ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފު މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން 31 ހެއްކެއް ހުށަހަޅައިފިއެވެ.
އަރީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން އަރީފް ޖަލު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރައީސް ޔާމީން ޗެލެންޖަކަށް ވާނީ ތަރައްގީ ގެންނަވާތީ.
ސްޕްރީމްކޯޓުން އެ ނުއަތު އަމުރު ނެރުމުގެ 6 ދުވަސްކުރިން ، ކާލިގަނޑުޓީވީން ގޮވައިނެގި ސީޕީޢަރީފް މަސްއޫލިއްޔަތުން ދުރުކޮށްފިކަމަށާ އެހެންމީހަކު އެ މަޤާމަށް ހަމަޖައްސަވައިފިކަމަށް! މި ޚަބަރު ކާލިގަނޑުޓީވީން ކިޔަންފެށުމާއެކު ފުލުހުންވަނީ އެކަން ދޮގުކޮށް ބަޔާންނެރެ ނޫސްކޮންފަރެންސްވެސް ދީފަ! ކާލިގަނޑުޓީވީން އެގޮތަށް އެ ޚަބަރު ކީ އެމީހުނަށް ސީޕީ ޢާރިފްގެ ޙާލަތު އެގޭތީކަން ކަށަވަރު!