ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މީދޫގައި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެނބުރި ނައިސްގެން އާއިލާގެ ފަރާތުުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުގައި އޮއްވާ ކަމަށެވެ.
މި ހާދިސާގައި މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން އެ މީހާ ބެލި ޑޮކްޓަރު މައުލޫމާތު ދެެއްްވި ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން". ފުލުހުން ވިދާޅުވިއެވެ.
ކީކުރަންތޯ ކަމެއް ވާއިރައް ތިބައިގަޑައް އަންގަނީ ބޭކާރުކަމެއް
ޤައުމުގަ ނާމާންކަމާ ބިރުވެރިކަން. ހިތްދަތިކަމާ ހިތާމަވެރިކަން. ފިތުނައާ ފަސާދަކުރުން