މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދަށް ދެއްވައިފިއެވެ.

ދިޔާނާ އަށް ވެސް މި އިނާމު ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ދިޔާނާ އަށް ރައީސްގެ ޚާއްޞަ އިނާމު ލިބިވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެސްޓަރ އިން 2017 ވަނަ އަހަރު، ފުރިހަމަކުރެއްވި މާސްޓަރ އޮފް ލޯސް އިން އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ލޯ ކޯހުން ޑިސްޓިންކްޝަން ހޯއްދަވައި، އެންމެމަތީ ދަރަޖައިގައި ފާސްވެ، (ލެސްޓަރ ސްކޫލް ޕޯސްޓްގްރެޖުއޭޓް ޕްރައިޒް ފޮރ ދަ ބެސްޓް އޯވަރއޯލް ޕަރފޯމަންސް) އެވޯޑު ހާސިލު ކުރެއްވުމުންނެވެ.

ދިޔާނާ ޤާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރެވީ 2000 ވަނަ އަހަރު އޮސްޓްރޭލިއާގައި ހުންނަ ޔުނިވަސިޓީ އޮފް ޓެސްމެނިއާ އިންނެވެ. އޭގެ ހަތަރު އަހަރު ފަހުން 2004 ވަނަ އަހަރު ޖަޕާންގެ އޮސާކާ ޔުނިވަސިޓީން ޤާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރެއްވިއެވެ.

ދިޔާނާ ފުރަތަމަ ސިޔާސީ މައިދާނުން ފެނިގެން ދިޔައީ 2005 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެއްދި ދުވަސްވަރު އެވެ. އޭރު ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން އުފެއްދެވި ޑީއާރްޕީގެ އިސް ސަފުން އޭނާ ފެނުނެވެ. ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިޔާނާ ފުރަތަމަ ފެނުނީ ޖުމްހޫރީ ޕާޓީންނެވެ. 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ބަންޑާރަނައިބު ކަން ދުވަސްކޮޅަކު ކުރެއްވިއެވެ.

ދިޔާނާ އަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މިހާތަނަށް އަދާކުރެއްވި ހަމައެކަނި ދިވެހި އަންހެން ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙޮނޑާފުށިޖިންނި

    އިސްލާމީ ރިވެރި ފޭރާމުން ޒީނަތްވެ އިސްލާމީ ޝިއާރު ކުރިޔައް ނެރޭނަމަ ކިހާރަނގަޅުވީސް ވަގުތީ ދުނިޔޭގެ ވަގުތީ މަންފާޔާ ހެދި ދެފުށައް ކެނޑޭތީ ކަންބޮޑުވަނީ

    55
  2. މަރުމޯލު

    ދެންފަހެ، އެކަނބުލޭގެ ސުޕުރީމުކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ސުޕަ މެޖޯރިޓީގެ ރުހުންނުލިބުމުގެ ސަބަބުން، އެކަނބުލޭގެ ފިރިމީހާ އޭނާގެ ހިތްނުތަނަވަސްކަމާއެކު، އަދުގެ ރައީސުލްޖުމްހޫރިއްޔާއަށް (އެއްވެސް ކަހަލަ ކާފީހެތްކެއް ނެތި) ވަގަށް ގޮވާތީ، އެކަނބުލޭގެ ފިރިމީހާގެ ހިތް ރުއްސުމަށްޓަކާ އެކަނބުލޭގެ ފިރިމީހާގެ އަންހެނުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދީފިއެވެ.

    65
    5
    • އަލަކަ

      100

      20
      1
  3. ޝައްފަ

    މާސްޓާރސް ޑިގްރީ އަކީ މާ އުނދަގޫ އެއްޗެއް ނޫން. މާބޮޑު ކިޔެވުން ތަކެއް ނުކިޔަވާ ވެސް ފާސް ވާނެ. މާ ބޮޑު ކިޔެވުން ތަކެއް ދިޔާނާ ކިޔަވާފަ ނެތްކަން އިނގުނީ އައްނި އަށް މަލާމާތް ކޮށް އިހްތިޖާޖް ކޮށްފައި ހުރި މީހަކަށް އައްނި ގެ ސަރުކާރެއްގައި މަގާމެއް ނުދޭނެ ކަން ދިޔާނާ އަށް ނޭންގުނު ކަން.

    27
    4
  4. ޖާބެ

    އެމް އެމް ޕީ އާރ ސިގެ ފައިސާ ރައީސް ސޯލިހަކަށްނުލިބޭ. ލިބުނުކަމަށް ދެންނެވުނީ އޮޅުމަކުން.

