ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" ނަމަކަށް ކިޔާ މަނަވަރަކަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޒިޔާރަތްކުރައްވައިފިއެވެ.
"ޖޭއެމްއެސްޑީއެފް ޓަކަޝިމާ" ޒިޔާރަތް ކޮއްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެ މަނަވަރަށް ޒިޔާރަތް ކުރެއްވުމުން އެކަމަނާއަށް ވަނީ އޮނަރގާޑެއް އަރުވާފަ އެވެ. އަދި އެ މަނަވަރާ ގުޅޭ މައުލޫމާތުވެސް ވަނީ އެކަމަނާ އަށް ކިޔައިދެއްވާފަ އެވެ.
ރާށްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރަށް ޒިޔާރަތް ކުރެއްވިއިރު އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމުވެސް ވަޑައިގަތެވެ. އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފް ވެސް މިނިސްޓަރުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖާޕާނުގެ ދެ މަނަވަރު ރާށްޖެ އައިސްފައިވަނީ 3 ދުވަހުންނެވެ. މި ރަޙުމަތްތެރިކަމުގެ ދަތުރުގައި މި ދެ މަނަވަރު ރާށްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިދެމަނަވަރު ޖަޕާނުން ފުރާފައިވަނީ މިމަހު 12 ވަނަ ދުވަހު އެވެ.
ތިޔައީ ވަރައް މޮޅުކަމެއް ތިޔަވާހަކަ ކޮންމެ 2 ގަޑިން ދެގަޑިން ޖަހަން ފެނޭ
ހަދިޔާ ، ފޮޓޯ ، ސެލްފީ އެއް ކުރަނީ އެވެ.