އެއްބަނޑު އެއްބަފާ ދެބެއިންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކެއްގެ އަތަށް ކަތުރެއް ހަރައި ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ބ. ދަރަވަންދޫގައި މީހެއްގެ އަތަށް ކަތުރެއް ހަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ އެ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް އެކަން ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެކަން ފުލުހުންނަށް އެނގުނީ ދެމީހުންގެ ތެރެއިން އެކަކަށް ކުރެވުނު ވައްކަމުގެ ތުހުމަތަކާ ގުޅިގެންނެވެ.
އެގޮތުން އޭގެ ތެރޭގައި ހިމެނޭ 29 އަހަރުގެ ފިރިހެން މީހާ، އޭނާގެ 26 އަހަރުގެ ކޮއްކޮގެ ވޮލެޓުން ފައިސާތަކެއް ނެގި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެމީހާގެ ވޮލެޓުން ގެއްލުނު ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ވައްކަމުގެ ތުހުމަތުކޮށް ދެބެއިންގެ މެދުގައި އުފެދުނު މައްސަލައިގައި ކަތުރު ހަރާލައިފައި ވަނީ އޭގެ ތެރޭގައި ހިމެނޭ 26 އަހަރުގެ މީހާގެ އަތަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 29 އަހަރުގެ ފިރިހެން މިހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ވައްކަމުގެ މައްސަލަތައް އިންތިހާއަށް ގިނަވަމުން އަންނަ އިރު މިފަދަ އެއްވެސް މައްސަލައެއް ދެނެގަނެވިއްޖެ ނަމަވެސް، ނުވަތަ ޝައްކު ކުރެވުނު ކަމުގައި ވިޔަސް ފުލުހުންނާއި ހިއްސާކުރުމަށް މީގެ ކުރިން ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑް ބޭނުން ކޮށްގެން ވަގަށް ވިޔަފާރި ކޮށްފަ، އަދި ވަގަށް ވިޔަފާރި ކުރި މީހާ މޯބައިލް ނަންބަރަކުން އަޅުގަނޑަށް ގުޅާފަ މި ބުނަނީ ޑިސްޕިއުޓް ކުރީންހޭ ކޮށްފިނަމަ އަންނާށޭ ބޭންކު ކައިރިއަށް.... އިތުރު މައުލޫމާތު ދޭނަމޯ.... ބޭންކުން ބުނީ ނުގުޅާނެޔޯ މޯބައިލް ނަންބަރެއް ބޭނުން ކޮށްގެން.... މިހިރީ ދިވެހި ރާއްޖޭގެ ހާލަތު... ވަގުން ގެ ކިބައިގަ ޖެހިލުމުގެ ކަންފުޅެއް ނެތް... އައިޑެންޓިޓީ ތެފްޓް ނިހާޔަތަށް.... ސަރުކާރުން މި ކަހަލަ ކްރައިމް ހުއްޓަން ފިޔަވަޅު ތަކެއް އަޅަންވެއްޖެ.
އެއްކަމެއްވެސް ނުވާނެ
ނާޅާނެ ލިބޭ ވޯޓާއި ތާއީދުގެއްލިދާނެ