ލަންކާ އިން ހައްޔަރުކުރި ދިވެހިންގެ އަދަދު 12 އަށް އަރައިފިއެވެ.
ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ލަންކާ އިން ވަނީ ޖުމްލަ 12 ދިިވެއްސަކު ހައްޔަރު ކޮށްފައެވެ.
މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކާއި 3 ކުޑަކުދިންވެސް ހިމެނޭއިރު، މިހާރު އެ އަންހެން މީހާ އާއި ކުޑަކުދިން ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.
އަދި މިރޭގެ ވަގުތެއްގައި އިތުރު މީހަކު ދޫކޮށްލުމަށް ހަމަޖެހިފައި ވާއިރު، މާދަމާ ދެން ތިބި މީހުން ކޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމާނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ހައްޔަރުގައި ތިބި އެންމެންވެސް ހައްޔަރު ކޮށްފައި ވަނީ ވިސާގެ މައްސަލަތަކާއި ޕާސްޕޯޓުގެ މައްސަލަތަކެއް އުޅޭތީއެވެ.
ލަންކާގައި ބޭރަށް ނިކުމެ އުޅޭއިރު ޕާސްޕޯޓް ހިފައިގެން ނިކުުތުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ. އެ ގައުމުގެ ފުލުހުން ދޭތެރެ ދޭތެރެއިން ވެހިކަލްތައް ހުއްޓުވައި، ދިވެއްސަކަށް ވެއްޖެނަމަ ޕާސްޕޯޓު ދައްކަން ބުނާނެއެވެ.
15،000 ށް ވުރެން ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާގައި މިދިޔަ އަހަރު ދިން ނިރުބަވެރި ހަމަލާއަށްފަހު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި ވިސާ އާއި ނުލައި އެގައުމުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށާފައި ވެއެވެ.
ލަންކާގެ ވެރިކަމަށް ގޮތަބަޔާ ރާޖަޕަކްސަ ވަޑައިގެންނެވީ ގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ.
މިސަރުކާރުން ގޮވަމުން ދަނީ ވިސާޔާ ނުލައި ގައުމުތަކަށް ދިވެހިންނައް ދަތުރުކުރެވޭނޭ. ވޯޓް ހޯދާން ވެގެން ރައްޔިތުން ގުބޯ ހައްދަނީ ދޯ.
ފޮރިން ރިލޭޝަން ރަނގަޅީ. މިތާ ފުލުހުންވެސް ލަންކާ މީހުންހުއްޓުވާ
ބަލަގަ،ވިސާ އޮންޖެހޭ، އެތާގަ ދިރިއުޅޭ މީހުން ވިސާޔާ ނުލާ އުޅޭ މީހުންގެ ވާހަކަތަ އެބުނަނީ؟
މިޤައުމުގައި ވިސާ ނުލާ އުޅޭ މީހުންއަށް އިތުރު ފުރުސަތު ހޯދާދެނީ، ސްރީލަންކާގައި ވިސާނުލާ އުޅޭ މީހުން ޑީޕޯރޓް ކުރަނީ...........
ދައުލަތުގެ ބަޖެޓު ހުސްކޮށްގެން ޝާހިދު ޤައުމުތަކަށްކުރާ ދަތުރުގެ ނަތީޖާ މިފެންނަނީ
އެތާގެ ބޮން ގޮއްވީ ދިވެއްސަކު ނޫން، ލަންކާ މީހުންތަކެއް، އެހެންވީމާ މީގެ އެންމެ ނުރައްކާ ބޮޑީ އަހަރުމެންނަށް، ހަމަ ކޮންމެ ލަންކާ މީހެއްވެސް ޗެކު ކުރަން ފެނޭ
ގައިމު ބުނާނެ ގަލެއް ދަށުގަ ފޮރުވިފަ އޮތް ރާއްޖެ ދުނިޔޭގެ ގައުމުތަކަށް ތައާރަފްވީއޭ، ކޮން ގޮތަކުންބާ؟ ނިރުބަވެރި ހަމަލާދޭ ބަައެއްގެ ގޮތުގަބާ؟
ލަންކާ އަށް ވިސާއާއި ނުލައި ޗުއްޓީ އަށްދާ މީހުންވެސް ،މިމިޙުން ބޭޏުންވާ އިރަށް މަގުމަތިކޮށް ހައްޔަރުކޮށް ތި އައީ މިތާގަ ދިރިއުޅޭންށޭ ކިޔާފަ ،ދިވެހިންނަށް މި ކުރާ ގޯނާ ހުއްޓާލަން ގޮވާލަން.ބަލަގަ ޝާހިދުުުދޫދޫ ދައުލަތުގެ ބަޖެޓުން އަޗާތަޅާ ބުރުއްސާލާ އަހަރުގެ މެދަކާ ހަމައަށް ނުދަނީސް މުޅި ބަޖެޓު އެއްކޮށް ދިރުވާލީ.ވަގުން ވައްކަން ކުރަނީ މިހެން.ފޮރިން ރިލޭޝަން މިއ ޮތްގެން ބަންޑޫން ވަނީ..ސާބަސް.ދިވެހިން ބޮލަށް ޗިޕްޖެހޭނީ ވަކި ވަރަކަށް،މި ފަދަ މީހުނާއި ހެދި އެމް.ޑީ.ޕީ ވެސް ހަލާކު.މަގޭ ވޯޓު ވެސް ސަލާމް
ރާއްޖޭގަ އުޅޭ ލަންކާ މީހުންވެސް ޕާސްޕޯޓް ހިފައިގެން އުޅެން ޖެހޭނީ ބޭރުގަ އުޅޭވަގުތު. ހަމަ ހަމަ ވާންޖެހޭނެ. ލަންކާމީހުން މާލޭގަ މަދެއް ނުވާނެ.
އެހެން ގައުމު ތަކުގެ ބާރު ތަކުން އޭސީގަ ގޮނޑި ހޫނު ކުރަން ނުތިބެ ބޭރުން އަރާ މީހުންގެ ވިސާ ހަމވޭތޯވެސް ބަލާ...މިގަުމުގަ ބޮޑު މުސާރަ ނަގާ ނުވިތާކަން ހެއްދެވިހާ ޓކުސް ފައިސާއެއްނަގައިގެން އޭސީގަ ގޮނޑި ހޫނުކުރަން...ފަސް ގުނަ އިތުރަށް ވިސާނެތް ބިދޭސީން،،،،ޑުރަގު ހާއްޔަކަށްވީ ފޭރުން ހައްދުން ނެއްޓިފާ.....ކީއްކުރާ ބައެއް....ސަލާމަތީ ބާރުތަކަށް ވެސް ބަންގާޅީން ލާންވީ ! ގައިމު ހަރަދު ކުޑަވާނެ ދޯ!!