ކޮވިޑް-19އާ ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީ އޮތީ ސަރުކާރާއި އެއްކޮށް މަސަައްކަތް ކުރުމަށް ކަމަށް ފަތުރުވެރިކަމާއި ގުޅުން ހުރި ރާއްޖޭގެ ހަ ޖަމިއްޔާތަކުން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން އެންމެ ހަރަކާާތްތެރިވާ ޖަމިއްޔާ ތަަކަށް ބަލާއިރު،

  • ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕޮރޭޓާރސް (މަޓާޓޯ)
  • އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)
  • ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)
  • ޑައިވާރސް އެސޯސިއޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޑޭމް)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)

އެގޮތުން މިދިޔަ މާރޗް މަހު ފުރަބަންދުގެ ކުރިން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު އާއި އިކޮނޮމިކް މިނިސްޓަރ. ފައްޔާޒް އިސްމާއިލްގެ އިތުރުން މީރާގެ ޓެކްސް ކޮމިޝަނަރާއި ވެސް ބައްދަލުކޮށްފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެފައި ވެއެވެ. އަދި މިބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ސަރުކާރުން މިވަގުތައް ނެރެދެއްވާފައިވާ މޮރޮޓޯރިއަމް އާއި ރިލީފް ލޯން ތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ޖަމިއްޔާތަކުން ދެކެއެވެ. އެހެންނަމަވެސް މި ރިލީފްލޯން ތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓްތައް ބަދަލު ކުރުން ރަނގަޅުކަމަށް ޓޫރިޒަަމް އިންޑަސްޓްރީ ޖަމިއްޔާތަކުން ދެކޭ ކަމަށް ބުނެފައި ވެއެވެ.އަދި ލޯންތައް އަވަހަށް ލިބުމަކީ މުހިއްމުކަމެއްކަން ޖަމިއްޔާތަކިން ފާހަގަކުރެއެވެ.

އަދި ސަރުކާރުން ރާއްޖެ ފަތުރުވެރިކަށް ހުޅުވާލުމަށް ޖުލައި މަހު ނުވަތަ ޖޫން މަހުގެ ފަހުކޮޅު ރޭވި ކަމުގައިވިޔަސް މިހާރެކޭ އެއްފަދައިން އެކުގައި މަސައްކަތް ކުރުމަށް ހުރިހާ އެސޯސިއޭޝަންތައް ތައްޔާރުވެފައިވާކަމަށް ޖަމިއްޔާތަކުން ބުނެފައި ވެއެވެ. އެގޮތުން ސިޓުއޭޝަން އެނަލައިޒްކޮށް ކޮންމެ ދުވަހަކުވެސް އިންޑަސްޓްރީ ބައްދަލުވުންތަކާއި މަޝްވަތާތައް ޑިޖިޓަލްކޮށް ކުރިއަށްގެންދާކަން ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މަޖިލިހު މެންބަރުރުން މުސަަރަ މަދު ކުރަން ވެއް ޖެނއނުންހެ

  2. މޫސުން

    ކޮބާ މަޓީ؟!

  3. ޤައުމު

    ހެހެ އަދިއަލަށްމި އަޑުއެހީ ސަރުކާރުގެ ޕްރޮޕެގެންޑާ އެޖެންޑާގެ ދަށުންޖަރީމާހިންގަން ތީރާއްޖޭގެ ހަލާކު
    މިހާރުވެސް ސަރުކާރުން ދިވެހި ރިސޯޓުއޯނަރުންނަށް ޖެއްސުން ކުރަނީ ކުޑަމިނުން ލޯނުގަނޑެއްވެސްނުދޭ ރިލީފްޕެކޭޖް ތައާރަފުކޮއް ސަރުކާރުބޮޑުންގެ ޖީބުފުރަން.
    ރިސޯޓްބޯއީޒް ބިކަވީ

    އެމް،ޑީ،ޕީ ހަނދާންކުރާތި!!!އަހަރެމެން އެނބުރި އަންނާނަން އިންޝާﷲ.