ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަށް ހަދާފައި ހުރި ސިހުރެއް ނައްތާލުމަށް މާފަންނު ސަހަރާ ކޮނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަހަރާ ކޮނެފައި ވަނީ މިމަހުގެ ކުރީކޮޅު ފުލުހުން ވެސް ތިބެގެންނެވެ. ސަހަރާ ކޮނުނު މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ވެފައި ވެއެވެ. އެފޮޓޯތަކުން ފުލުހުން ފެނުނު ނަމަވެސް އެމައްސަލަ އާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މަޣުރިބު ނަމާދާއި އިޝާނަމާއި ދެމެދުގެ ވަގުތެއްގައި ފުލުހުންނާއި އެކު ބަޔަކު ސަހަރާއަށް ވަދެ އެތަނުން ކޮނެގެން ނަގާފައިވާ ތަކެތީގެ ތެރޭގައި ލިޔެފައި ހުރި ފޮތިގަނޑަކާއި، އިންސާނާގެ ސޫރަ ކުރަހާ އޭގައި ލިޔެފައި ހުރި ލަކުޑިތަކަކާއި އަދި ލިޔެފައި ހުރި ފަތްތަކެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
މިނިސްޓަރ އިމްރާން ރުޤުޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު ރުޤުޔާ ކުރާ ބައެއް މީހުން ބުނާ ގޮތުގައި މިނިސްޓަރު އިމްރާން ކިޔަވައި ވިދާޅުވަމުން ގެންދަވަނީ ސިހުރު ބާތިލް ކުރުމަށް ކިޔަވާ އާޔަތެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސިހުރުގެ އުނދަގޫ ވާތީ މިނިސްޓަރު އިމްރާން އޮފީހަށް ނިކުމެވަޑައި ނުގަންނަވާތާ ވެސް މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
އެންމެ ފަހުން އިމްރާން ފެނިފައިވަނީ، މިމަހު ފަސް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުންނާ ބައްދަލުކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާ އިންނެވެ. އެ ޖަލްސާގައި އިމްރާން ވާހަކަ ދައްކާފައެއް ނުވެ އެވެ.
ކީކޭ ބުނާނީ، މި ސަރުކާރުގަ ސަހަލް އެކަކު ނޫޅެނީއޭދޯ !
ވާނީވެސް އެހެންތާ، މުގުލުގަ ހުރީ މޮޔައެއް، ގައުމު އޮޔާގޮއްސި...
އިމްރާނައް ތިޔަ ސިހުރުން އަވަސް ޝިފާއެއް ދެއްވައި ސިހުރު އަވަހައް ބާތިލްކުރައްވާށި.. ސިހުރުހަދާމީހުންނަކީ ދެދުނިޔެގެއްލިފައިވާ އަދި އާޚިރަތުގައި ބޮޑެތި އަޒާބުދެވޭނެ މުޖުރިމުން. އެމީހުންނަކީ ދުނިޔެއައްޓަކައި އާޚިރަތް ދޫކުރި މީހުން. އެމީހުންނަކައް ކާމިޔާބެއް ނެތް..
މާގިރި ހޮޓެލްގައި އިމްރާން ބަހައްޓާގެން ސިހުރު ހަދާ މޮޔަ ކޮށްލީތަ؟ކުރިން މަހުލޫފަށް ވެސް ހެދީ މިހެން. މަހްލޫފަށް ހުންނާނެ މިކުޅިވަރުފެނި މީގެ ރަހަ ފިސާރި ރަގަޅަށް ލާފައި. މާގިރި ހޮޓެލުގައި ނެތް ކަމެއް ނެތްތާދެން. ރާބުއިމާއި ޒިނޭ ކުރުމާއި ރޯދަމަހު ރޯދަވާޖިބު ބޮޑެތި ފިރިހެނުންނާއި އަންހެނުން ރޯމާދުވާލު ރޯދަނުހިފާ ކެއުމާއި އެކަކު އަނެކަކަށް ސިހުރު ހެދުމާއި ލިވާތު ކުރުމާއި ޝިރުކު ކުރުން ވެސް އަދި އެތަނުން ފެންމަތިވެދާނެ
ބޮޑު އެކްޓަރެއް މިހާރު އެއީ
ހަމަ ހުސް މަކަރު. ޖިންސީގޯނާގެ ވާހަކަ އެއަންހެން މީހާ ދައްކާތީ.އެމައްސަލަ ފުލުހުން ބަލާފާނެތީ ޖަހާ މަކަރެއްތީ.
