ވޭތުވެދިޔަ އަހަރަކީ ސިފައިންނާއި މެދު އާއްމު ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދިޔަ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 128ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި މިއަދު ވިދާޅުވީ ފާއިތުވެގެން ދިޔަ އަހަރު ސިފައިންނަށް ލިބިގެން ދިޔަ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް ދިވެހި ރައްޔިތުންގެ ފަރާތުން ސިފައިންނަށް ލިބިގެން ދިޔަ އިތުބާރު ބޮޑުވެގެން ދިއުން ކަމަށެވެ. މީގެއިތުރުން ފާއިތުވެގެން ދިޔަ އަހަރަކީ އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ސިފައިންގެ ގައުމީ ހިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ކުރިމަގުގައި ވެސް އެ ކާމިބިޔާބީތައް ތަކުރާރުވެގެން ދިއުން ކަމަށެވެ.
"ދިވެހި އަސްކަރިއްޔާގެ ހަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް. ހާއްސަ ގޮތެއްގައި، މިދިޔަ އަހަރުގެ އަޟްޙާ އީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، އަޅުގަނޑުގެ ހިތުގެ އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް
ރައީސް ވިދާޅުވީ މިއަހަރު ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ ގައުމީ މުހިއްމު މަސައްކަތެއްގައި ސިފައިން ވަނިކޮށް ކަމަށެވެ. މުޅި ދުނިޔެއަށް ފެތުރި، އަދި ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ ތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
"ކޮވިޑް19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން. އަދި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި،" ރައީސް ވިދާޅުވިއެވެ.
ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާއީ އައްޑަނަކަން ފާހަގަކުރައްވަމުން ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ގައުމުގެ ހައްގުގައި ގުރްބާންވުން ކަމަށެވެ. އަދި މިއަދުވެސް ސިފައިން ކުރަމުން ގެންދާ މަސައްކަތަކީ އެފަދަ މުހިއްމު މަސައްކަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސިފައިންގެ މިއަހަރުގެ ޝިއާރު ކަމަށްވާ "ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތް" އެ ޝިއާރުން އެނގިގެން ދަނީ ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ތިޔަ ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާއި މަސްލަހަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަން. ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ފަހުރާއި ޝަރަފަކީ، ގައުމާއި ރައްޔިތުން ދިފާއުކުރުމަށް، ތިޔަ ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ އަޒުމްކަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި ދިވެހި އަސްކަރިއްޔާ ޒަމާނީކޮށް، ސިފައިންގެ ގާބިލުކަން އިތުރުކޮށް، އަދި ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ވެށްޓެއް ގާއިމްކުރުމަށް، ސަރުކާރުން އެކަށައަޅާފައިވާ ތަސައްވުރު، ހަގީގަތަކަށް ހެދުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްވާ މަސައްކަތަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން، ހުރިހާ ސިފައިން ޝާމިލްވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތައް ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް، އެކަމަށް ރައީސްގެ ހިތާބުގައި ވަނީ ތަހުނިޔާ ދަންނަވާފައެވެ.
