ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އެ ވައިރަސް އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިއުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒް ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މައްސަލައެއް ހުށަަހަޅުއްވަން ނިންމަވައިފިއެވެ.
އެފަދަ މައްސަލައެއް ހުށަހަޅުއްވާކަން ހާމަކުރައްވާ އާޒިމް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅާނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ކަމަށެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އެފަދަ މައްސަލަ އެއް ހުށަހަޅުއްވަން ނިންމި މިއީ، ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިއްމު މައްސަލައެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ދަށުން މަޖިލީހުގައި ބަހުސްކުރުމަށް އެ މައްސަލަ ހުށަހަޅުއްވަނީ ކަމަށެވެ.
އަދި އެ މައްސަލައަކީ، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތާއި އާމްދަނީ ގެއްލިފައިވާ މީހުންނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ޕްރޮގްރާމެއް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު އިޢުލާނުކުރެއްވި ޕްރޮގްރާމް ޙަޤީޤަތަކަށް ހެދުމަށްޓަކައި، އެޕްރޮގްރާމް ފުރިހަމަ ގޮތުގައި ތަންފީޒުކުރުމުގެ ގޮތުން، އެ ޕްރޮގްރާމު ހިންގާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަކީ މުހިއްމު ކަމެއް ކަމުގައި ގަބޫލުކުރެވޭތީ ހުށަހަޅުއްވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ މަގްސަދަކީ މިހާރުއްސުރެއް މިކަމުން އަރައިގަންނާނެ ވިސްނުންތަކެއް ހުންނަން ޖެހޭ ކަމަށް ޤަބޫލުކުރެވުން. ދުނިޔޭގައި ކާނާގެ ދައްޗެއް ހުރި ނަމަ އެކަމަށް ކީއްތޯ ކުރާނީ. މިކަން ހައްލުވުމުން ގެއްލުން ލިބުނު މީހުންނަށް ފައިސާ ދޭއިރު ރޭވިފައި ހުންނަން ޖެހޭ ކަންކަން އެބަ ހުރި." އާޒިމް ވިދާޅުވިއެވެ.
އާޒިމް ހުށަހަޅުއްވާ މައްސަލައިގައި ބުނެފައި ވަނީ ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތާއި އާމްދަނީ ގެއްލިފައިވާ މީހުނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން އިއުލާން ކުރި ޕްރޮގްރާމް ހިންގުމުގައި ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
Alhugadu maadhamaa (30.03.2020) baahvaa Rahyyithunge Majlis ah hushahalhaa mahsala. @mvpeoplesmajlis @MohamedNasheed#WashYourHands #StaySafeStayHome #videoconference #SocialDistancing #COVID19Maldives pic.twitter.com/qlyzyGaQED
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) March 29, 2020
އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެފަދަ ފަރާތްތަކަށް އުޖޫރަ ދޭން ވާނީ، އިޤްތިޞާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތި ކުރުމަށްފަހު އެ މަސައްކަތުގެ ސަބަބުން އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކެއް ރޭވިގެން ކަމަށެވެ.
އެގޮތުން އާޒިމް ވަނީ ބައެއް ކަންކަން ހުށަހެޅުއްވާފައެވެ. އެއީ ރާއްޖޭގެ ބޮޑެތި ރަށްރަށް ފާހަގަކޮށް، ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް އެ ރަށްރަށުގައި ހިންގުމަށާއި މަސްވެރިކަމުގެ ސިނާއަތަށް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖުގެ ތެރޭގައި މަސް ރައްކާކުރެވޭނެ ގޮތް ހަދައި މަސްކައްކައި ހިއްކައި ބާޒާރަށް އަދި ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ޙާއްޞަ ޕެކޭޖުތަކެއް ތައާރަފު ކުރުމެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށް ދިނުމާއި އަދި ފުރަތަމަ 6 މަސް ދުވަހަށްފަހު، ލޯނަށް ފައިސާ ދައްކަން ފަށާއިރު، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ، އިތުރު 6 މަސް ދުވަހަށް، 20 އިންސައްތައިން ކުޑަކޮށްދިނުން ހިމެނެއެވެ.
