އަރަބި ކަނޑުގައި އުފެދުނު ތޫފާނަށް ދިވެހި ނަމެއް ދީފިއެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި އުފެދުނު މި ތޫފާނަށް ދީފައިވާ ނަމަކީ، ތޫފާން "ހިކާ" އެވެ.
މީގެ ކުރިންވެސް އަރަބި ކަނޑުގައި އުފެދުނު ތޫފާނަކަށް ދިވެހި ނަމެއް ދީފައި ވެއެވެ. 2018 ވަނަ އަހަރު މެއި މަހުގެ ފަހުކޮޅުގައި އަރަބި ކަނޑުގައި އުފެދުނު އެ ތޫފާނަށް ދިން ދިވެހި ނަމަކީ، ތޫފާން "މެކުނު" އެވެ. މީގެ އިތުރުން ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނަކަށް ވެސް ދިވެހި ނަމެއް ދީފައި ވެއެވެ. އ ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "ރޯނު" އެވެ.
މޫސުމީ ގޮތުން މި ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން، ކޮންމެ ޤައުމަކުންވެސް، ނަން ތަކެއް ހުށަހަޅައެވެ. މި ނަންތައް، ހުންނަނީ ކުރިއާލާ ހުށަހަޅާފައިކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އަރަބި ކަނޑުގައި އުފެދުނު ތޫފާނަށް ދީފައިވާ ނަމަކީވެސް މިގޮތުން ރާއްޖޭއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ނަމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވީ، އަބަރި ކަނޑުގައި އުފެދި ބާރުގަދަވަމުންދާ ތޫފާ "ހިކާ" ގައި އެވްރެޖުގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުތެރޭ މި ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވާއިރު، ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެވޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
" ހިކާ" ފަޅުތެރޭގައި އުޅޭ ކުޑަކުޑަ މަހެއް.
އަދި އަރަބި ކަނޑުގައި އުފެދި ޢުމާނަށް ވަރަށް ބޮޑަށް އަސަރުކުރި "ގޮނު" އަކީވެސް ދިވެހި ނަމެއް
ތޫފާން ހިބަރުވަދު