އަވަހަށް ބިޑި އަޅުވާނެ ގޮތާއި މުގުރު ބޭނުން ކުރާނެ ގޮތް ސިފައިންނާއި ފުލުހުންނަށް ދަސްކޮށްދިނުމަށް ކޯހެއް ހިންގައިފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މުގުރު ބޭނުން ކުރާނެ ގޮތާއި އަވަހަށް ބިޑި އަޅުވާނެ ގޮތް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހުގެ ހަތަރު ވަނަ ބުރުގެ ދަސްވެނިވުން މިއަދު ބާއްވާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިއީ ޕޮލިސް އެކަޑަމީ އިން ކުރިއަށްގެންދާ ކޯހެއް ކަމަށާއި ކޯހުގެ މަޤުޞަދަކީ ފުލުހުންނާއި ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުން ކަމަށެވެ.

މިކޯހުގައި ފުލުހުންނާއި ސިފައިން ހިމެނޭ ގޮތައް ތިރީހަކަށް އޮފިސަރުން ބައިވެރިވިއެވެ.

ސިފައިންނަކީ އާންމު ގޮތެއްގައި މީހުން ހައްޔަރު ކުރުމުގައި ހަރަކާތްތެރިވާ ބައެއް ކަމަށް ނުވި ނަމަވެސް ހާއްސަ ހާލަތްތަކުގައި ސިފައިންނަށް ވެސް މީހުން ހައްޔަރު ކުރުމުގެ ބާރު އޮވެއެވެ.

މުގުރު ބޭނުން ކުރުމާއި ބިޑި އެޅުވުމަކީ ހާއްސަ ތަމްރީންތަކެއް ދީގެން ހާއްސަ ޤަވައިދުތަކެއްގެ ދަށުން ފުލުހުން ވެސް ކުރާ ކަމެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަގަކީ

    ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ މީހަކު ބިޑި އެޅުވުމަށް އެދެތަން ކުރިއާލާ ތައްޔާރުވީ. ދެން އަވަހަށް މަސައްކަތް ފަށަންފެނޭ

  2. މަ މިއު މަ

    ފުލުހުންނަށް ދަސް ކޮށް ދޭންވީ ކުށްކުރާމީހުން ޖަލުގަ ބާއިތިއްބަން. ނޫނީ ގާޒީންނަށް ދަސްކޮށްދޭންވީ ކުށްވެރިންނަށް ހުކުމް އިއްވަން. އަދި ތަންފީޒު ކުރަން ތިބޭ މީހުންނަށް ދަސް ކޮށްދޭންވީ ހުކުމް ތަންފީޒު ކުރަން. ކަމެއް ކުރަން އެނގޭ އެއްވެސް ބައެއް އެބަ އުޅޭތަ؟

  3. އުޅަކޭ.

    ވޯޓުލާދުވަހުވާނެ ތިކަން ޓެސްޓުކޮއްލަން..

  4. މަންނޫބާއި

    އަވަހަށް ބިޑި ހަދާނެ ގޮތް ސިފައިންނާއި ފުލުހުންނަށް ދަސްކޮށްދީ ބަލަ

  5. ކާފަ

    ތިއައީ ނުވެފައޮތްކަމަކީ ؟

  6. ޕޮލިސް އެކްސް ސަރޖެންޓް

    ބަލާލަ ބަލަ ގަވައިދުގައި އެބުނާ މުއްދަތުގެ ތެރޭގައި ބިޑި މުގުރު، ޕެޕަރ ސްޕްރޭ ރިފުރެޝް ކުރޭ ތޯ؟
    ނުކުރާނެ.
    ބިޑި، މުގުރު، ޕެޕަރ ގެ ރިފުރެޝް ޓެސްޓްއިން ފާސް ނުވިޔަސް ބިޑި މުގުރު ޕެޕަރ ދީފައި މަގުމައްޗަށް ފުލުހުން ނެރޭ. މިއީ އަހަރެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އުޅުނު އިރު ކަން ހިނގިގޮތް.

    • މިހާރު ސަރޖެންޓް

      ބޯދާ ވާހަކަ ތިދައްކަނީ

      • އެކްސް

        އެކްސް ސަރޖެންޓް ބުނެފަ އެއީ ތެދެއް.

  7. ވަގުކަލޭގެ

    އަވަހަށް ބޮޑުމީހާ ބިޑިއަޅުވާ..