އަދި އެޗް.ޑީ.އެފް.ސީ އިން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާ 6 މަސްދުވަހަށް ފަސްކޮށްދީފައިވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިކަމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް، މާޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާ 6 މަސްދުވަހަށް ފަސްކޮށްދީފައިކަމާއި، އަދި އެ 6 މަސްދުވަހުގެ އިންޓަރެސްޓްވެސް މިހާރު ވަނީ 4 އިންސައްތައަށް ކުޑަކޮށްދީފައިކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ސަރުކާރުން ބުނީ ރިޒޯޓުތަކާއި، ގެސްޓްހައުސްތި&ކާއި އަދި އެނޫން ވިޔަފާރިތަކަށް، ބީ.އެމް.އެލް.ގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް، ނިންމާފައިވާ ކަމަށެވެ.
ހަމައެހެންމެ ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިޤްތިސާދީ އެހީތެރިކަމުގެ ޕެކޭޖެއް ވަނީ އެކުލަވާލާފައެވެ. ކޮވިޑް-19އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް.އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، އެ ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާނު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެއިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ޕެކޭޖެއް އެކުލަވައިލައިފައެވެ. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން ފަށާފައިވާއިރު، މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، މަސްވެރިންނަށް ސަރުކާރުން ފައިސާ ދޫކުރާނެކަން ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އަދި ފަތުރުވެރިކަން ދަށްވެ، ރާއްޖެއަށް ބޭރު ފައިސާ ވަނުން މަދުވެފައިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޑޮލަރުގެ އަގު މިހާރަށްވުރެ ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކަމަށާއި އެމް.އެމް.އޭ. އިން ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
އަދިވެސް ހަރާމެއް ހަލާލެއްނުބަލާ ތެޅިބާލާތި ﷲވޮޑިގެންވާކަން ގަބޫލުކޮއް ހަރާމް ދިޔާއެއްޗިހިނުބޮއި މިސްކިތައް އަރާދުއާކޮއްބަލަ ﷲގެހަޒުރަތުގަ ކޮޅައްތިބޭދުވަހު އިއްޒަތްތެރިމެމްބަރު އެއް ނުހުންނާނެ ހިތާހިތުގެ ރައީސްވެސް ނުހުންނާނެ މަގުގެއްލި ބޭޗާރުނުވޭ އާދަމުގެދަރިޔާ
އެއާޕޯޓް ހެދިފަ ހުރި ރށްތަކަކީ އެރަސްރަށުގަ ގިނަބަޔަކު ދަނޑުވެރިކަން ކުރަމުނދިޔަ ރަށްރަށް މިދުވަސް ވަރު އަވަހަސް މިވަނީ ދަނދުވެރިކަން ފަސަންޖެހިފަ . އަވަހަށް ކަންލިބޭ ބާވަތްތައް ރުވައިގެން ހައްދަންވެއްޖެ ގދ.ކާޑެއްދޫއަކިީ ތިނަދޫ މަޑަވެލި މީހުން ކުރިން ދަނޑުވެރިކަން ކުރަމުން އައިރަށެއް . އެއާޕޯޓް މަސައްކަތް ހިގިޔަސް ރަށުގެ ހުލަނގު ފަރާތުގާ އޮތް ބޮޑުބިމުގަ އޮޅުއަލަ ފަދަ ފަލަމަޑީގެ ބާވަތްތައް ރަނގަޅަށް ހެއްދޭނެ .ރަނގަޅު ފިޔަވަޅުތަކައެކު އަދި ގަނެ ވިއްކުމުގެ ކަންތައްވެސް ރެވުމާއެކު މިކަން ކުރަންއަވސް ކުރަން ވިސްނެ . އައްޑޫ ގަމަކީ ވެސް ގިނަބަޔަކު ދަނދުވެރިކަން ކުރިރަށެއް ވީމާ އެރަށުގާ ވެސް ދަނޑުވެރިކަން ކުރެވޭނެ ގޮތް ހެދުން ކިހިނެތްވާނެބާ ؟ ކޮންމެޔަކަސް މިހާރު ދަނޑުވެރިކަން ފުޅާކުރުން އަވަހަށް ނުގެންގޮއްސިނަމަ ދަތިތަކަކަ ކުރިމަތިވުން ގަތް. އަވަސް.