    12
    3
  5. ޙައުލާ

    އަހަރެމެން ބޭނުމީ ޔާމީނު ކަހަލަ ވަގެއް. ވައްކަން ކުރިކުރިހެން ގައުމުގެ ރައްޔިތުންގެ މާލީ ހާލަތު ރަނަގަޅުވެ އިގްތިޞާދު ކުރިއަރާ މެގަ ޕްރޮޖެކްޓް ތައް ހިންގާ 5 ތަރީގެ ސިއްހޯ ޚިދްމަތާ 1 ވަނަ ދުނިޔޭގެ ކުރިއަރާފާ ތައުލީމާ ގައުމުގެ ހަޒާނާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދޭ. މިކަހަލަ ވަގުން ބޭނުން ނުވާނީ ދުނިޔޭގެ ކޮންބައެއް. ގަމާރު ދިވެހިންދޯ.

    34
    4
    • މަސްވެރިޔާ

      ސަރުކާރުން އުޅެއުޅެ ސާބިތުނުވި ވައްކަން.

      12
  6. 19 ނަވާރަ

    ދެންފަހެ، އެކަނބުލޭގެ ސުޕުރީމުކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ސުޕަ މެޖޯރިޓީގެ ރުހުންނުލިބުމުގެ ސަބަބުން، އެކަނބުލޭގެ ފިރިމީހާ އޭނާގެ ހިތްނުތަނަވަސްކަމާއެކު، އަދުގެ ރައީސުލްޖުމްހޫރިއްޔާއަށް (އެއްވެސް ކަހަލަ ކާފީހެތްކެއް ނެތި) ވަގަށް ގޮވާތީ، އެކަނބުލޭގެ ފިރިމީހާގެ ހިތް ރުއްސުމަށްޓަކާ އެކަނބުލޭގެ ފިރިމީހާގެ އަންހެނުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދީފިއެވެ.

  7. އިހަވަންދޫ ރައްޔިތެއް

    ކިޔެވިކިޔެވިހެން މީހުން ޖާހިލް ވެޔޭ ބުނާހެން މި ކަމަނާއާއި ފިރިމަނިކުފާނު މިވަނީ އެހެންނޫންބާ. ދިޔާނާ ދެން އުނގެނެންވީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުނަނަތް. އޭރުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ.

    17
  8. ޝާހް، ރ.ވާދޫ

    ޖާބިރު މައިތިރި ކޮށްލީ. ގަދަ ކަލޭ.

    16
  9. ާަބިޖޫ

    ވަގައްގޮވީމާ ޖާބިރުދެކޭބިރުން ޖާބިރު ރުއްސަންވެގެން ދިޔާނާ އައް ހާއްސައިނާމް ކިޔާފަ އިނާމެއްދީފި ކަޑައޭ މިސަރުކާރު ބަރްނަގޫ އިސްތިއުފާ

    14
  10. މުބީނު މާރނީ

    މަތީގައިވާ ޝައްފަ އެބުނީ ތެދެއް. މާސްޓާރސް އަކީ އޯލެވެލް އަށް ކިޔަވާ ގޮތަށް ކިޔަވާ އެއްޗެއް ނޫން. ޕްރޮފެސަރ އާއި ގުޅުން އޮތިއްޔާ ކިތަންމެ މައްޗަކުން ވެސް ފާސް ވާނެ. %99 ޔުނިވަރސިޓީ ތަކުން ހުރިހާ ކުދިން ވެސް ފާސް ކުރާނެ. މި ޔުނިވަރސިޓީ އަކީ އެއްވެސް ކުއްޖަކު ފާސްވާ ތަނެއް ނޫނޭ ބުނެފާނެތީ.

    11
  11. އަސްތާ

    މިވަރުން ހިތްހަމަޖެހޭނެބާ އަނެއްކާ؟

  12. ވިކިއަސް

    ޖާބިރު އުޅޭ ފާޑުން ބިރުން ސާލިހް ދިޔާނާއަށްދިން އެވޯޑެއްތަ އަނެއްކާ. އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތް ތަމްސީލްކޮށް ލާރި ލިބުން މީހުންގެ އަތުން ބަދަލު ސަރުކާރަށް ނަގަން ފަށަން އެމަސައްކަތް ދިޔާނާއާއި އަވަހަށް ހަވާލު ކުރަން އުޅޭ

    2
    1