ވަރަށް ރަނގަޅު ވާހަކައެއް އެހެންތާވާނީ އެމީހުންގެ އަގުވަށްޓާލާ ސިފައިންނާ ދިމާޔަށް ގޮޅަބޯ ގޮވާ މަނީ މަނީ ޔެސްސަރ ބާގީ ގޮވީ އިބޫމެން ރީދޫ ގުޜުޕު ވިއްޔަ ރީދޫގުރޫޕު އެކަން ހުއްޓާލީނައި ރައްޔިތުންގެ ފަރާތުން އެއަޑެއްނީވޭނަތާ ރީދޫ ލާދީނީ ނަސީދޫ ތަޅާނެ ކުދިންކޮޅެއް ލިބޭނެބާ؟
ސިފައިންގެ ހެވިކަމުގެ ހިގާލުން ބޭއްވި އިރު ކަލޭމެން ގޮވީ ބާޤީންނޭ ކިޔާފައި
އަބަދުވެސް ސިފައިނާމެދު އާމުންގެ އިތުބާރު އޮވޭ ކޮންމެ ވެރިއަކުވެސް ސިފައިން ލައްވާ ޤާނޫނުގެ އިމުން ބޭރުން ކަންކަން ކުރުވާތީ އިތުބާރު ކުޑަވަނީ އެންމެ ފުރަތަމަ ސިފައިންލައްވާ ގޯސް ހެދުވީ އެމްޑީޕީ ވެރިކަމުގަ ފަނޑިޔާރަކު ވަގަށްނެގުވީ ދެން ޔާމީނުވެރިކަމުގަ 02 ފަނޑިޔާރުން ފުރާޅު ޓިނުނަގައިގެން ދަމާ ކޫތާފަ ހައްޔަރުކުރުވީ ވެރިކަމަށް އަންނަ މީހުން ސިފައިންގެ ޤަދަރު ރައްޔިތުން ކުރިމަތީ ކުޑަކުރުވަނީ އަހަރުމެން ކުޑައިރު ސިފައިންގެ މީހަކު ފެނުނަސް އިސްތަށަށް ޖަހާލައިގެނ މަގުގެ އަނެއްފަރާތުން ދަނީ އެހާވެސް ދިވެހިން ކިޔަމަންތެރި އެކަމަކު އެމްޑީޕީއޭކިޔާ ބައިގަނޑެއް އުފެދި މި ޤައުމުގެ އިޖުތިމާއީ ފޭރާން ފުނޑާލީ އިޚްތިރާމާ ޤަދަރުކުރުމާ އަޅާލުމާ މިކަހަލަ ހުރިހާކަމެއް ޤައުމުން ނެތިކޮށްލީ އެމްޑީޕީއޭކިޔާ ބައިގަނޑު ސިފައިންނަށް އަބަދުވެސް ރައްޔިތުން އިތުބާރުކުރޭ އެކަމަކު މާރިޔާއަކަށް އިތުބާރެއް ނުކުރެވޭ ޤާނޫނު އަސާސީއަށް ފައިންއަރާ ސިފައިންނަށް ފުރައްސާރަކޯށް މަލާމާތްކޯށް ދޮޅިދަށަށް އަތްބާނާ ހުތުރު ޢަމަލު ހިންގާފަވާތީ
ދަ އްކާފަހުރި ގިނަވާހަކަތަ ރަގަޅު އެކަމަކު ދެފަޑިޔާރުން ފުރާޅުން ޓިނުނަ އްޓަ އިގެން ދަމާކޫ އްތާފަ ގެންދިޔަ ވާހަކަ ރަގަޅެނޫން...ކު އްވެރިޔަކު ހަ އްޔަރުކުރަން ސަލާމަތީބާރުތަކަށް ހު އްދަދީފަ އޮންގޮތަށް އެކަން އެދިޔަ އީ..ވަޑަ އިގަންނަވަން އާދޭސްކުރުންވެސް އޮންނާނީ ވަކިވަގުތެވަންދެންދޯ..ދެފަޑިޔާރުން އެދުވަހު ހިބަރުބާނާ އިގެން ކޯޓުތެރޭގަ ފިލާތިބުމުގެ ނަތީޖާ މި އަދު ގަ އުމުން ފެންނަމުންމިދަނީ..
އާދޭހާއެކު ދަންނަ މަނިކުފާނު ގާބިލު ކަމެއް ނެއް އިސްތިއުފާ ދެއްވާ.
