މި ސަރުކާރުގެ ކެބިނެޓުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަރުގެ އިތުރު ވަޒީރެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަމީނަށް ތައުރީފް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޝިޔާމް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ބޮޑު ކެބިނެޓުގައި ހެލްތު މިނިސްޓަރު ވަރުގެ އިތުރު މިނިސްޓަރެއް ނެތް ކަމަށެވެ. ޝިޔާމް އެގޮތަށް ވިދާޅުވީ، ހެލްތު މިނިސްޓްރީން މަޖިލިހުގެ ކަންކަމާ ނުބެހުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހުން ވެސް ނުރަނގަޅު ކަމެއް ކުރަމުން އަންނަ ނަަމަ އެކަމާ ހެލްތު މިނިސްޓަރު ދެކޮޅު ހެއްދެވުމަކީ އޭނާ އަށް އިންޒާރުދީ ނުރުހުން ފާޅުކުރަންވީ ކަމެއް ނޫން ކަމަށާއި އަދި އެކަމާ އަމީން އަށް ކުރައްވަންވީ ތައުރީފް ކަމަށެވެ.
"އެހެން ހުރިހާ ކެބިނެޓް މިނިސްޓަރުންނަށް އަޅުގަނޑު ދޭނީ ޔޫ. މި ސަރުކާރުގަ ޔޫ ދޭނީ. އެހެން ނަމަވެސް ހެލްތު މިނިސްޓަރަށް އަޅުގަނޑު ދޭނަން ޑީ." ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ކަން ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި އޮތް ވާހަކަތަކުގެ ތަފްސީލަކަށް ނަޝީދު ވަޑައިގެންފައެއް ނުވެއެވެ.
ނަޝީދު އެ އިޝާރާތް ކުރެއްވި ބަޔާނަކީ ރާއްޖޭގެ ސިއްހީ ދާއިރާ ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ބަޔަކު ދެއްކި ވާހަކަތަކުގެ ދިފާއުގައި ހެލްތު މިނިސްޓްރީން ރޭ ނެރުނު ބަޔާނަށެވެ.
ނަޝީދު ހަމައެކަނި އެދިވަޑައިގެންނެވީ ހެލްތު މިނިސްޓްރީން ރާއްޖޭގެ ގާނޫނީ ނިޒާމު ގަޑުބަޑު ނުކުރެއްވުމަށެވެ. އަދި މަޖިލިހުން ކުރާ ކަންތައްތަކާ ގުޅިގެން ވުޒާރާތަކުން އެ ބާވަތުގެ ބަޔާން ނެރުއްވައި ބެހިވަޑައިނުގަތުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ތިބުނީ ވަރަށް ބޮޑު ތެދެކެވެ. މިނިސްޓަރ އަމީނަކީ ކޯލީޝަންގެ ވެސް ފަޚުރެވެ. އެކަމަކު އަމީނަށް ޙައްޤީ ޔޫ އެއް ނޫނެވެ. ބީ އެކެވެ. އެމް ޑީ ޕީ ބޭފުޅެއް ނޫންވީމައި، އޭ އެއް ހޯދިޔަކަ ނުދޭނެ އެވެ.
ޝާހިދު؟
އަހަރެންގެ ޝާހި ލޯބި އެއީ އޭ ގްރޭޑް އެއްޗެއް. ކުޑަތަންކޮޅެއް އަވަހީ. އެހެން ނޫންނަމަ އޭ ޕުލަސް ?
މިނިސްޓަރ އަމީނަކީ ހެލްތްމިނިސްޓަރަކަށް އެއްވެސް ޤާބިލްކަމެއް ހުރި މީހެއްނޫން، ޔޫތު މިނިސްޓްރީގެ ސްޕޯކްސް ޕާސަން އަކަށް ލާން ރަނގަޅުވާނެ..