ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ޖަލުގައި ބެހެއްޓުމަކީ އަނިޔާވެރިކަން ދެއްކުން ކަމަށާއި އިންސާނިއްޔަތައްޓަކާ ނަމަވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށް ދިނުމަށް ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދް ގޮވާލައިފިއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަކު އަނެކަކަށް ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމުކޮށް ކަމޭހިތަން ޖެހޭ ކަމަށާއި އިންސާނިއްޔަތައްޓަކާ ނަމަވެސް ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ.
https://twitter.com/hsuood/status/979665621070696448?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3
ކުއްލި ހާލަތު އިއުލާނުކޮށް ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން މިމަމުގެ 19 ވަނަ ދުވަހު ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަޒިޒަމްގެ ދައުވާއާއި ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހުށައެޅުއްވުމުގެ ދައުވާއާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ދައުވާވަނީ ކޮށްފައެވެ.
މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފާރިސް އާއި ނަދީމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކަލޭ ކިޔެވީ ކޮން ފޮތަކުން ވަކިމީހަކަށް ވަކި ގޮތެއް ހެދުމަށް ގޮވާލަނީތި
އިންސާނީ ތަފާތުކުރުމަކަށް ގޮވާލަނީތަ ރުހުމަތުގައި ހައްޔަރުގަތިބި އެހެނިހެނ މީހުނަކީވެސް އިންސާނި މިންގަޑުން ހަމަހަމަ ބައެއް ހިތާމަ އހުސާސް ކުރާނެ ބައެއް
ސުޢޫދު ތީ މައްސަލައަކީ މައުމޫން ވިޔަސް ކުއްވެރި ވީމަ އެހެންމީހުނާ ތަފާތުވެގެން ނުވާނެ އިންސާނިއްޔަތައްބަލާނަމަ ދެންވެސް ހައްޔަރުކޮށްގަ ތިބީ އިންސާނުން. ތަފާތެއް އޮވެގެން ނުވާނެ.
ސުޢޫދު ތީ މައްސަލައަކީ މައުމޫން ވިޔަސް ކުއްވެރި ވީމަ އެހެންމީހުނާ ތަފާތުވެގެން ނުވާނެ އިންސާނިއްޔަތައްބަލާނަމަ ދެންވެސް ހައްޔަރުކޮށްގަ ތިބީ އިންސާނުން. ތަފާތެއް އޮވެގެން ނުވާނެ.
މާމޫން ގެ އާއިލާއިން ބުނަނީ މާމޫން ހުރީ ސާބިތުކަމާއެކު ހެޔޮ ހާލުގައި ކަމަށެވެ. އޭގެ އިތުރުން މާމޫން ވަނީ ސޫދުގެ ޓުވީޓް ގެ އެހީގައި ގޮތްދޫނުކުރާނެ ކަމަށާއި އެކަނި ހުއްޓަސް ދުލެއް ނުދޭނެ ކަމަށެވެ. އަސާސީ ގާނޫންގައި ނޯންނާނެ ވަކި އުމުރެއްގެ މީހަކު ކުށްކުރީމާ ގޭ އުނދޯލީގައި ބައިންދައިގެން ބޮލިރަވަ ތަޅުވަމުން މައްސަލަ ތަހުގީގު ކުރާކަށް . އަނެއްކާ މަާމޫން އަށް ކުރަނީ އާދައިގެ ތުހުމަތެއްވެސް ނޫނެވެ. ވީމާ ސޫދު މެންފަދަ ލޯޔަރުން ނުޖެހެ ކޮންމެހެން ސިންޕަތީ ހޯދަން އުޅޭކަށް. 100 އަހަރު ވިޔަސް ޖަލުގަ ބައިންދަން ޖެހޭނީ.
