މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ "ނައުޓީ" އަށް ބަޔަކު މަރުގެ އިންޒާރުދިން މައްސަލައާއި ގުޅިގެން، އެކަން ކުށްވެރިކޮށް އެޕާޓީން ބަޔާނެއް ނެރެފިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ މީސް މީޑިޔާ އެކްޓިވިސްޓު، “ނައުޓީ މެޓޮކްސް”އަށް މަރުގެ އިންޒާރުދީ، ބިރުދައްކާފައިވާތީ، އެކަން އެ ޕާޓީއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ޕާޓީއިން ބުނީ 6 ޑިސެންބަރު 2019 ވީ ހޮނިހިރު ވިލޭރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު، ނައުޓީ މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް ޢިޝާރާތްކޮށް ކަމަށެވެ.
ނައުޓީ އަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާޢީ ކުށެއް ކަމަށް އެޕާޓީން ދެކޭ ކަމަށާއި، އެބާވަތުގެ ހަރުކަށި ޢަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންކަމުން ޢަމަލް ހިންގި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އެޅެން ހުރި އެކަށޭނެ ޤާނޫނީ ފިޔަވަޅެއް އަޅައިދިނުމަށް ދިވެހި ފުލުހުންނަށާއި، ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
"ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ޤަރުނުގެ ތަޙްޛީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫނެވެ. އަދި އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ޚިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ގޮތްމެއެވެ. ދެބަސްވުމާއި، ޚިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ޙިކްމަތް ކުރިއަށްނެރި، މަޝްވަރާއާއި، ނަސޭޙަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށްނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ." އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ، އަދި ވެރިކަން ކުރާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ނައުޓީ ކުރި ޓްވީޓެއްގައި ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި އިސްލާމް ދީނާ ބެހި އުޅޭ މީހެއް ނޫން ކަމަށާއި، އިސްލާމް ދީނަކީ އޭނާގެ ވެސް ދީން ކަމަށެވެ. އަދި ސިޔާސީ މަގްސަދެއް ނެތި އޭނާއަށް މަރުގެ އިންޒާރެއް ބަޔަކު ދޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ނައުޓީ ބުންޏެވެ.
ދީނަށް ފުރައްސާރަ ކުރަންޏާ މި ރީނދޫ ބައިގަނޑަށް ވަރަށް އޯކޭ ވާނެ....
ރަގަޅު ...އިސްލާމްދީނަކީ އެންމެންގެވެސް ދީން... އެކަމަކު ހަމައިގަ ހުރެގެންދޯ އިސްލާމްދީނަށް އުޅެވޭނީ...ތި އެމްޑީޕީ ކޮންމެ މީހެއްގެ އެއް އަތުގަ އިސްލާމްދީނޭ ކިޔާއިރުގަ އޮންނާނެ ވޮޑުކާ ތައްޓެއް އަނެއް އަތުގަ ....
ނައުޓީ މެޓޮކްސް .ލޮލް
“ނައުޓީ މެޓޮކްސް” މީނަގެ ފުރިހަމަ ނަމަކީ ހަމަމީތޯ؟ ނޯޓީ ކިޔަން އުޅޭހެންހީވަނީ އަނިޔާވެރިވެގެން ނުވާނެ
ކީއްވެ ކުޑަކުދިންނާ ނުބެހޭ މީހަކަށް އިންޒާރުދެނީ
އޭނަ ދެއްކި ވާހަކަ ބުނެ ބަލާށެވެ.
އަމިއްލައަށް އިންޒާރު ދިނުމަށްފަހު އަމިއްލައަށް ބަޔާންނެރެލާ!
މީނަ މަޝްހޫރުވާން ޖައްސާ ސްޓަންޓް.... އިސްމަގާމެއް ދޭ ތޯ ޖައްސާ ސްޓަންޓް.... މީނަ ވަރަށް މީހުންނާ ބެހި ބުލީ ކުރާކަމަށް ވަނީ...
ވަރަށް ބުލީކޮށް، މީހުންނަށް ފުރައްސާރަ ކުރާ މީހެއް މި“ނައުޓީ މެޓޮކްސް" މީ...
ހުޅުމާލޭގަ ޓެކުސީ ޑްރައިވަރެއްމަރާލިހާދިސާގަ މިފަދަބަޔާނެއް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކައްނެރޭކައް ނުކެރުނު އެއީ ސިޔާސީމީހަކައްނުވާތީބާ