މިރޭ ހެންވޭރު ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 46 އަހަރުގެ އަންހެނެއް ކަމަށްވާ ތ.ބުރުނީ އައިމިނަތު ޝައުނާއަކީ ގުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެއްކަމަށް އޭނާ ކިޔެވި ޔުނިވާސިޓީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސްޓޫޑެންޓް ޔުނިއަން އިން ބުނެފިއެވެ.
ޝައުނާ ނިޔާވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވަމުން އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަން އިން ބުނީ، ޢާއިޝަތު ޢިލްމު އުނގެނުމުގެ އެފަދަ ދެވަނައެއް ނެތް މިސާލެއް ކަމަށެވެ. އަދި ޢުމުރުގެ ދޮށީކަމަށް ފަރުވާލެއް ނެތި، ލިބުނު ފުރުސަތުގެ ބޭނުން ހިފާ، ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީގެ ސް
"އަޅުގަނޑުމެން ދުޢާކުރީމުއެވެ. ޢާއިޝަތު ޝައުނާ ހެޔޮ ޙާލުގައި ވަނިކޮށް އަޅުގަނޑުމެންނާ ބައްދަލުވުމަށެވެ. އެހެން ނަމަވެސް، އެ އުޚްތާވަނީ މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާގައި މިދުނިޔެއާ ވަކިވެފައެވެ. ދިރިތިބީންގެ ހިތްތައް ރޮއްވަމުންނެވެ. إنا لله وإنا إليه راجعون". އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ޕޯސްޓެއްގައި ވެއެވެ.
އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަން އިން ބުނީ، ޝައުނާއަކީ އެތައް ދަރިވަރުންތަކަކަށް ކީރިތި ޤުރުއާން އުނގަންނައިދިން އެދުރެެއް ކަމަށާއި، އެތައް ކުއްޖެއްގެ ހިތްތަށް ފަތަޙަކޮށްފައިވާ އޯގާތެރި މުދައްރިސެއް ކަމަށެވެ. އަދި އުނގަންނައިދިނުމުގެ ދާއިރާގައި ގިނަ އަހުރަތަކެއް ވާންދެން މަސައްކަތްކުރެއްވި ޚިދުމަތްތެރިއެއް ކަމަށްވެސް އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަން އިން ބުންޏެވެ.
"މާތް الله މަރްޙޫމާގެ ފާފަތައް ފުއްސަވާ، ފުރާނަޔަށް ހެޔޮ ރަޙުމަތް ލައްވާ ޖަންނަތުގެ ހިޔާވަހިކަން ދެއްވާށި! ޢާއިލާއާއި ރަޙުމަތްތެރިންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށި". އެ
ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ހޯދަމުން އަންނަތާ ގިނަ އިރުތަކެއް ފަހުން ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭ ވަރަށް ބޮޑަށް ފިހިފައި އޮއްވައެވެ.
ސުބުހާނަﷲ. ޢިންނާލިﷲ ވަ އިންނާ އިލައިހި ރާޖިޔޫން. މައްޔިތާއައް ޖައްނަތުލް ފިރްދައުސް ދެއްވަވާށި.އާމީން.
އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ?
ޢިންނާލިﷲ ވަ އިންނާ އިލައިހި ރާޖިޔޫން. މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވަވާށި.އާމީން.
3
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
إنا لله وإنا إليه راجعون
ދަނޑިވަޅަކީ ޝައުނާގެ އާއިލާއާއި، ގާތް ރައްޓެހިންނަށް ފޫނުބެއްދޭވަރުގެ ހިތާމައަކާއި ހިއްދަތިކަމެއް ވެރިވެފައިވާ ވަގުތަކަށްވާއިރު، މި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި ޝައުނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
"މާތް الله މަރްޙޫމާގެ ފާފަތައް ފުއްސަވާ، ފުރާނަޔަށް ހެޔޮ ރަޙުމަތް ލައްވާ ޖަންނަތުގެ ހިޔާވަހިކަން ދެއްވާށި! ޢާއިލާއާއި ރަޙުމަތްތެރިންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށި". އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