ނ.ހޮޅުދޫ އަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަ ދެއެވެ.
މިކަމާއި ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިއަދު ހެނދުން ފެށިގެން ވަރަށް ބޮޑަށް އެ ރަށަށް އުދަ އަރަމުންދާ ކަމަށާއި، މީހުން މީހުން ދިރިއުޅޭ ބައެއް ގޭގެއާއި ހަމައަށްވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.
"މިއީ ކޮންމެ އަހަރަކުވެސް އަހަރު ފަހު ކޮޅު އަޅުގަނޑުމެންނާއި ދިމާވާ ކަމެއް. ވޭތުވެގެން ދިޔަ ހަތް އަހަރުވެސް މި ބިރުވެރި ކަމުގަ އަޅުގަނޑުމެން އުޅެން ޖެހެނީ. މިކަން ވާނީ ސަރުކާރުގެ އެކި ލެވެލް ގެ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފަ. ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށްވެސް ވާނީ މިކަން ގެނެސްފަ. ނަމަވެސް މިކަމަށް އަދި ހައްލެއް ލިބިފައެއް ނުވޭ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، އިރުމަތި ފަރާތައް އުދަ އަރަމުން ދާ ކަމަށާއި، އަދި ވަރަށް ބޮޑަށް އެ ސަރަހައްދު ގިރަމުން ދާ ކަމަށެވެ.
ހޮޅުދޫ އަކީ ރަށްގިރުމުގެ މައްސަލަ އާއި އުދަ އެރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އެކަން ހައްލު ކުރުމުގެ ގޮތުން އެ ސަރަހައްދު ވަށާ ތޮށިވެސް މިހާރު ވަނީ ލާފައެވެ. ނަމަވެސް، ވައިގަދަ، ރާޅު ބޮޑުވުމުގެ ސަބަބުން، އެ ތޮށި މަތިން ރާޅު އެރުމާއި ގުޅިގެން އެކަމަށް ވަނީ މިއަދަށް އައިއިރުވެސް އެންމެ އެދެވޭ ހައްލެއް ނުލިބިއެވެ.
ދާދިފަހުން ރާއްޖެ އަށް ކުރި ވިއްސާރައިގައި .ހޮޅުދޫ އަށް ބޯކޮށް ވާރޭވެހި، 30 ގެއަކަށް އެއްކޮށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.
ހަޤީގަތުގައި ތިޔަރަށް މިހާރު ތިޔޮތީ ފުރިގެން ބަންޑުންވެފަ! މާލެއަށްވުރެ ކަންތަށްބޮޑު! ދެން ތިރަށުން އެއްބަޔަކު ކާރި އެހެންރަށަކަށް ބަދަލުކުރަމަކީ ބުއްދިވެރިކަމެއް! ޤުދުރަތީ އާދަކާދައިގެ ދަށުން މިއީ ރާއްޖޭގައި އަބަދުވެސް ކުރާކަމެއް! ޑިމޮކްރަސީ އައިފަހުން މިކަމެއް ހުއްޓިފައިވަނީ!
ތިކަމަށްވެސް ހޮޅުދޫ ރައްޔިތުން ފެންބޮވައިގެންފަ ތިބޭތާ ކިތަންމެ އަހަރެއްވެއްޖެ... ކިރިޔާވެސް ޙައްލެއް ހޯދައިދޭން ކަމެއް ކޮށްދިނީ ރައީސް ޔާމީން. އެކަމަކު މިހާރު ތިޔައޮތީ ފަނާކުރާ ފިކުރަށްގޮސް ހުސްވެފަ.
ހޮޅުދޫގައި އުޅޭނީ ހުސް ޝޯމޭން
ރައީސް ޔާމީން ހޮޅުދޫ އަށް ކޮށްދިނީ ކޮންކަމެއް؛