ރާއްޖޭގެ ޖަލުތަކުގެ ހާލަތައް އެކަށީގެންވާ ބަދަލެއް އައިސްފައި ނެތް ކަމަށާއި މިއީ އެެއް ދުވަހަކުން ދެދުވަހަކުން ބަދަލުވާނެ ކަމެއް ވެސް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މާފުށީ ޖަލުގައި ގައިދީންތަކަކަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ލާއިންސާނީ އަނިޔާތަކެއް ދިނުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ޖަލުތަކުގެ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން މިނިސްޓަރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ވަނީ މިސަރުކާރަށްވީ އަދި ދެދުވަސްތޯ ސުވާލު ކޮށްފައެވެ.
މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ "ގައިދީންނާއި މެދު ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމުން އަޅުގަނޑުމެން ހުއްޓުވާނަން." ކަމަށެވެ.
ގައިދީންނަށް ލާއިންސާނީ އަނިޔާ ކުރި އޮފިސަރުންނާއި މެދު އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާ މަޑުކުރަމުންދާ ކުރުން ދިފާޢުކޮށް މިނިސްޓަރ އިމްރާން މިރޭ ވިދާޅުވީ ފުރިހަމަ ތަޙްޤީޤަކާއި ނުލާ އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.
"ޖަލު ހަލަބޮލިކޮށް ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ. އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރާ ކަންކަމުން ކަރެކްޝަންގެ އޮފިސަރުން އެއްކިބާވުމަށް ނަސޭހަތްތެރިވަން." އިމްރާންގެ ޓްވީޓްގައި ވެއެވެ.
Adhi furihama thahuqeeqakaa nulaa officers ah fiyavaalhu elhumakee kuraane kameh noon. Jalu halabolikohgen siyaasimanfaa hodhunuzamaan maazeevejje. Aniyaaveri amaluthakaai siyaasi beynumah jalu halabolikurumah kuraakankamun Correctional officers ehkibaavumah naseyhayitherivan.
— Imran Abdulla (@ShimranAb) June 21, 2019
އިއްޔެ މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރުންނަށް އަނިޔާކުރި ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ވެސް ޖަހާފައިވެއެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުގައި، އިއްޔެ އަނިޔާކުރި ބައެއް ގައިދީން ތިބީ ކަނުބަނދެ ބިޑި އަޅުވާފައެވެ. އަދި އެ މީހުންނަށް އަނިޔާކުރި އޮފިސަރުން ތިބީ މޫނު ނިވާކޮށްގެންނެވެ.
ރައީސް މައުމޫންގެ ވެރިކަން ބަދަލުވުމަށްފަހު މީގެ ކުރިން މިހާފާޅުކަން ބޮޑުގޮތެއްގައި އެއްވެސް ސަރުކާރެއްގައި ގައިދީންނަށް އަނިޔާކޮށްފައެއް ނުވެއެވެ. މި ސަރުކާރުގައި ޖަލުގައި ބޮޑެތި ލާއިންސާނީ އަނިޔާތަކެއް ގައިދީންނަށް ދީފައި ވާއިރު މިސަރުކާރުން ވަނީ ޖަލުގެ ކަންތައް ރަނގަޅު ކުރަން ހާއްސަ ކޮމެޓީއެއްވެސް އުފައްދާފައެވެ.