ސުއޫދުގެ ހިތުގައި އިންސާނިއްޔަވަންތަ ކަމުގެ ކަންފުޅެއްވެސް ނެތްކަން މިހާރު ހާމަވެއްޖެ ޖަލުގައެބަތިބި އަންހެނުންވެސް މިކަބަނލުން ގެޔަށް ބަދަލުކުރުމަށް ގޮވާލި ނަމަ ކިހާ ތާހިރުވީސް.
ޢެއްގޮތަކަށްވެސް ޖަލުން ނެރެގެން ނުވާނެ ސަބަބަކީ 1 ފެބުރުވަރީގަ ހިންގި ކަންތައްގަނޑު ގޭމެއްގެ ގޮތުގަ ކުޅޭ ވާހަކަ މީނަ އަމިއްލައަށް މީޑިއާގަ ކުރީގަ ބުނެފަ އޮތީވެސް.
ކީއްވެޔޯ؟ އެއީ މިގައުމު ދުއް އެއްމެބޮޑު މުޖުރިމް. އަދުލުގެ ނިޒާމު ފުނޑާލި ގައްދާރު. ކޮރަޕްޝަންގެ ހަޑިމުޑުދާރު އަމަލު އަމިއްލަ ދަރިލައްވާ ކުރި ނުބައި ޝައިޠާނެއް.
އިހްތިރާމް ލިބޭނީ އިހްތިރާމްލިބުމުން އެއިހްތިރާމް ދަމަހައްޓަން ދަންނަ ފަރާތްތަކަށް.
ކޮންމެ މީހަކަށްވެސް އިހުތިރާމު ކުރަންޖެހޭ!ނަމަވެސް ކުށެއް ކޮށްފިނަމަ އަދަބުވެސް ލިބެން ޖެހޭ . ސުވާލަކީ މައުމޫނު ހަމަ އިޙްތިރާމާއި އެކު ހުންނަވަނިކޮށްތޯއޭ ތިކަމެއް މެދުވެރިވީ.ކޮބާތަ ހަމަހަމަކަން. އަޖާއިބެއްފަދަ މިފަދަ ތަނެއ ދޮރެއް ދޮރު އަށްޓެއް ނޭނގޭ ވަކީލުންގެ ބައިގަނޑަކާއި ހުރެ!
އުމުރަށް ޖަލުގަ ބަހައްޓަންވީ. ބަސްނާހާ ކާފައެއް ތީ.
ހުސްނުއް ސުޢޫދް ހާދަ މައުމުނު ވެގެން ތިއުޅުއްވަނީ!
މައުނަކީ ކަލޭމެން ކަހަލަ ފިނޑިއެއްނޫނޭ!
މައުމޫނޫ އެހުއްނެވީ ފިސާރި ޘާބިތުކަންމަތީ ނުގުޑާ ޢަޒުމެއްގައި.
ޤައުމު އިސްލާޙް ކުރެއްވުމުގެ ބޮޑު މަސްއޫލިއަތު ކޮންޑުފުޅުގައި އަޅުއްވައިިގެން... ސުޢޫދް މެން ކީކޭތޯ ހީކުރަނީ.
އެމަނިކު ފާނު އެކަނި ގިނިކައްޏާ ހުއްނަވަން ޖެހިވަޑއިގަތަސް މިޤައުމާއި ޤައުމުތަށް އިސްލާހު ކުރެއްވުމުގައި އެމަނިކް ފާނު
(މައުމޫނު) ފަސްޖެހި ވަޑައެއް ނުގައްނަވާނެ އިނގޭތޯ.
މައުމޫނު އެހުންނެވީ ބަންދުކޮށްފައެއްނޫން! މައުމޫނު އެ ހުންނެވީ މައުމޫނުލައްވާ ކުށްކުރުވުމަށް ބަޔަކު މަސައްކަތްކުރަމުންދާތީ އެމަނިކުފާނުގެ ޢަދާވާތްތެރިންގެކިބައިން ފޭކޮށްފަ! ވިސްނޭނީ ސިކުނޑީގެ ބޭނުންކުރާ މީހަކަށް!
