ށ. ކޮމަންޑޫގެ ދެކުނު ފަރާތުން ފެށިގެން އުތުރާ ހަމަ ބިން ހިއްކައި ނިންމައި، އެ ރަށުގެ ބޮޑުމިން ގާތްގަނޑަކަށް 17 ހެކްޓަރަށް ހަދައިފި އެވެ.
ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް ވިދާޅުވިގޮތުގައި ރަށުގެ ބިން ހިއްކައި ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ބިން ހިއްކުމުގެ ކުރިން އެއީ 7-10 ހެކްޓަރުގެ ރަށެއް ނަމަވެސް މިހާރު ރަށުގެ ބޮޑުމިން 17-20 ހެކްޓަރަށް ބޮޑުވެފައިވާ ކަމަށެވެ.
އެމްޓީސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން ކޮމަންޑޫ ބިން ހިއްކަން ފަށާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ބިން ހިއްކުމުގެ ކުރިން އެރަށުގެ ބޮޑުމިނަކީ ހަތް ހެކްޓަރު ކަމަށްވާއިރު ރަށުގެ ފަޅުތެރެ ވަށައިގެން 70 ޕަސަންޓު ހިއްކައި ނިންމާލީ ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އަދި އެމްޓީސީސީގެ މަހާޖައްރާފު މިރޭ ފަތިހު ތިލަފުއްޓަށް ދިއުމަށް ފުރާނެ އެވެ.
ދެން ވޯޓުން ތިކަން ދައްކަބަލަ!