ކޮންމެ މީހަކަށްވެސް ދުރުގަ ހުންނައިރު އަގަތަޅަން ވަރަށް ފަސޭހަވާނެ އިމްރާން އަށްވެސް ޖަލުގެ ކަންކަން ދެކޮޅުން މިހާރު ހުންނާނީ ފެނިފަ
މިހާރު 6 މަސްވެއްޖެ ނޫންތޯ؟
ބަލަ ޔާމީނުވެރިކަމުގަ ޖަލުގަ މީހަކަށް އަނިޔާ ކުރިވާކައެއް ނާހަން، މިވަނީ ކިހިނެއް
އިސްލާހުކުރުގެ ފުރުސަތު ލިބިވަޑާއި ގަތުމުން ތިޔަވިދާޅުވަނީ 2 ދުވަހަކުން ވުވާނެޔޭ އަޅުގަޑަށް ލަފާކުރެވެނީ ދެންވިދާޅުވާނީ 5 އަހަރުވެސް މަދޭ އަދި އިތުރު 5 އަހަރު ދެއްވާށޭ އަޅެދެންފަހެ އަދިމިއުޅެނީ ބަންދުކަޑާ ގުނާ ސަތޭކަވެސް ހަމަނުވެގެން ވިއްޔަ ދެން ނުވެފަކާނެތެނު ހަމަ ހިނިއަންނަނީ
ހައުމެނީ ޑޭޒް ޔޫ ވޯންޓް ޓު މޭކް ޖެއިލް ޓު ޕެރެޑައިސް
ޖަލުގައި ހުރިއިރު ޖަލުގެ ޤަވާއިދުތަކާ ޚިލާފުވެ ވަގަށް ފޯނުވައްދާ ސެލްފީނަގާ މީހުން ކިހިނެއްހޭ ޖަލުގެ ކަންތައްތައް ރަގަޅުކުރާނީ! އެންމެ ފުރަތަމަ ތިމާގެ ނަފްސު އިސްލާޙްކޮށްބަލަ!
ޕޯޑިއަމް ތަކަށް އަރާފަ ކަރަންނާރު އަރާވަރަށް ހަޅޭއްލެވުމަކީ އަދި ކަންކަން ހިންގިދާނެ ކަމަށް ޤަބޫލު ނުކުރާށެވެ. ޕޯޑިއަމެއްދީފަ ހަޅޭއްލަވަން ބަހައްޓައިފިނަމަ އެކަން މިހާރަށްވުރެ މާރަގަޅަށް ކުރެވޭނެ ކަމަށްފެނޭ. ދެރައީ ދީނީ އިލްމްވެރިޔަކަށްވެހުރެމެ ތިމާއަށްނުކުރެވޭވަރުގެ ކަންކަން ކުރަން އުޅުން، ދީނީ ގޮތުން މީ ކިހާވަރެއްގެ ކަމެއްކަން ހަމަ ގައިމުވެސް މީނަ އަށް އޮޅިފައެއް ނޯންނާނެ.
ބުދު ދީނުގެ މުޝްރިކުންނާ ގުޅިގެން އުޅޭނީ މުސްލިމުންގެ ނަމުގަ ތިއްބަސް ދުޝްމަނުންނެވެ. އެއީ ހަމަ މުސްލިމުންނަށް އަނިޔާކުރާ މުޝްރިކުންނެވެ. އެމީހުންނަށް ބޯލަނބާ ބަޔަކަށް ނޫނީ އެމީހުން ހެވެއް ނޭދޭނެތެވެ. މުސްލިމުންގެ ތެރޭގަ އުޅޭ ހެޔޮލަފާ މުސްލިމްން ޖަހައިގަންނަން އެމީހުން ތިބޭނީ ކެތްމަދު ވެފައެވެ. އެމީހުންނަކީ އިސްލާދީނުގެ ހަގީގީ ދުޝްމަނުންނެވެ. މިއުއްމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ބަދުނާމު އަޅުވާ ބަދުބަސް ބުނެ އެކަލޭގެ ފާނަށް އެންމެ އުނދަގޫ ކުރީ ތި މުޝްރިކުންނާ ޔަހޫދީންނެވެ.