ތީ އެއްވެސްކެއްނޫމެއްނޫނެއްނު ކަލޭމެން ވެރިކަމަށް އައީ ރައްޔިތުން ޖީބުތަށް ފުރާލަދޭން އޭގެބަދަލު 23ރ ދޭ ފެންޓަނެއް ހިލޭ ދީފީމޭ ބުނެ ގޭ ދޮރުން ނިކުމެ ސައިކަލށް އަރން ބަލާލާއިރު ސްޓިކާހާ -/750ރ މި ފެލާލަނީ ކިތަށް ފެން ޓަނުގެ ލަރި އެންމެ ރައްޔިތެއްގެ އަތުން ތި ފެލާލަނީ އަވަހަށް ފުލުހުން ނެރެ ސްޓިކާ ތަޅާލާ އޭރުން ތިކަން ހަމަޖެހިދާނެ
މިއުޅެނީ އިންތިޚާބު ދޯނުބޭއްވިގެން.. އަންނި އެހެން ކަމެއްނެތީތޯ..
ބާރު ބާރު.. އެއީ ދޯ ހަމަ އެކަނި ފެންނަ އެއްޗަކީ..
ބައްކުރަންވެގެން ތިއުޅެނީ.. މިހާލަތުގައި މީހުން މިއުޅެނީ ސަލާމަތް ނުވެގެން މި ހަޔާތް ކުޑަ މިއުޅެނީ އަންބޮނޑި ބޮޑު ނުވެގެން..
ކޮވިޑަށްވުރެން މީނަގެ ނުރައްކާ ދިވެހިގައުމަށް ބޮޑު ވެއްޖެ..
ޢަހަރެންނަށް މިމަހުވެސް ރިސޯޓުން އަންގައިފި މުސާރައިގެ ބަިކުޅަ ބައޭ ލިބޭނީ .
ކުލިދހެހކޭނެ ގޮތްވެސް ނެއް މި މަހުވެސް .
ދެން ކިހިނެއްތޯ ހަދާނީ .
ތިބޭފުޅުން އިޤްތިސޯދޭ ކިޔާ މުއްސަދިން ހިންހަމަޖައްސާދިނުމިގަ .
ކަލޯ!... ކަނޑުވަމުން ދާއިރުވެސް، އަދިވެސް އޮޑީގައި ހުރި މުދާތައް ސަލާމަތް ނުކުރެވިގެންދޯ ތިއުޅެނީ! ބަލަގަ، ހޭ އަރާ ބަލަ! ފުރާނަ ސަލާމަތް ވިއްޔާ، މުދާ ހޯދޭނެ ފަހުން ވެސް!
ތީ މާބޮޑު މަސް އަލައެއްނޫން މިހާރުވެސް މުޅި ސަރުކާރުކަހަލަގެ ގޮތަކައް ތިޔަހިންގަނީ ރައްޔަތުން އަޅުވެތިކޮއްގެން ނަގާ 6%ޖިޒީން މިހާރު އެއޮތީ އަނެއް ޓެކްސް ނަގަން ތައްޔާރުވެފައި ލިބޭއާމްދަނީން އަނެއްކާވެސް ބަލާ މިގައުމުގައުޅޭތީ ކޮންމެވެސް ޓެކްސް އެއް ދައްކަން ޖެހޭނޭ ކިޔައިގެން ޓެކުހެއް ނެގޭތޯ ބަލާ މިއޮތީ ސަރުކާރާއް އެސެޓެއް ފެނިފައި ނިކަމެތި ރައްޔަތުން މިޔޮއް ހުރިހާ އަހަރު ތިޔަ ރިސޯޓް ތައް ހިންގި އިރު ރައްޔިތަކައް ވީކަމެއް ނެއް ފޮނި ބައިސާ ކެނޑުން ޕޯޑިއަމްތަކުގައި