އެ ކީއްވެ ؟... ކަލޭ މެން ވެރިކަމުގަ ތިބީމަ؟
އެހެންވާނެތާ. މިދިޔަ އަހަރަކީ އެމީހުން ކަމެއް ކުރުވިޔަނުދީ ހުހަށް ބޭތިއްބި އަހަރެއް ވިއްޔަ. އޭރަށް ހަޅޭލަވާ މީހުންނެއް ނުތިބޭނެދޯ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަށް ރައްޔިތުންގެ ކުރިމަތީގައި ފައިން އަރާ ޗިސްޗިސް ކޮށްލަން މަސައްކަތްކޮށް ރައްޔިތުންގެ މަޖިލިސްގެ ކަރާމާތާއި ޤަދަރުކުޑަކޮށް ފާލުން ނެއްޓިފައިވާ އަންހެނަކު މިޤައުމުގެ ސަލާމަތީ ބާރުތަކުގެ ވަޒީރަކަށް ޢައްޔަން ކުރަން ޖެހޭތޯއެވެ. މަނިކުފާނެވެ. މަނިކުފާނަށް ދިވެހި ޤައުމުގެ ބޯޑަރު ނުބެލެހެއްޓުނުއިރު، ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް ނުކުރެވުނެވެ. ވެރިކަމަށް ދެއަހަރު ހަމަވެގެންދާއިރު އެއްވެސް ކަމެއް ޤާނޫނީ އިމުގެ ތެރޭގައި ނިންމި ފުރިހަމަ ކުރެއްވިފައިވޭތޯއެވެ. ވިސްނަވާށެވެ. މިހާރު ޤައުމު މިއޮތީ އަތަށް ގޮވާފައެވެ. ސަލާމަތީ ބާރުތަކާއި ފުލުހުންގެ ބޭކަލުންގެ ތެރެއަށް ވައިރަސް ވަދެއްޖެއެވެ. ދެން ޖަލުތަކަށް ވެސް މިވައިރަސް ވަނުމުގެ ބިރު އެބައޮތެވެ. ޤައުމު ހިންގޭނެ ވަރުގެ މީހަކާއި ޤައުމު ޙަވާލު ކުރައްވައި މަނިކުފާނުގެ ޢަބުރާއި ޢިއްޒަތް ނަގާ ނުލައި އަވަހަށް އިސްތިއުފާ ދެއްވާށެވެ. ވަލްޙަމްދުލިﷲ
މިރާއްޖެގަ މިހިރަ ރައީސް އަކީ ހަމެއްޗެއްކިޔާ ރައީސްއެއްނޫން އަދި ފަހުރުވެރި ސިފައިންނާއި މެދު އާއްމު ރައްޔިތުން އިތުބާރު އަބަދުވެސް ބޮޑު! ބާގީންނާ އަދި އެމީހުންގެ ދަރިން ދުވަހަކުވެސް ސިފައިންނައް ހެވެއްނޭދޭނެ މިޔާއެކު ބާގީންނައް މަގުމަތިން ސިފައިންގެ ބޭކަލަކު ހިގާފަ ދިޔަޔަސް ފެންނާނީ ބިރުވެރި ސިފާގަ !!!!!
ޤާނޫނު އަސާސީ އަށް ރައްޔިތުންގެ ކުރިމަތީގައި ފައިން އަރާ ރައްޔިތުންގެ މަޖިލިސްގެ ކަރާމާތާއި ޤަދަރުކުޑަކޮށް ފާލުން ނެއްޓިފައިވާ އަންހެނަކު މިޤައުމުގެ ސަލާމަތީ ބާރުތަކުގެ ވަޒީރަކަށް ޢައްޔަން ކުރަން ޖެހޭތޯއެވެ. މަނިކުފާނެވެ. މަނިކުފާނަށް ދިވެހި ޤައުމުގެ ބޯޑަރު ނުބެލެހެއްޓުނުއިރު، ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް ނުކުރެވުނެވެ. ވެރިކަމަށް ދެއަހަރު ހަމަވެގެންދާއިރު އެއްވެސް ކަމެއް ޤާނޫނީ އިމުގެ ތެރޭގައި ނިންމި ފުރިހަމަ ކުރެއްވިފައިވޭތޯއެވެ. ވިސްނަވާށެވެ. މިހާރު ޤައުމު މިއޮތީ އަތަށް ގޮވާފައެވެ. ސަލާމަތީ ބާރުތަކާއި ފުލުހުންގެ ބޭކަލުންގެ ތެރެއަށް ވައިރަސް ވަދެއްޖެއެވެ. ދެން ޖަލުތަކަށް ވެސް މިވައިރަސް ވަނުމުގެ ބިރު އެބައޮތެވެ. ޤައުމު ހިންގޭނެ ވަރުގެ މީހަކާއި ޤައުމު ޙަވާލު ކުރައްވައި މަނިކުފާނުގެ ޢަބުރާއި ޢިއްޒަތް ނަގާ ނުލައި އަވަހަށް އިސްތިއުފާ ދެއްވާށެވެ. ވަލްޙަމްދުލިﷲ
ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް! މި މޑޕ މޮހޮރީން ތައް ސިފައިނާ ދިމާލަ ގޮވި މުޑުދާރު އެއްޗެހިތައް ދިވެހިންގެ ކަންފަތަކުން ނުފިލާނެ ދުވަހަކުވެސް.