ނުކުރެވެންޏާ އިސްތިއުފާދީ
ދުވަހަކު ވަޒީފާއެއް އަދާކުރިމީހެއްނޫން
މިއަދުތިޔަހުރީވަޒީރެއްގެމަގާމުގައި ތިފަދަ
އިސްލާހެއް ނުކުރެވޭނެ އިސްތިއުފާދީ
ކީކޭ މިކިޔަނީ. ދެދުވަހޭ.. ޖަލޭ.. އިސްލާޙޭ ނުވެވޭނެޔޭ ކިޔައިގެން. ޖަލަށް ލުމުގެ ކުރިންނާ ޖަލުގައި ހުރި އިރު ދޭތެރެދޭޔެރެއިން ކަރުން ނޫނާރު ނަގާފައި ގޮވީ ކީކޭ. ކުކުޅަކު ހުރީ އެއްފަޔޭ މިއަދު ކިޔާނެ ކަމެއްނެތް.
ޖަލުއިސްލާހު ކުރުމައް އެންމެ ރަނގަޅުމީހާއެއްނޫން އިމްރާންއަކީ..
ޢިމްރާނުއަށް ވެގެން އުޅެނީ ކިހިނެތްކަމެއް ނޭގެއެވެ. މިހާތަނަށް ދައްކަވާފައި ހުރި ވާހަކަތަކާ މަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވަމުން މީހުނަށް ދެއްކެވި މަންޒަރުތައް ކަޝްފުވެދިޔައީ ކަމަށް ހީފުޅު ނުކުރައްވާށެވެ. އަނިޔާ ކުރުމަކީ ޙާލަތު ނިޔާކުރާ ކަމަކަށް ނަހައްދަވާށެވެ، އަނިޔާ ކުރުމާ، އަނިޔާ ދިނުން ސިޔާސީ ސްޓަންޓަކަށް ހައްދަވައިގެން ކުޅުއްވި ޑްރާމާގައި މަނިކުފާނު ޝިކާރައަކަށް ވީ ތޯ؟
އެހެންކަމަށް ނުވާނަމަ މިފަދަ ލާއިންސާނީ ޖަރީމާ ހިންގެވުން ހުއްޓަވާ ލައްވާށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނަންގަވައިގެން މިވަރުގެ އަނިޔާތައް ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި އިސްތިއުފާ ދެއްވާށެވެ. މިދިޔަ 5 އަހަރުވެސް ތިޔަ ޖަލު ހުއްޓެވެ. މިފަދަ ޚަބަރެއް އަޑު ނީވެއެވެ.
މަގުމަތިން ޖަލަށް، ޖަލުން ޖަލު މިނިސްޓަރު ކަމަށް ވަޑައިގެން ޖަންގަލީ ޤާނޫނު ތަންފީޒު ނުކުރައްވާށެވެ. ރައްޔިތުންގެ ފައިސާ ބައްލަވައިގަންނަވަމުން ރައްޔިތުންނަށް ތި ދެއްވާ އަނިޔާއާ، ލާއިންސާނީ ޢަމަލުތަކުން ބަރީއްޔަވެ ވަޑައިގަންނަވާށެވެ. މީހަކާމެދު ހަސަދައެއް އޮތުމަކީ މުޅިރައްޔަތް އެކަމުގަ ޤުރުބާން ކުރަންވީ ސަބަބެއް ނޫނެވެ. ނުވަތަ ބަޔަކު ބަންދުކޮށް ކުރިމައްޗާ ފުރަގަހަށް ޕެޕަރސްޕްރޭ ޖަހަންވީ ސަބަބެއް ނޫނެވެ.
މަނިކުފާނު އިސަވެ ހުންނަވާ ޤާޞީން ފްރޭމް ކުރަމުން ތިޔަ ގެންދަވަނީ މުޅި ނިޒާމު ގަޑުބަޑުކޮށް، ފުންމިން ނޭގޭ ފުން ވަޅުގަޑަކަށް މި ދިވެހި ރައްޔިތުން ގަންބަވާ ލައްވަންތޯއެވެ. އެހެން ނަހައްދަވާށެވެ. ބިރު ފަހަނަޅާ ގޮސް އަނިޔާ ކުރުމަކީ ކޫލް ކަމެއް ނޫނެވެ.
