ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޙުކުމް އިއްވުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ސަސްޕެންޑް ކުރި ގާޞީ އަހްމަދު ހައިލަމް އާއި ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނެރުއްވި ބަޔާނަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ހައިލަމް "އޮޅިގެން" ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބާ ގްރޫޕަށް ފޮނުވި ކާޓޫނާއި ބެހޭ ގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އިސް ގާޞީ ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުއްވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނެރުނު ބަޔާނަށް އިޝާރާތް ކުރައްވަ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސްގެ މިލްކެއް ނޫން ކަމަށެވެ. ތުހުމަތުތައް ތަޙްޤީޤްކުރުމުގެ ބަދަލުގައި ގާޟީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
"ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސްގެ މިލްކެއް ނޫން. ތުހުމަތުތައް ތަޙްޤީޤްކުރުމުގެ ބަދަލުގައި ގާޟީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވޭ. ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަން" ޖަމީލް ވިދާޅުވިއެވެ.
ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސްގެ މިލްކެއް ނޫން. ތުހުމަތުތައް ތަޙްޤީޤްކުރުމުގެ ބަދަލުގައި ގާޟީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވޭ. ބާރު ލިބުމުން މަޖިލީހާއި މުއައްސަސާތަށް ބޭނުންކުރަނީ ބަދަލުހިފަން pic.twitter.com/uMOCTECztH
— Mohamed Jameel Ahmed (@MJameelAhmed) November 9, 2019
ޖަމީލްގެ އިތުރުން އިދިކޮޅު ބައެއް ބޭފުޅުން ވެސް ގެންދަވަނީ މަޖިލީހުގެ ކޮމެޓީން ބަޔާނެއް ނެރުމުން އެކަން ކުށްވެރި ކުރައްވަމުންނެވެ. މަޖިލީހުގެ ކޮމެޓީތަކުން ނޫސްބަޔާން ނެރުއްވުމަކީ މީގެ ކުރިން ކުރައްވާ ކަމެއް ނޫނެވެ.
ސިޔާސީ ބޮލުރޮދިންގެ އަތްދަށުން މިގައުމު ސަލާމަތްކޮށް، ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިތިބި އިލްމުވެރިންނާ ގައުމު ހަވާލުކުރާ ވަގުތު އަދިވެސް ނުޖެހޭތޯ؟
ރަނގަޅު މަސްރޮށިއާބެހޭ ކޮމިޓީއެއް ހަދަންވެސް މިހާރު މިވިއްކާ މަސްރޮށީގެ ސައިޒުތައްބަލާ އެކަންތައް ރަނގަޅުކުރެވޭތޯ އެތަނުގަ ކުރާނެކަމެއްނެތިގެން އުޅޭކޮމިޓީތަކުން
ބަދަލު ހިފުމަކީ އެމެރިކާއާ އިޒުރޭލުގެ އެންމެ އާއްމުގޮތް. އޭގެން ދަރިވަރުވެފަ ހުރި މީހެއް ނަޝީދަކީ. އޭނަގެ ކިބައިން އެނޫން ކަމަކަށް އުއްމީދު ކުރާނީވެސް މޮޔައިން.
ބާރުލިބުނީތަ ލިބުނީކީނޫން ފޭރޭ ސަރުކާރުން ބާރުތައް ވެސް ފޭރިގަތީ ދިވެހި ލޮބުވެތި ރައްޔިތުންނޭ ކަޅުބިލަމަހާ ކަންނެލި މުށިމަހާ ލައްޓި ރާގޮނޑި ޔަކީ މޫނުމައްޗައް ފެންޖަހާފަ ހުސްބުޅީގަބާނާއެއްޗެއް މިޔައްނުވާތި ފަސްއަހަރު ވާން ކާރިވީމަ ވަރައް ހެޔޮ ސަރުކާރެއްކަން ދައްކަން އުޅޭނެ ނަމަ ނަމަ އެމްޑީޕީ އައް ވޯޓްނުދޭތި
ޚަލޭ ޔާމީންގެ ނައިބުކަމަށް ހޮވޭނެ
މިއަދު ތިވާހަކަ ދައްކާނެ ކަމެއްނެތް.
500 ރުފިޔާ ދަށުވާ ބަޔަކަށް ރަނގަޅެއް ނުލިބޭނެ.
ޖަމީލު އާ ގާސިމާ ދެންވެސް ތިކަހަލަ މީހުންނަކަށް ރަނގަޅުކަމެއް ނުކުރެވޭނެ.. އެކަމަކު ރާއްޖޭގެ ކޯޓްތައް ތާހިރުކުރުން އެއީ އެމް.ޑީ.ޕީގެ ވަޢުދެއް . އެކަން ޖެހެނީ ކުރަން.
ތީ ޖަމީލްގެ ވެސް ޙިއްސާ އޮވެގެން ގެނައި ސަރުކާރެއް. ޖަމީލް އަށް ހަމަ އެނގިލައްވާނެ އެމްޑިޕީގެ އަތްދަށަށް މިޤައުމު ދިޔުމުން ކަންތައް ވާނެ ގޮތް. ކުރީން އެކން ތަޖްރިބާ ކޮށްފަ ހުންނަވާނީވެސް އެކަމަކު ހަމަ އެމްޑީޕީ އާގުޅިގެން އޭރުގައި އޮތް ސަރުކާރު ގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން ގެނައި ސަރުކާރަކީ ބޭއިންސާފާ ރައްޔިތުން ބޭޤަރާރުވާފަދަ ސަރުކާރެއް،
އެމްޑީޕީ އަކަށްވެސް ނުކުރެވޭ ކަމަކަށް ވަޢުދެއްނުވެވޭނެ. އެމްޑިޕީ މީހުން ފަށައިގެން އުޅެނީ ރާޒުވާކުޅި .
ޖަމީލް ކަލޭ ބޭކާރުވާހަކަ ނުދައްކާ ބަގާވާތްކޮގެން ސަލާމަތެއްނުލިބެނެ މާތްﷲއިރާދަކުރެއްވީޔާ އެންމެންވެސް ޖަލަނަލާނަން