ސިފައިންގެ އަގުވައްޓާލާނެ ބަޔަކު ނެތީމާ ވާނީ އެހެންތާ! އެއީ ވަކިބަޔަކު ކުރަމުން އައިކަމެއްކަން އެންމެނަށްވެސް އެނގޭ.
ކިނބޫ ފޯސް
ރައްޔެތުންނާ ސިފައިނާ ޖައްސަން ނިކުތް މޑޕ ބައިގަޑު ތިޔައިކަން ހަދާނެތުނީތަ؟
އެމްޑީޕީ އައްވެރިކަންލިބޭއިރައް ސިފައިން ނާއި ފުލުހުން ނުލާފިޔަވަޅެއްވެސް ނޭޅޭ ވެރިކަންގެއްލޭއިރައް ބައިގަންޑުނުކުމެ ފުލުހުންގެ އިމާރާތްތަކުގަ ޖަހަނީ ހުޅު.
އާ ކަލޭމެން ވެރިކަމު ގާއި ތިބިއްޔާ ސިފައިން ވެސް ފުލުހުން ވެސް ރަގަޅުވާނެ ސިފައިންނާ ފުލުހުން ނަކީ އިތުބާރު ނެތް ބަޔަކަށް ހަދާއިގެން އުޅެނީ ކަލޭމެން ކަލޭމެން ވެރިކަމުގާއި ތިބެގެން ސިފައިންނާ ފުލުހުންނަކީ އިތުބާރުނެތް ބައެއް ކަމަށް ބުނުމަކީ އަތަ ކަހަލަ ކަމެއް ދޯ ؟
ކޮންއިރަކުތޯ ރައްޔިތުން ސިފައިންނާމެދު އިތުބާރު ނުކުރަނީ ! ތީ އެމްޑީޕީ މީހުން ދައްކާ ވާހަކަ! އަހަރަމެން އަބަދުވެސް އިތުބާރުކުރާނަން ސަލާމަތީ ބާރުތަކަށް
އަހަރުން އަބަދުވެސް އިތުބާރުކުރަން ތިޔާ މާރިދާތަ ތަޅާނެކުދިންކޮޅެއްވެސް ހޯދަންއުޅުނީ ނަސީބެންނު ތިބާ މެނަށް އެ މީހުން ކިޔަމަންތެރިވާކަން
އެއްވެސް އިރެއްގެ ސިފައިންނާ ފުލުހުންނައް ރައްޔިތުންގެ އިތުބާރާ އިހުތިރާމް ކުޑައެއްނުވޭ އެކަން ކޮއްފާވަނީ އެ މްޑީޕީގެ ބޮޑުން އެޕާޓީގެ މެމްބަރުންލައްވާ!!
ދިވެހި ސިފައިންނާއި މެދު ރައްޔިތުންގެ އިތުބާރު އަބަދުވެސް ވަރަށް ބޮޑު. އަމިއްލައެދުމުން ފުރިފަ، ވެރިކަމަށް ބޫތު ކައިފަ ތިބި ބަޔަކު ދިވެހީންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނެރެގެން ދިވެހި ސިފައިންނާއި ދިމާލަށް "މަނީ މަނީ ޔެސް ސާރ" އޭ، "ބާޣީ" އޭ ކިޔަމުން ދުއްވިޔަސް،އަދި ދިވެހި ސިފައިންނަކީ "ކަމެއް ދިމާވާއިރަށް ފިލާތިބޭ ފިޑި ބަޔެކޭ" ގޮވިޔަސް، ހަގީގަތުގައި ދިވެހި ރައްޔިތުން ގެ ހިތުގެ ގަދަރާއި ލޯތްބަކީ އަބަދުވެސް ދިވެހި ސިފައިންނަށް ހިފެހެއްޓުމެއްނެތި ދެވިފަ ވާއެއްޗެއް. އެކަން ދުވަހަކުވެސް ބަދަލު ނުވޭ. ނުވެސް ވާނެ!