ޑދެދުވަހުން ތިޔަ ބަދަލުކުރެއްވި ނޫންތޯ މަނިކުފަނު . ޅކުރިން ނުކުރާ ލކަންތައް މަނިކުފާނު ޒައާމަތުގަ ފެންނަމުން މިދަނީ
ކޮބަައިތަ އިޚްލާސްތެރި ިމްރާނު. ކޮބާ އަންނި. ކީ ކަލޭމެނ ތިކުރަނި؟
"ޖަލު ހަލަބޮލިކޮށް ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ އެއީ ހަމައެކަނި އެމްޑީއަށް އޮތް ފުރުސަތެއްކަމަށް ތޯ ތިވިދާޅުވީ ޖަލުތަކުގައިތިބީ ކުއްވެރިން މާލޭގެ ގޭގޭގައި މީހުންދިރިއުޅޭހާލަތުބައްލަވާ އެފަރާތްތަކަށް ރަގަޅުގޮތެއްހޯދަދިނުމަށް ކީއްވެތޯ މަސައްކަތްނުކުރަނީ
ބަންދު ދުވަސްތަށް ނުލާ އަދި 2 ދުވަސް ނުވޭތޯ ސަރުކާރަށް !
ކަލޭމެންނަކައް ފަސްއަހަރުންވެސް ރަގަޅެނުކުރެވޭނެ ކަލޭމެންގެ ހުންނަނީވެސްހަމައެސިފަތައް ގޮތެއްފޮތެނެއް އެހާއަގަމުޑުދާރު
ވާންޖެހޭނީ ގަބޫލު ކުރެވޭ ވާހަކައެއްނޫން ނުވެއްޖެއިޔާ ތިމަންނަމެން ވާނެއޭ ބުންޏަކަސް އެއީ ވާނެ ކަންތައްތަކެއް ނުންކަމަށް ރައްޔިތުންނަށް އޮޅުވާލަން ދޮގުހެދިކަމަށް އެއްބަސްވޭ އޭރުން ދެން އަހަރުމެން ކިޔާނެ އެއްޗެއްނެތް
ތިޔަ ދެ ދުވަހެއް ފަސް އަހަރު ނިމިގެން ދާއިރުވެސް އިމްރާންއަކަށް ނާންނާނެ، އަވަހަށް އިސްތިއުފާ ދެއްވާފައި ގޭގައި މަޑުކޮށްލައްވާ
ތިއޮތީ ކަލެޔަށް ކަލޭ ބޭނުންވެގެން އުޅުނު ކަންތައް ލިބިފަ! ޤަވްމު ހަނާވާއިރުވެސް ހަމަ ތިހެން ކިޔަކިޔާ މަޤާމު ދިފާޢުކޮށްލަކޮށްލާ ހުރޭ!
