ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގެ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން އެ މަޖިލީހުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނެވެ. މި މައްސަލަ ހިސާން ހުށަހަޅާފައިވަނީ މިނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ ރިލްވާނާ ބެހޭ ތިން މައްސަލައެއްގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައެވެ.
މުހައްމަދު އަސްލަމް ހުށަހެޅުއްވި މި ރިޕޯޓްގައި ވާ މައްސަލައަކީ، 18 އޮގަސްޓް 2014 ވަނަ އަހަރުގައި ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ، ރިލްވާން އަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އޭނާ ހޯދުމުގެ މަސައްކަތާއި އަދި އެމައްސަލަ ތަހުގީގު ކުރުން ލަސްވަމުން ދާތީ ކޮމިޓީން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދިފައިވާ މައްސަލައެވެ.
ދެވަނަ މައްސަލަ އަކަށް ހުށަހަޅާފައިވަނީ ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސަލާމަތީ ބާރުތަކުން އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން 1 ސެޕްޓެމްބަރ 2014 ވަނަ އަހަރު އެ ކޮމިޓީ އަށް ހުށަހެޅި މައްސަލައެކެވެ.
ތިންވަނަ މައްސަލައަކީ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގެ ތަހުގީގު ހިންގުމުގައި ފުލުހުންގެ އިހުމާލުވެފައިވާ ކަމަށާއި، ގަސްތުގައި ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް، އެމައްސަލަ ބަލައިދިނުމަށް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މައްސަލަ މަޖިލީހަށް ހުށަހެޅުމުން އަސްލަމް ވިދާޅުވެފައިވަނީ ރިލްވާންގެ މައްސަލަތައް މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ބަލަމުންދާތީ ރިލްވާނާ ގުޅޭ އެ ތިން މައްސަލަ ތަހުގީގުކުރާނެ ތަނެއް ނެތް ކަމަށް ކޮމިޓީގެ އިއްތިފާގުުން ނިންމާފައިވާ ކަމަށެވެ.
މި ރިޕޯޓަށް ބަހުސް ކުރައްވަމުން ހިސާން ހުސެއިން ވިދާޅުވީ، ރިލްވާންގެ މައްސަލަ ބަލައި ދިނުމަށް އެދި އޭނާގެ އާއިލާއިން ކުރި މަސައްކަތަށް މުއައްސަސާތަކުން ބީރު ކަންފަތެއް ދިއްކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އެދި މަޖިލީހުގެ ދޮރުގައި ޖެހި ޓަކީގެ އަޑު އަހަން ޖެހޭ ކަމަށްވެސް ހިސާން ވިދާޅުވެފައިވެއެވެ.
އަދި މި މައްސަލައިގައި ދިވެހި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އެ މައްސަލަ ތަހުގީގު ކުރިއަށް ނުގެންގޮސް ދޫކޮށްލި ކަންތައް ފާހަގަކޮށް ސިވިލް ކޯޓަށް މީގެ ކުރިން ހުށަހަޅާފައިވާނެ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައި މިހާރު އޮތީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި ކަމަށް ވެސް ހިސާން ވަނީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އެމައްސަލައިގައި އަމަލުކުރި ގޮތް ބެލުމަށްވެސް ހިސާން ވަނީ ހިމަނާފައިވެއެވެ.
މި ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
އަފުރާޝީމްގެ މަރާބެހޭ މައުލޫމާތު އެނގިތިބެ އަޅާނުލާތީ އިހުސާނު ދެރައެއް ނުވެއި ކޮމަޓީކޮބާ
މިޤައުމުގައި ގެއްލިފައި މީހަކުނުވެއި. މަރާލާފައިނުވެއި، މިއަދުގެ ޖަލުގެ ހާލުދެކިބަލަ
މިހާރު ގެއްލިގެމް އެއުޅޭ ކުއްޖާ ގެއްލުވާލި މީހުންނަށް ފިޔަވަޅު އަޅާބަލަ މިތިބަ ބުރާންތިތަކާ...
ކޮބާހޭ ކޮބާހޭ ޑރ.އަފުރާޝީމު އަލީގެ ގަތިލުން.
ބަލަ ރައްޔިތުންގެ މަޖިލީހަށް ތަ ކަލޯމެން ތިއުޅެނީ އިނއތިޚާބުވެގެން ނޫނީ ސްޕްރީމްކޯޓަށްތަ؟އުޑެއް ބުޑެއް ރައްބެއް ރަސޫލެއް ނޭނގޭ މީހުންއިންތަކެއް ލާރިއަޅައިގެންޕާޓީ ކުލަޖައްސައިގެން ތިއުޅެނީ ކޮބާ ސަލާޙް މަރާލި މައްސަލަ ޖަލުގަ... އަޒްލީނާގެ މަރުގެ މައްސަލަ ނުނަގަނީ ކީއްވެ.... ހަމަ މުރުތައްދަކު މަރުވެއްޖިއްޔާ ހިނި އަރައިގެން ތިއުޅެނީ... ކަލޭމެން ކުފުރަށް ކިތަންމެ ނަސްރެއް ދިނަސް ﷲ ގެ ރޭވުން މާމޮޅުވާނެ...
ޗަރުކޭސްކުޅެނީ. މަޖިލީހަކީ ފަނޑިޔާރުގެވެސް.