މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން "މާއްދާ 29" ގެ ނަމުގައި ކެމްޕޭނެއް އިފްތިތާހްކޮށްފިއެވެ.
މިއަދު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި އޮތް ރަސްމިއްޔާތެއްގައި މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ.
ކެމްޕޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މުސާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2014 ވަނަ އަހަރު އުފެދުނު ފަހުން ފާއިތުވި މުއްދަތުގައި އެކަށީގެންވާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނެތް ކަމަށެވެ.
"1200 މުއައްސަސާ ހުރިއިރު ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ރިޕޯޓް ހުށަހެޅީ 200 ވަރަކަށް މުއައްސަސާ އިން. އެހެންކަމުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ނުލިބެނީ ސީދާ ކިހައި މައުލޫމާތެއް ކަން ވެސް އެނގޭކަށް ނެތް." ފިޔާޒް ވިދާޅުވިއެވެ.
ފިޔާޒް ވިދާޅުވީ ކޮންމެ އަހަރަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 3.7 މިލިއަން ރުފިޔާ ހޭދަކުރާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ބަދަލުކުރައްވާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން މަގާމާއި ހަވާލުވެ ވަޑައިގެންނެވި ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި "މާއްދާ 29" ކެމްޕޭންގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ޓީވީ އިސްތިހާރުތައް ދެއްކުމާއި ބިލް ބޯޑްތައް ހަރުކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މާއްދާ 29" އަކީ މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ޙައްޤު ކަށަވަރު ކޮށްދީފައިވާ ޤާނޫނު އަސާސީގެ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އުނގެނުމާއި، އުގަންނައިދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ.
މި ކުރޭ ކާކު ހޭލިންތެރި ނުކުރެވިގެންތަ މި އަގައަރުވަނީ، ކަލޭމެންގެ ނިމުންކައިރިވެއްޖެ. މާފުއްޕާ ނެކަމެއްނެތް މަބޮޑޭހެދިގެން، ތި އީ ސުމެއްގެ މީހެއް.
އެހެންވިއްޔާ ތިބުނާ ލާދީނީ ރިޕޯޓު ނެރުނު ޖަމުއިއްޔާގެ މަސްއޫލުވެރިން ހާމަކޮށްބަލަ؟ އެ ޖަމުއްިއްޔާ އުވައެއްވެސްނުލާ އަދިވެސް، ކިޔަނީ އުވާލަނީއޭ. ކަލޭ ހިފެހެއްޓޭނެ ހުރިހާ މީހުންނަށްވެސް. ކޮން ފެންވަރެެއް ހުރެގެން މާ ގަދަބަސް ތިބުނަނީ.