ބަލަގަ ތިމާ އެއްނޫންތަ ޖަލަށް ވެއްދީމަ ފޮޓޯނަގައިގެން ޔާމީނު އަނިޔާކުރިއްޔޭ ކިޔައިގެން ރ ޓީވީގަ ދޮގުވާހަކަ ދައްކައިގެން ދެއިރު ދެދަޅަޔަށް ދޮގުރިޕޯޓްތަށް ހަދައިގެން ރައްޔިތުންނަށް ޗިޕްޖެހީ އޭރު އަނިޔާއޭކިޔައިގެން ހަޅޭއްލެވީ ތިމާކުރިކަމަކުން ޖަލަށްވެއްދީމަ ކަން ހަނދާން އެބަހުރިތަ އެދުވަހު ކުރިނުބައި ނުލަފާކަން ކާމިޔާބުވިނަމަ ކިތައްމީހުންގެ ފުރާނަދިޔައީސް ނަމަވެސް ﷲގެ ކުޅަދުންވަންތަކަމުން ސަލާމަތްވެ ތިމާ ޖަލަށްދާންޖެހުނީ ނަމަވެސް އެކަންވެސް ގޯސްނުވެ ތިމާމެންވީ ތެދުވެރިންނަށް އަދި މިއަދު ވެރިޔަކަށްވެވުނީމަ ތިޔަކުރާ ހުރިހާއަނިޔާއިން ރެކެން އުޅެނީތަ ނޫންނޫން މިހާރު ޖަލުގެހުރިހާކަމެއްގެ ޒިންމާނަގަންޖެހޭނީ ހުރިހާއަނިޔާއެއް މިހާރުތިކުރަނީ އިމްރާނުގެ ބެލުމުގެދަށުން ވީމާ ޒިންމާނަގާ ނޫނީ އިސްތިއުފާދީފަ ފެއްސިގެންދޭ ކިހާބޮޑުމުޞީބާތެއްތީ އިމުރާނޫ ކަލެޔާހެދި
މިއީ ރައީސް ޔާމިން ގެ ދައުރުގެ ކަނެއްނަމަ ނިމުނީ ހުރިހާ ނޫސްތަކާ ޓީވީތައް އުތުރިއަރާނެ. ޢާޅޭ ކުއްވެރިން އޮފްސަރެއްވެސް އަނިޔާކުރި އޮފްސަރާދެތެރޭ އެއްވެސް ބަޔަކު ވާހަކަ ނުދައްކާ އަމައެކަނި ޤައިދީން ދިފާއުކުރަނީ
އައޝައިޚޫ ބޭނުންވީމަ ސިޔާސީ ބޭނުމަކަށް ހަލަބޮލި ކޮށްފަ އެހެން މީހުން ބޭނުންވީމަ ކީއްވެގެން ސިޔާސީ ބޭނުމަކަށް ހަލަބޮލި ނުކުރެވެންވީ.
މިހާރު އެއިން އެނގޭ އެއްޗަކީ ކުރީގަ ހަލަބޮލި ކޮށްފަވީ ސިޔާސީ ބޭނުންތަކަށްކަން. އަމިއްލައަށް ބޭޒާރެއްނޫންތަ ތިވަނީ . މިހާރު މިވަނީ ކިހިނެއް. އަޅެ ފަހެ ތަމެން ލަދެއް ޙަޔާތެއް އެބައޮތްތަ.
މިކަލޭގެ އަދިވެސް އެހުރީ ސަރުކަރަށް ސަނާކިޔައިގެން މަޤާމު ދަމަހައްޓަންތާއެވެ.
"ގައިދީންނާއި މެދު ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމުން އަޅުގަނޑުމެން ހުއްޓުވާނަން. މި ޢިބާރާތުން އަޅުގަނޑަށް ދޭހަވަނީ މިނިސްޓަރުގެ ނާޤާބިލުކަން. އެއްވެސް މައްސަލައެއްގައި ފުރިހަމަ ތަޙުޤީޤަކާއި ނުލައި ގޮތެއް ނިންމުން ރަނގަޅެއް ނޫން.
މިހިރަ ސޭކު ޢިމްރާނޫ. ކަލޭ ފަޅޮލޭ ކިޔަކަސް ކަމަކު ނުދާނެ. ލިބިފައި ތިޔަހުރި ޝަރަފްވެރި ޢިއްޒަތްތެރި މަޤާމުގެ ނަން ކިލަނބުނުކޮށް އިސްތިއުފާދީފަ ޕިކަޕެއް ހޯދައިގެން 40.00 އަށް ދަތުރެއް ކޮށްލަ ކޮށްލަ ހުރިއްޔާ ރައްޔިތުންގެ ބޮލަށް މާފަސޭހަވާނެ.
ހޭ! 7 އަހަރު ފާއިތުވެ ދިޔައިރު މިދިޔަ 2 ދުވަހު ހިންގިވަރު އަނިޔާވެރި ލާއިންސާނީ ޖަރީމާއެއް ނުހިންގާ.