ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި 41 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
ބިދޭސީން، ފުލުހުންނަށް ހަމަލާދީފައި ވަނީ ހުޅުމާލެ ސަހަރާ ކައިރީގައި ހުންނަ އެމީހުންގެ ލޭބަ ކުއާޓަ ކައިރީގައެވެ.
އިއްޔެގެ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ބިދޭސީން ވަނީ ގާބުރިންނާއި ލަޓިބުރިން ފުލުހުންނަށް ހަމަލާދީފައެވެ. އެ ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވިއިރު، ފުލުހުންގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓުގެ މަސައްކަތު މީހުންނަށް ހަތް މަސް ދުވަހުގެ މުސާރަ ނުދީގެން އެމީހުން މީގެކުރިން އެތައް ފަހަރަކު މުޒާހަރާ ކުރިއެވެ.
މީގެ ކުރިން ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއްގައި ބ. ބޮޑުފިނޮޅުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.
ރައީސަށް ކީރިތި ކުރެއްވޭނެ. ދަގަނޑު ޖަނގިޔާ ކޯފާ ވާނެ. ތިހެން ނަހަދާ.
ތި ޓެރަރީސްޓުން ނަށް މަރުގެ އަދަބު ހައްގުވެއްޖެ
41 މީހުނަށް ވުރެން ގިނަ މީހުން ހަމަލާ ދިން.އެއީ ޓެރަރިޒަމް ގެ ހަމަލާ އެއް .އެއީ ހައްދުންފަހަނައެޅުން/އެއީ ޓެރަރިސްޓުން.މިޤާނޫނު ދިރި ދިރި އެބައޮތް.މިއަކީ ކޮންމެހެން ދީންވެރިންނަށް ފެހި ލިބާހެއް ނުން.އަވަހަށް މި ޤާނޫނުގެ ދަށުން އެންމެ މަތީ އަދަބު ދީ .
ތިޔަ ބައިގަނޑަށް މަރުގެ އަދަބު ދޭންވީ
އަވަހަށް ދޫކޮށްލާ!! ތީ މައްސަލައެއް ނޫން! އެއީ މި ގައުމަށް ފައިސާ ވަންނަ މައި ދޮރާށި!!!