އާދާލަތު ޕާޓީ އުފެއްދި މަގުސަދާއި ހިލާފަށް އެ ޕާޓީން މިހާރު ކަންކަން ކުރަމުންދާތީ މައްޗަން ގޯޅި މެދު ދާއީރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (އިއްބެ) ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަކިވެއްޖެއެވެ.
އަދާލަތު ޕާޓީ އަށް އިއްބެ މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީ އަކީ ދިވެހިރާއްޖޭގެ ދީނީ ތައުލީމު ކުރިއަރުވަން އިލްމުވެރިން ތަކެއް އިސްކޮށް ތިބެގެން ވަރަަށް މާތް މަގުސަދެއްގައި އުފެއްދެއްވި ޕާޓީއެއް ކަމަށާއި އަދާލަތު އުފެއްދުނީސުރެން އެ ޕާޓީގައި ދެމިހުރީ އިސްލާމުދީނަށް ހިދުމަތް ކުރުމަށް ވީވަރަކުން ބައިވެރިވުމަށް ކަމަށެވެ.
"2015 ވަނަ އަހަރުން ފެށިގެން ޕާޓީ އުފެއްދި މަގުސަދާއި ހިލާފަށް ޕާޓީ އެނބުރި އިލްމުވެރިނާއި ހަރުކުލައިގެ ބޭފުޅުންގެ ޝަކުވާތަށް ދިޔައީ ޕާޓީ އަށް ކުރިމަތިވަމުން" އިއްބެގެ ސިޓީގައި އެވެ.
އިއްބެ އިތުރަށް ވިދާޅުވީ ޕާޓީގެ ފިކުރު ދެބައިވެ ގަދަރުވެރި ބޭފުޅުނާއި އާންމު ބައެއް މެންބަރުން ހިންހަމަ ނުޖެހި ޕާޓީ މިހާރު ދޫކޮށްފައިވާކަމަށާއި މަޖިލިސް އިންތިހާބު ކުރިމަތިވިއިރު އޭނާ ވާދަ ކުރައްވާ ދާއިރާއަށް ނިކުންނަށް އަދާލަތު ޕާޓީގެ ޓިކެޓް ލިބޭތޯ ފޮނުވި ސިޓީގެ ޖަވާބު މިއަދާ ހަމައަށް ވެސް ލިބިފައި ނުވާކަމަށެވެ.
"ރާއްޖޭގައި އިސްލާމު ދީނާއި ހިލާފު ވާހަކަ ދައްކަވާ ބޭފުޅަކަށް އަދާލަތުން ތާއީދު ކުރާތީ އަޅުގަނޑު އިތުރަށް ޕާޓީގައި މަޑު ކުރުމަކީ ގައުމަށް ވެވޭ ހިޔާނާތަކަށް ވަތީ އަޅުގަނޑު ޕާޓީން ވަކިވަން" އިއްބެގެ ސިޓީގައި ވެއެވެ.
ފަހަކަށް އައިސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އަށް ދީނީ އިލްމުވެރިންގެ ޕާޑުކިޔުންތަށް ދަނީ އަމާޒުވަމުނެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ އިއްބެ އަށް ތާޢީދު ކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުންންވެސް މިހާރު ވަނީ ނިންމާފައެވެ.
އިއްބެ އަކީ، ޤާނޫނީ އަދި އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
ސާބަހޭ އެޖެންޑާ 19 ޕުރޮޕެގެންޑާ 19 އަށް ބަދަލުވުމުގެ ކުރިން އަދާލަތުގެ ވިސްނޭ ބޭފުޅުން އަދާލަތު ޕާޓީއާ ދުރަށް ދިއުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް.