ކުށެއްނެތް މީހުން ހައްޔަރު ކުރުމުގަ މިސަރުކާރު ރެކޯޑު ހަދައިފި! ދެންއަތްޖަހާ! ހުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފުޜާޅު ޓިނުނަގައިގެން ދެންކޮން ސުޕްރިމް ކޯޓުގަ ތަޅުއެޅުވިވާހަކައެއް! 2018އަށް އަތްޖަހާ!
ކުށެއްނެތް މީހުން ހައްޔަރު ކުރުމުގަ މިސަރުކާރު ރެކޯޑު ހަދައިފި! ދެންއަތްޖަހާ! ހުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފުޜާޅު ޓިނުނަގައިގެން ދެންކޮން ސުޕްރިމް ކޯޓުގަ ތަޅުއެޅުވިވާހަކައެއް! 2018އަށް އަތްޖަހާ!
އަސްލުވެސް އަމީނާ އެވިދާޅުވީ ތެދުފުޅެއް!
ސޫދޫ އެހެންވެގެންތޯ މިއޮއްހާ ދުވަހު ސޫދުމެން މައުމޫނަށް ގޮޅާބޯއޭ ގޮވާ ޒާތްޒާތުގެ ކާޓޫނުކުރަހައިގެން ފުރައްސާރަކޮށް. މައުމޫނު ދިރިއުޅޭ ގޭދޮށަށް ސޫދުމެން ގޮސް އެގޭދޮރޯށީ ގައި ކޮޅުފައިންތަޅާ ހަޔާތްގޮވާ އެވަރުން ނުފުދިގެން މަގުމަތީގައި ދޫލައަޅައިގެން ޖަލްސާބާއްވާ، މައުމޫނުގެ އަމިއްލަގެދޮރު ދައުލަތަށް ނަގަން ގަރާރުފާސްކޮށްހެދީ....؟ އެއީ އިޙްތިރާމްކުރުންތޯ...؟ މިހާރު މިއުޅެނީ ހަމަ ތިޔަބުނާ މައުމޫނު މިގައުމުގެ ގާނޫނީ ސަރުކާރު ވައްޓާލަން ރާވާ ބަޣާވާތް ކޮށް ބޮޑު ކުށެއް ކޮށްގެން. މިހާރު މައުމޫނަކީ ކުށްވެރިއެއް އޭނާ ކުށްވެރިވި ދުވަހު އަހަރެމެން މިޖެހެނީ އޭނާއަށް އިޙްތިރާމްކުރަން އޭނާ ކުށްވެރި ނުވާއިރު ސޫދުމެންނަކަށް ތިޔަބުނާ އިޙްތިރާމެއް ކުރާކަށް ނޭނގުނު....؟
މީނަޔަކީ ބޯގޮވާފައިހުރި ގޮލައެއްކަން މަށަށް ކުރިންވެސް އެނގޭ އެކޙލ ޟޯޠ އަބަދުވެސް މީނަ ގޮވާ . މަވެސް މިހާރު ހައްޔަރުގައި ހުރިމީހާގެ ވެރިކަމުގައި ބަންދުކުރި 4 މަސްފަހުން ހާޞިރުކޮށްފައިބުނީ ތިހީ ދޫކޮށްލާފައޭ. އޭރު ގެއަށް ބަދަލުކުރަން މިކަލޭގެ ނުގޮވީ ކީއްވެބާއޭ މަހިތަށްއަރާ
ސުއޫދު މައުމޫނު ނޫނީ ޖަލުގަ ތިބިއެންމެންނަކީ ޖަނަވާރުންނަށް ތިހެދީދޯ.ހަރާމް ލީރިބޯ
ޤާނޫނީ ވަކީލްކަމުގެ އޮނިގަނޑުން ކަލެ ބޭރުވެއްޖެ ސުޢޫދުބޭ!