ޖަޒުބާތަށްވުރެ ސިކުނޑި އިސްކުރުމަށް މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ކުރީގެ ހޯމް މިނިސްޓްރ އުމަރު ނަސީރަށް އިލްތިމާސްކޮށްފިއެވެ.
މަލީހު މިހެން ވިދާޅުވެފައި ވަނީ ގައިގައި އަތްލައިގެން ނަމަވެސް ރާއްޖޭގައި ހެލިކޮޕްޓަރެއް އޮޕްރޭޓް ކުރުމަށް ކަމަށްބުނެ ތިބޭ އިންޑިއާ ސިފައިންތައް ގައުމުން ބޭރުކުރާނެ ކަމަށް އުމަރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
މަލީހު މިމޭރުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިޒަމާނުގައި ކަންކަން ކުރެވޭނީ ޖަޒުބާތަށްވުރެ ސިކުނޑިއާއި ވިސްނުން އިސްކޮށްގެން ކަމަށެވެ. އަދި ޖަޒުބާތުގެ ހޫނު އުދާހުގައި ޖެހިގެން އެންމެ ކައިރީގައި އޮތް އަތުގެ ކަތިވަޅި ގެއްލިދާނެ ކަމަށް މަލީހުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. މަލީހު ވަނީ "އެހެން ނުހެއްދެވުމަށް" އުމަރަށް އިލްތިމާސްކޮށްފައެވެ.
Mizamaanuga kankan kureveynee jazubaathahvure sikundi, visnun iskoggen. Jazubaathuge hoonu udhaahuga jehigen emme kairee athuga oiy kathivalhi gellun. Ehen nahadhavaa. https://t.co/9monI3xQNe
— Mohamed Maleeh Jamal (@maleehjamal) December 30, 2019
އިންޑިއާ ސިފައިންގެ "ގަޔަށް އަތްލައިގެން" ބޭރުކުރާ ހިސާބުގައި ހުރިކަން އުމަރު އިއުލާނު ކުރެއްވީ "ސީއެންއެމް" އިން ގެނެސްދޭ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްވަމުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ދިއުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އުމަރު މިރޭ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި އުފެދުނު ދިވެހި ޤައުމީ ބަތަލުން ވެސް ރާއްޖޭގައި ތިބި ބޭރުގެ ބާރުތައް ޤައުމުން ބޭލީ ގައިގައި އަތްލައިގެން ކަމަށެވެ. އެހެންކަމުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ބޭރުގެ ސިފައިންނަށް މިހާރު ވަކި ރާއްޖޭގައި ކުރެވިގެން ނުވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި މުއްދަތު ހަމަވުމުންވެސް އެމީހުން ރާއްޖެއިން ފައިބައިގެން ނުދިޔަ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއް ރާއްޖެއަށް އަތުވެއްޖެ ނަމަ އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފާބައި "ގަދަކޮށްލައިގެން" ނުތިބެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މަލީހުައައް ބުނެލަން ބޭނުންވަނީ އަމިލަ އެދުމައްވުރެން ސިކުނޑި އިސްކުރާށޭ
އިންޑިއާއޭ ބުނެގެން އަސަރެއް ކޮށްފިރާ. ގަމަ ބޭރުކުރަން ޖެހޭ ބައެއް އެއީ. ކަލޭމެންނަކީ އެމީހުނަށް ވިކި އަޅުދާސްވެ ހަފުސްވެފަ ތިބި ބައެއް. ތިވަރު ބައެއް މީހުނަށް ނަސޭހަތް ލައިދޭން ނުކުތުމަށްވުރެ ރަނގަޅުވާނީ އެދައިތަގެ ބެޑްޝީޓު އަޅައިގެން ތިބިއްޔާ. ލަދެއްވެސްނުގަތެއްނު.
ކަލޯ ރޯނު އެނދުރު އުމަރައް ވުރެން ކަލޭތީ ކާކުތަ
ސިނކުނޑިއާ މިއުޅެނީ އަގުހެޔޮ އިންޓަނެޓް ނުގުޅިގެން! ދެން ވާނީ އެހެންނު!
ހޭބައްޔާ ޤައުމް އަޅުވެތި ކުރާބަޔަކާއި އިދުކޮޅަށް ނިކުތުމަކީ ޖަޒުބާތު ވުމެއްް ނޫން
ޢޭ ދަނޑުވެރިޔާ އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީ އަކީ ހައްދުފަހަނަޅާފަވާ ބައިގަނޑެއް .ކަލޭ މި 5 އަހަރު ކާނެ ވަރަކަށް ކާލާ..ބާރު އެހެންބަޔަކަށް ލިބޭ ދުވަހު ކަލެއަށް ރާކަނިމަސް ކެވޭނެ...