އަދާލަތައް މުހިންމިވީ ގޮނޑި އެލިބުނީމަ ދެން އެތިބި ހަނު، މިހާރު ދިނަށް ކުރާ ފުރައްސާރަ އަދި ސެކިއުލާމިހުންވެސް އެއުޅެނީ ހަމަ އުފަލުގަ. އަދާލަތަކިވެސް ހަމަ އެހެން ޕާޓީތަށް ކަހަލަ ބަޔެއް. ރަނގަޅު މީހުން ވަކިވާނެ.
އާ ތިޔަޕާޓީގެ ރައިސް މިހާރު އެހުރީ މިނިސްޓަރކަމަށް ދީންވިއްކާލައިގެން. އަންނި ދީނަށް ކިތަންމެ ފުރައްސާރައެއް ކުރިއަސް ޕާޓީގެ ރައީސަށް އޯކޭ.
އަދާލަތުޕާޓީއުފެއްދީ ޝައިޚުންގެތެރެއިބަޔަކު މައުމޫނަށް އޮތް ހަސަދަވެރިކަން ބަންޑުންޖެހެންއޮތީސިޔާސީޕާޓީއެއްގެތެރެ
އިންކަމައްފެނިގެންއެނުބައިނިޔަތުގައި އަދާލަތުޕާޓީއުފެއްދީ ދީނަށްޓަކައިއެއްވެސްކަމެއްމިއަދާހަމަޔައްއަދާލަތުޕާޓީންކޮއްފައެއްނެތް
ވަރަށް ފުރިހަމަ ނިންމުމެއް. އަދި ތި ނިންމުން ވިއްކައިގެން ދާއިރާގެ ރައްރިޔިތުން ދޭވޯޓަކީ ފަހުން އެއަށް ޤައްދާރުނުވެ ތި ނިޔަތުގާ ހުންނާނެ ރައްޔިތުންގެ ކެނޑިޑޭޓަކަށް ވާނެކަމަށް އުންމީދުކުރަން. އިއްބެއަށް ފުރިހަމަ ތާއީދާއިއެކު ކާމިޔާބަށްއެދެން. ނިންމުމަށް ފައްފަށުން ޝުކުރިއްޔާ.
ވަރަށް ފުރިހަމަ ނިންމުމެއް
ޢަންނިގެ ދެފައި ދަށުވެ އިމްރާންގެ ނަގޫފިތިފަ އެހުރީ މިހާރަކު ދީނެއް އިންސާފެއް އެހެންކަމެއް ނުފެންނާނެ ހަމައެކަނި މަގާމް ދިފާއު ކުރުމުގެ މަސައްކަތުގަ އުޅުއްވަނީ އެހެން ނާފަހެ ބަޔަކުދީނަށް ފުރައް ސާރަ ކުރާއިރުވެސް މިހާރަކު ނުވޭ އެއްވެސް ކަމަކަށް
ޔާމީންގެ ވެރިކަމުގައި ހިންގި ޖަރީމާ ތައް އެނގިތިބެ އޭނަގެ ފަހަތުގައި ތިބީ ދީނުގައި އޮތް ގޮތްކަމުގައި ވީމަތޯ؟ ތީ ދީން ވިއްކާ މީހުންނަކީ. އިރާދަކުރެއްވިޔާ އަދާލަތު ޕާޓީ ދާނީ ކުރިއަށް.
ބަރާބަރު މާލަސްވެސްވެއްޖެ ،، މަޤާމުގެ ދަހިވެތި ކަމުގަހަލާކުވަނީ ކުރިންއެއީ ޖޭޕީގެގޮތްޕެއް މިހާރު އެމް.ޑީ.ޕީ.ގެގޮތްޕެއް ވަރަށްގޮތެއްފޮތެއްނެތް . ކޮންމެ ޕާޓީއެއްވެސް އެންމެއިސްކަންދޭންޖެހޭނީ އިސްލާމްދީނަށް އޭގެފަހުގަ ޤައުމަށް އެންމެފަހުން ޕާޓީއަށް ބަލަންޖެހޭނީ....
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ތިޔައޮތީލިބިފަ ދެންހުވާކުރަންވީއެއްނުދޯ !