ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއަކީ ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ ތަނެއްކަން، ރާއްޖޭގެ އަމާން މާހައުލުން ސާބިތުކޮށްދޭކަމަށް މި ސަފީރު ވިދާޅުވިއެވެ.
ﷲނުރުއްސަވާ ބަަޔެއް ޔަހޫދީން ދެން އެމްޑީޕި މީހުންނަށް ބަޔަކަށް ރުހުން ހޯދާދެވޭނެބާ. ޙިސާބަށްވުރެ ޣާފިލުކަން ބޮޑުވީމަ ވާގޮތްއެއީ
އެހެންކިޔައިގެން ވެސް ރުއްސަން ޖެހޭތަ ހަމަ