ފައިބާ އިންޑިއާ ގެރިގުއި ސިފައިން. މަޅީހުވެސް ފައިބާ. އިންޓަރނެޓް ސްޕީޑަކުނޫން ފައިބާނީ. ނިކަން އަވަހަށް.
މަލީހަށް ބުނެލަން އޮތީީ ބުއްދިޔާ ފިކުރު ޤައުމަށްޓަކައި ހެޔޮ ގޮތުގައި ބޭނުން ކުރާށޭ! މަޤާމު ދިފާޢު ކުރުމަށް ބަސްބުނާ މީހުންނަކީ ޙަޤީޤަތުގައި ޤައުމުގެ ދުޝްމަނުންނެވެ. ޤައުމު ހަލާކަށް ހުށަހެޅެނީ ތިކަހަލަ މީހުންގެ ސަބަބުންނެވެ.
ދުވަސްކޮޅަކުން މިގައުމުގެ އާބާދީއަށްވެރެން ބިދޭސީންގެ އާބާދީ ބޮޑުވާނެކަންޔަގީނެވެ. އަންނަންއޮޖީލްތަަކަށް މިއީ ވަރަށްބޮޑުމައްސަލައަކަށްވާނެކަންޔަގީނެވެ.
އިންޑިއާ ދިފާއުކުރަންޖެހޭތަ؟ އަމިއްލަ ގާބިލުކަންހުރި ބަޔަކު އަހަރެމެން ޖެހޭތަ ދިފާއުކުރަން. އެމީހުން އެއިުޅެނީ ރާއްޖެއަށް ލިބޭ އާމްދަނީ ފެނިފައި ޖޭވެގެން. އެކަން އެމީހުން އެކުރަނީ/ މަލީހުމެންނަށް ފެންނާނެ މިއަހަރު އޮތް ހިސާބު. އިގުތިސޯދީގޮތުން އޮތް ހިސާބު. ކަލެއަށް ރަނގަޅަށް އެނގޭނެ. ދެކޮޅަކަށް ނުބުނެވޭނެ އެކައްޗެއްވެސް. މަގާމުން ވަކިކުރާނެތީ.
ޢެކަމަކުވާ މަހަކޮސްވެއްޖެ . މަލީހު މިދައްކާ ވާހަކަތަކުން. ހޭބޯނާރަ މުސްލިމުންނާ ދެކޮޅަށް އުޅޭ ބަޔަކާ ބައިއަތު ހިފަގެން މި އުޅެނީ ފަހެ ކީއްވެ ؟ މަރުވާނެކަން ހަނދާން ކޮއްލަބަލަ...
މި ޤައުމަށް އިންޑިޔާ ސިފައިން ބޭނުމެއް ނުވެ. 1000 ފަ ހަރުވެސް ބުނަން
މަލީ ހަށް ބުނެލަންއޮތީ މަޤާމުގެ ދަ ހިވެތިކަމުގައި ޤައުމިއްޔަތު ވިއްކާލަން ތިޔަ ހިތްވަރު ދެނީ ކަލޭގެ ވިސްނުމުގައި ހުރި ނާޤާބިލު ކަމުންނެވެ. އުމަރުގެ ފުންނާބަށްވެސް ކަލޭގެ އަތް އަދި ނުފޯރާނެއެ.
އުމަރު ވަރެއް ނެތް
ދެބަންދިހާރުވެފަ ހުރީ މީހާ ކަލޭ އިންޑިއާ ދެކެ ތިހާލޯބިވަންޏާ ރާއްޖޭގެ ރައްޔަތުންނަށް ހެޔޮކަމެއް މޯދީލައްވަ ކޮށްދީބަލަ އެއީ އެއީ ފިޔާކިލޯއެއް 75 ލާރި އަށް ރާއްޖެއިން ގަނެވޭގޮތެއް.
މި ސަރުކާރުން ހެލިކޮޕްޓަރު މައްސަލައިގައި ސިކުނޑި އިސްކުރަން ނޭނގިގެން ތިބެނީ. ސިކުނޑި އިސްކުރަން އެނގޭ މީހުންނަށް އެނގޭނެ ބަޔަކު އޮޅުވާލައިގެން ގައުމުގައި ތިބުމަކީ ކިހާ ނުރައްކާތެރިކަމެއްކަން. ބޮޑެތި އެއަރބަސް ދުއްވަން ދަސްކުރެވޭ ދިވެހިން އުފެދޭއިރު ހެލިކޮޕްޓަރެއް ދުއްވަން ދަސްކުރެވޭނެ ދިވެހިން ނުއުފައްދަން އުޅޭނީ ސިކުނޑި ނެތް މީހުން.
ތިބުނަނީ ހަ އްގު ތެދުބަހާ އި އަދުލުވެރިކަމުގެ މަ އްޗަށް އަމި އްލަ އެދުންވެރިކަމާ އި މާ އްދީފަ އިދާ އިސްކުރާށޭ ދޯ ؟