މިނިސްޓަރުކަން ލިބީމަ ހެނދުނާއި ހަވީރުގެ ޒިކުރުގެ މަތިންވެސް ހަދާން ނެތުނީބާ؟
ކޮއްކޯ އެސޮރު ދީން މަތިންވެސް..
ހީވަނީ އެ ލީކްވި އޯޑިއޯ އޮއްބާލަން ޖައްސާ ސްޓަންޓެއްހެން..
ދަންނަވަންތޯ މީސްމީޑިއާއަށް ތިކަންތަށްގަނޑު ހިލުނީމަ ގޭމެޕްލޭން ބަދަލުކުރަން އުޅުނަސް ތިކަން ތިހެން ނުވާނެ. މިސަރުކާރުގެ މަތީފަޑިޔަށް ސިހުރު ޖެހި އެންމެން އަވަދިވަނީ ކީއްވެކަން ވެސް ނިކަން އަވަހަށް ހާމަވެގެންދާނެ. ޝައިތާނީ އަމަލު ކުރަންޏާ ޝައިތާނާ ނިކަން ލޯބިވާނެ. އަދި ދުލެއްވެސް ނުކުރާނެ.
ރަނގަޅު އަންހެނުންނައް ޖިންސީ ފުރައްސާރާޔާ ޖިންސީގޯނާކުރާކަމައް އަނހެންވެރިން ށަކުވާކުރަންފެށުމުން ސިހުރުހަދަނީޔޭ ކިޔާ އަޑުފަތުރާލީމާ ނިމުނީތާދޯ
ކޮންމެވެސް ފޭކު ކަންތައްގަނޑެއް ކުރާހެން ހާދަ ހީވޭ. ޢިމްރާނު ރުގުޔާ ކުރަން ކިޔަވާއިރި އިމްރާނު އިންނަނީވެސް މައިކެއް ހިފައިގެން. ހީވަނީ އިމްރާނަށް ރުގުޔާ ކުރުމުގެ ބަދަލުގައި ދިވެހި ގައުމަށް ރުގުޔާ ކުރާހެން.
އަވަސް ޝިފާއެއް ދެއްވާށި. އާމީން
އެއްވެސް މީހަކަށް ބޭއިންސާފުން އަނިޔާ ނުދޭށެވެ އެއީ ތިބާގެ ދުޝްމަން ކަމުގައި ވިޔަސް ވެހެވެ ސިހްރު ހެދުމަކީ ޝައިތާނީ އަމަލެކެވެ ސިހުރުހެދުމަކީ ދީނުން ބޭރުވާ ކަމެކެވެ
މިގައުމުގަ މިހާރު އެންނެ ނުރަށްކާ އެއް ވަބާ އަކީ ތީ، ކިތައްް ކިތައް އާއިލާގެ މީހުންތޯ ހަލާކުވެގެން އެދަނީ، ރާއްޖޭގަ މިއަށް ވުރެން ވަކި މީހުންކުރާ ނުލަފާ ހަޑިމުޑުދާރު އަމަލެއް އޮތްހެނެއް ހިއެއް ނުވޭ، ސިހުރުހަދާ މީހުން އެކަން ކުރަމުން އެދަނީ އެއްވެސް ބިރެއްނެތި، އެއްވެސް ކުށެއްނެއް ގިނަ އާއިލާ ތަކެއް ދަނީ ނޭގިތިބެ ނަމަވެސް ހަލާކުވަމުން، މިކަމާ ވާހަކަދައްކާ މިކަމައް ހައްލެއް ހޯދަން ވާހަކަ ދައްކަނީ ކާކުތޯ؟ މިކަމުގަ ކިތައް ކިތައް އަހަރުތޯ އެފަދަ އާއިލާތައް ވޭތުކުރަމުން އެދަނީ،؟ ނޫސް ވެރިންވެސް މިކަމާ ވާހަކަ ދައްކާ މިކަން މިގައުމުން ފުހެލަދޭން ވާހަކަ ދައްކާ ހެދީ ކިތައް ކިތައް ނޫސް މަޖައްލާތޯ؟ އެތައް އާއިލާއެއް މިކަމުގަ ވޭތުކުރަނީ ވާނުވާ ނޭގޭ ހާލު، އެ އާއިލާތައް ވަނީ އެކަމަށް ޝިފާއަކަށް އެދި، މިއައްވުރެން ވަކި ނުބައި ނުލަފާ ހަޑިމުޑުދާރު އަމަލެއް އެބައޮތްތޯ؟
ފއިސާގެ ދަހިވެތިކަމުގައި ސިޙުރުވެރިން ކުރާ ބޮޑު ޝިރުކު. ބޮޑު ހަތްފާފަގެ ތެރޭގައި ހިމެނޭކަމެއް.
