ރައީސް ސޯލިހުގެ ސަރުކާރު ބަލިކަށި ވަމުން އަންނަތަން ފެންނަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް މިއަދު އޮތީ މާޔޫސްކަން ކަމަށާއި އިގްތިސާދީ ގޮތުން ވެސް ހީނުކުރާ ވަރުގެ ހީނަރުކަން ހުރިހާ ހިސާބަކަށް އަތުވެފައިވާ ކަމަށެވެ
" މި ސަރުކާރު ވެރިކަމަށް އައީ ކުރިއަށްވުރެ ރަނގަޅު ވެރިކަމެއް ކުރުމުގެ ނިޔަތުގައި ނަމަވެސް ވެރިކަމަށް އަހަރެއް ވެގެންދާއިރުވެސް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރާ ގުޅުމެއް ނެތްކަން ވެސް ހާމަވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
" ސަރުކާރު އެއް ދުވަހުން އަނެއް ދުވަހަށް ބަލިކަށި ވަމުން އަންނަތަން އެބަ ފެނޭ ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް ނުކުރެވި ގިނަ ދުވަސްތަކެއް ވާތީ ރައްޔިތުން ވަރަށް ބޮޑަށް މިހާރު އެތިބީ މާޔޫސްވެފައި. " އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީ މެމްބަރުން ހުށަހަޅާ ގަރާރުތަކާއި ސަރުކާރުން ހުށަހަޅާ ބިލްތަކާވެސް ދިމާނުވާ ކަމަށެވެ.
" މަންޒަރު ރީތި ކުރުމަށް ތަފާތު އެކި ވާހަކަތައް ދަނީ ދައްކަމުން އަދުލު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ރައްޔިތުން މި ސަރުކާރަށް ފުރުސަތު ދިނުމުން އެކަން ވެސް ރައްޔިތުން އުއްމީދުކުރި ބާރުމިނުގައި ކުރިއަށް ނުދޭ " އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ހަމަޖެހުމާ، ހިމޭންކަން ލިބޭނީ، މުޒާހަރާތައް ނުހިނގާ ތަންތަނުގައި، ކަރުނަ ގޭސްތައް ބޭނުން ނުކުރާ ތަންތަނުގައި، ކެތްތެރި، ހިތްތިރި، މަޑުމައި ތިރި، ސަރުކާރެއް، މިސަރުކާރަކީ، އަވަސް އަވަހަށް ހިފާހައްޔަރު ކުރުމެއް، މިސަރުކާރުން ނުގެންގުޅުއްވާ،