އިދިކޮޅު ފަރާތްތަކުން މާދަމާރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ދީފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ބުނީ މާދަމާރޭގެ އެއްވުން ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ސަރުކާރުން ހުއްދަ ލިބިފައިވާ ކަމަށެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާއަކީ ރައީސް ޞާލިހުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ މިފަދަ ބޮޑު ފުރަތަމަ އެއްވުމެވެ.
އިދިކޮޅު ފަރާތްތަކުން މި އެއްވުން ބޭއްވުމަށް ނިންމާފައި މިވަނީ 3 ނޮވެމްބަރު 1988 ގައި 19 ދިވެހިން ޝަހީދުކޮށްލައި މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ނާމާން ނިރުބަވެރި ހަމަލާގެ އިސް މޭސްތެރިޔާ ހެންވޭރު ހާޖަރާގެ ބާޣީ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގެންގުޅޭ މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީއެންސީގެ އިތުރުން ޕީޕީއެމްއިންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ކާނިވާ ސަރަހައްދުގަ އެވެ.
މި ސަރުކާރަކީ އިދިކޮޅަށް ވެސް ޖާގަ ދީގެން އުޅޭ ސަރުކާރު..
އެއްވަނައިގެ ސަރުކާރެއްދޯ؟ ބަރާބަރުކަމުން ތަހްގީގު ކުރުމާ ޝަރީއަތް ކުރުމުގެ ނަމުގައި އެންމެން އިންޑިޔާގެ އަޅުންގެ ގޮތުގައި ވިއްކާލުމަށް ތައްޔާރުވަނީ. އަގު އަރާނީ އަނިޔާއަށް ކެތްކުރެވޭ މިންވަރުން.
އެތަން ކަމުނުދަންޏާ ދުވާރުމަތީ މީހުނަށް އުދަގޫނުވާގޮތަށް އެއްވެލިޔަސް އޯކޭދެން. އެކަމަކު11ޖެހުމުގެ ކުރިން އެއްވުން ހުއްޓަންވާނެ.
މާތްކަލާކޯ!! ތިހާގިނަބަޔަކު ނިކުމެ އިދިކޮޅައް އެއްވާން ހުއްދަ ދިނީތީ ހައިރާން ހީވޭ.
އިދިކޮޅައްތިބެ އެއްވުމަކީ ހަށިގަޑައް ވަރައް ވޭންހުރިކަމެއް.އެއްކޮޅައް ހުރެއެއްވާއިރުވެސް ވަކިވޭންކުޑައެއްނޫން. އަދިތިދެ ފާޓީގަ މައިގަޑުގޮތަކައް ތިތިބީ މުސްކުޅިވެ ގުދުވެ ހެލިފެލި ވެއުޅެވޭވަރައްވުރެ މުއާލާތް ދައް މުސްކުޅިން.އަދުރޭއައް ކަރުކެހި އިބާރާތުން ގޮވާލަން ތިހާގިނަބަޔަކު އިދިކޮޅައް ގިނަވަގުތު ނުބޭތިއްބުމައް.
އަބަދުވެސް އަދުރޭދެކެލޯބިވާ ބުއްބުތަލޯ
ޙެހެ ޢަނެއްކާ ބުނަން އޮތީ ވަރަށް ބޮޑުވާނެ އެއްވުމެއް ކަން
ޔަގީން ރިޔާސީ އިންތިހާބު ދުވަސް ވަރު ބުނަމުން ދިޔައީ
1 ލައްކަ މީހުން ޕާޓީއަށް ހަމަވަނީޔޭ އެކަމަކު މަޖިލިސް
ޢިންތިހާބުގަ އެންމެ 5 ގޮނޑި އެހެން ވީމަ ބޮޑު އެއްވުން ބޮޑުވާނެ ވަރު ބަލާ ހެހެ ރިޔާސީ އިންތިހާބުގަވެސް
ޢަދުރޭމެން ހަމަ ތިގޮތަށް މީހުންގެނަސް ގެން ޖަލްސާ
ބޭއްވި އެކަމަކު ވޯޓެއް ނުލިބުނު
ޔާންޓޭ ކަލޭގެވެރިކަމުގާ ކަޓުވާލި ޑޮލަރުތަށް ބަހާލަން ހިގާ މިރޭ އެއްވުމުގެތެރޭގަ.
މާދަމާ ރޭ ތިބޭނެ 15 ވަރަކަށް މިނެޓް ވަންދެން އީސީ ސަރީފޫ ކިޔާލަ ކިޔާލަ.
ދެން ބާގައި މީހުންނަށް ބޯނެ އެތިކޮޅަކާއި ދަނގަޑު ހަތިޔާރު ދީފަ ހަނގުރާމައަށް ފޮނުވާނީ. މީ ކުރިންވެސް ހެދި ގޮތް. އަނގަވަތަށް ވެއްޓި ވެލި ކެވުނީވެސް އެކަމާހުރެ.
އުމަރު ބައިވެރި ވަންޏާ ގޭ އެންމެން ގޮވައިގެން ދާނަން
ޖަޒީރާ ދެން ދާނީ މަހައް...އެންމެން ހޭ އަރަން ވަގުތު ނަގާނެ...ދެން އަތްޖަހާ ބާރައް
އުފާވެރި ހަބަރެއް
ތީ ލުތުފީއަށް ބާއްވަދޭ އެއްވުމެއް! އެހެންވީމަ ލުތުފީ ސަރަފުވެރިމެހެމާނަކަށް ގެންދިޔުން ވ.މުހިންމު! ޕަކާސް
ޕެޕަރ ސްޕްރޭކޮޅެއްގެ ރަހަ ބަލާލަންވާނެ..
ޕޕމ، ޕނސ މިހާރަށްވުރެ ހަރުދަނާވާން އެބަ
ޖެހެއެވެ އެހެންނޫންމަ ރާއްޖެ ގާދޫކޮލުން ނުކުމެ
ފިވެހިންގެ އަތްމަތިން ބީވެދާނެއެވެ ރައްޔިތުންނަށް
ހުވަފެން ދައްކައި ވާ ވައްދައިގެން ވެރިކަމަށްއަރާ
މިތިބީ ޣައްދާރުންނެވެ ކޮންމެކަމެއް ކޮންމެގޮތަކަށް
ކުރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ އެހެންކަމުން
ގައުމު ހަމަމަގަށް އެޅުވުމަށް ޕޕމ ލަސްކަރު
ތެދުވަންވީ ވަގުތު ޖެހިއްޖެއެވެ.
ޔާމީން ބައިވެރިވެވަޑައިގަންނަވާ އެއްވުމަށް ކާނިވާ ދޫކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މަމެން ޕިންކީން ރިޖެނެރޭޓް ކޮށްގެން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުުރުމުގެ މަސައްކަތާއި ގުޅޭ ޕްލޭންސް ތައް އަނެއްކާ ވެސް ބެކް ޓު ބޭސިކްސް އިން ފަށާނޭ ކަމަށް ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންްސް ޑާންސް ޑާންސް...
މާދަމާ ހަވީރު ކާނިވާ ސަރަހައްދުގައި ކުޑަކުއްޖެއްގެ ބާރތުޑޭ ޕާޓީއެއް ބޭއްވުމަށް ކުރިން ދީފައިވާ ކަމަށް ބުނެ ކެންސަލްކުރާނެ.