ހަގީގަތުގަ އިމްރާނަށް ވަނީ ސިހުރުޖެހިފައެއްނޫން އިމްރާން ބިރުގަންނަނީ ސަބަބަކީ ﷲ ގަންދީ ހުވާކޮށްފަ އިމްރާން ބުނެވުނު ބަސް އޭގެފަހުން އޭނާގެ އަމަލުތަށް ހުރީ ދިމާ އިދިކޮޅަށް މިއީ ވެގެން އުޅޭގޮތް ހުރިހާކަމެއް ދެނެވޮޑިގެންވަނީ ހާލިގުވަންތަ އިލާހުއެވެ ވަﷲ އައުލަމް.
އަދިވެސް ހާދަހާ ދިވެހިންގެ ވިސްނުން ތަރައްގީ ނުވެޔޭ.
1.މިއީ މުތުލަގަށް ދޮގް..ތިއީ ބަޔަކު ލައްވާ ވަޅުލާފައި ދެން ކޮނުނީ.
2. ރުގުޔާކުރެވިދާނެ.
3. އެއްޗެއް ވަޅުލާފަ ހުންނާނީ ސަހަރާކަމާއި، އަދި އޭތިވާނީ މިވެނި ހިސާބެއްގައި އިނގޭނެ އެއްވެސް ގޮތެއް ނޮއޮންނާނެ ..މިއީ ފުރައްސާރައިން ރެކެން މީނާ ޖަހާ ވަރުގަދަ މީހުން ހައްލާ މަޅިއެއް. ..
ގަންނަ ގަޑު ފަޅާއެރީމަ އަވަހަށް އެކަމުން ސަލާމަތްވާން މޮޅު އުކުޅެއް ހެދީދޯ؟ އާ ޔަހޫދީ ވިސްނުމުގަ ވާނީ މިހެން. އާފަހެ މިދެން ކޮންގަޑެއް ރ ޔ ވެއްޖެނަމަ ސިހުރު ރ ނ ނަމަ އެއީ މަޖަލެއް. ޝ އ ރައްޔިތުން ހާލަށް ބަލާލާ ދޯ
ބޯ ދަމައިގަންނަން އުޅޭނެ ކަމެއް ނެތް!
ތި އޮތީ ނަޓު އެޅިފަ..
ދެބޯގެރިދުއްވަނީ ދެއްތޯ
ތިކަންވެސް ކުރީ ސަރުކާރެއްގެ ބޮލަށް ނުދާނެބާ
ޝައިހު އިމްރާން ވަނީ ކުފުރު ވެފައެވެ އަވަހަށް ތައުބާ ވާށެވެ ދެންވެސް ﷲ ގަންދީ ހުވާކޮށްފަ ލާދީނީ މީހުނާއެކު ނޫޅުއްވާށެވެ ބުއްދިވެރި ގޮތަކީ އަދި ނަފުސަށް ހިތްހަމަޖެހުން އޮތީ ދޮގުވައުދު ނުފުއްދުމެވެ ﷲ އަކުބަރު
އެވެދާނެ މިސަރުކާރުން ރާވައިގެން އެހެންމީހަކަށް ސިހުރެއް ހެދުމަށް މީހުންގޮވައިގެން ސަހަރާއަށް ވަނީކަމަށް. ތިޔައީ ކޮންބައެއް
މިކަމެއް ނުވޭތަ ޝިރުކަކަށް؟
ސަހަރާ ކޮނުނީ ސިހުރު ނަައްތާލާކަށް ނުން!
އަހަރުމެން ބޮލުގަ އިން ވިސްނުން ނައްތާލަން ވެގެން....ތީ ކޮން ބައެއް
އަންހެނަކު ވާހަކަތަކެެއް ދެއްކީމަ އެވާހަކަ ދޮގުކުރަން ޖަހާ ރޮކެޓް. ދެން ބުނަންވީނު އެ ރެކޯޑިންގަ ވާހަކަ ދައްކަނީވެސް ޖިންނިއެކޭ. ތަހުގީގުގަވެސް ބުނާނެކަންނޭނގެ އެއީ ޖިންނިއެކޭ. އަސްލު އަންހެނެއް ނޫނޭ. ފުލުހުން ތިހިސާބުގަ އުޅެންންޏާ މީކަންނޭނގެ މައްސަލަ ނިންމާލާނެ ހިސާބަކީ.