ގދ. ތިނަދޫން ކޮވިޑަށް ފައްސިވި އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފަރުވާ ފެސިލިޓީއަށް ގެންދަން މަސައްކަތް ކުރިއިރު އެއީ އެއްވެސް ފެންވަރެއް ނެތް ތަނެއް ކަމަށާއި އެ މައްސަލާގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫ ބަކުރު އިސްތިއުފާ ދެއްވަން ގޮވާލައްވާ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާންމު ސިއްހަތުގެ ނުރައްކަލުގެ ވަގުތީ ގާނޫނުގެ ބިލަށް ބަހުސް ކުރައްވަމުން ސައުދު ވިދާޅުވީ، ކޮވިޑްގެ ބަލިމީހާ ވިލިނގިއްޔަށް ނޭރުވި ކަމަށް މީޑީއާގައި ފަތުރާފައިވަނީ ދޮގު ވާހަކައެއް ކަމަށެވެ. އެ ބަލި މީހާއަށް ވިލިނގިއްޔަށް ނޭރުނީ އޭނާގެ އެހީތެރިޔާއަށް އެ ރަށަށް އަރަން އެޗްޕީއޭއިން ހުއްދަ ނުދިނުމުން ކަމަށެވެ.
މީގެ އިތުރުން ތިނަދޫ ފަދަ ސިއްހީ އިންތިޒާމުތައް ރަނގަޅު ރަށެއްގައި ފަރުވާ ދެމުންދަނިކޮށް އެއަށްވުރެ ހާލު ދެރަ އިންތިޒާމުތަކެއް ހުރި ރަށަކަށް ގެނައުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ސައުދު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ކަންބޮޑުވޭ ތިނަދޫން ކޮވިޑަށް ފައްސިވި ބަލި މީހަކު ތިނަދޫގައި މަތީފަންތީގައި ފަރުވާ ލިބެން އޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތް ތަނަކަށް ގެންދިޔައިމާ. އެނދެއް އެކަނި ބަހައްޓާފައި ހުރި ތަަނަކަށް ގެނައިމާ ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާދޭނީ ކިހިނެތްތޯ؟" އޭނާ ވިދާޅުވިއެވެ.
ވިލިނގިލީގައި ގާއިމުކޮށްފައިވާ ފެސިލިޓީ ސައުދު ސިފަ ކުރެއްވީ "ހިޔާނާތެއް" ގޮތުގައެވެ. މަތީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ބުނެ ފެށި މަސައްކަތް ނިންމާލިއިރު އެ ތަނުގައި އެއްވެސް ފެންވަރެއް ނެތް ކަމަށް ސައުދު ވިދާޅުވިއެވެ. ތިނަދޫގައި ފެސިލިޓީއެއް ގާއިމު ކުރަން ވެސް ގޮވާލެއްވިއެވެ. އަދި މައިމޫނާގެ އިސްތިއުފާއަށް ވެސް އޭނާ ގޮވާލެއްވިއެވެ.
"އެ ކަން އެ ގޮތަށް ހަމަޖެއްސުމަކީ އެޗްޕީއޭއިން ދެ ރަށެއްގެ މީހުން ޖައްސަން ކުރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ވަނީ، އަޅުގަނޑު ދެކެނީ މިއީ އެޗްޕީއޭއިން ވަރަށް ފަރުވާ ކުޑަ ގޮތަކަށް ކުރެއްވި ކަމެއްގެ ގޮތުގައި، މައިމޫނާ އަބޫބަކުރު ވެސް އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވާލަން،" ސައުދު ވިދާޅުވިއެވެ.
ސައުދުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވެސް މި މައްސަލާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދެއްްކެވިއެވެ. އެހެން ރަށެއްގައި ރަނގަޅު ފެންވަރަކަށް ފެސިލިޓީ ގާއިމުކޮށްދޭން އެ ދެ މެންބަރުން ވެސް ގޮވާލެއްވިއެވެ.
ތިނަދޫން ކޮވިޑް-19 އަށް ފައްސިވީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ، ތިނަދޫން މާލެ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެކެެވެ. އެ މީހާ ފައްސިވެފައިވާކަން އެނގުނީ ބަލިވެގެން ޑޮކްޓަރަަށް ދައްކަން ދިއުމުން، އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދި ޓެސްޓުންނެވެ.
އެ މީހާ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް-19 ފެސިލިޓީއަށް ގެންދަން ސީއެމްބިއުލާންސްގައި އެރަށަށް ދިޔަ ނަމަވެސް، އެރަށުގެ ބައެއް މީހުން، އެ މީހާ ރަށަށް އެރުވިޔަ ނުދީ ވަނީ އެރަށު ބަނދަރު ސަަރަހައްދުގައި މުޒާހަރާ ކޮށްފައެވެ. އެމީހާ ރަށަށް ނޭރުވި ދެގަޑިއިރަށް ވުރެ ގިނަ އިރު ވިއެވެ.
ބަލި މީހާ އޮތް އެ ލޯންޗް އެރަށު ނެރު ބޭރުގައި އޮތުމަށްފަހު ފަހު، ފަހުން ވަނީ އަނބުރާ ތިނަދޫއަށް ގޮސްފައެވެ. އެއީ މީހާ މިހާރު އެއާ ޓެކްސީގައި މާލެ ގެންދަން ނިންމާފައިވެއެވެ. ބެލެވޭ ގޮތުގައި އެ މީހާ ގެންދާނީ މާލެ ސަރަހައްދުގައި ހުންނަ ކޮވިޑް ފަރުވާދޭ ފެސިލިޓީއަކަށެވެ.
ވިލިގިއްލާ މީހުންގެ ވައްތަރުތީ ބަލަ ފެސިލިޓީ އަކީ ވިލިގިއްލާ މީހުންގެ ތަރިކަ މުދާގަޑެއް ނޫނޭ..
ސައުދެއްކަމަކު ތި ދެއްކީ ވަރަށް ރަނގަޅު 100% ތާއީދު ވާހަކައެއް. ތިނަދޫ މީހުން އެމީހާ ރަށުން ބޭރުކުރިއިރު އެވަރު އިނގޭ! މީގަ އިހުމާލުވީ އެރަށުން އެމީހާ ބޭރުކުރި މީހުންނާއި ވިލިނގިލީގަ މިކަން ސިޔާސީ ކަމަކަށް ހެދި މީހުން. އެބުނާ ހޮސްޕިޓާ ހަދަން ޚަރަދުކުރި 5 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭގުނު. މައުމޫނު އެޅި ހޮސްޕިޓަލެއް. ޔާމީނު ތަން މަރާމާތު ކުރީ. ހިންނަވަރު އިބުރާހީމް ލާރިގަނޑު ބަނޑުއަޅާލީ!!
ސައުދު އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ބަލިމީހާ ބޭނުމެއް ނުވޭ އެއްވެސް ހާލެއްގައި އާއިލާގެ މެންބަރަކު ބަހައްޓަން. ގއ. މާމެންދޫއިން ކޮވިޑަށް ފައްސިވި މިހާވެސް ގއ.ވިލިނގިލިއަށް ނާރުވަންވެގެން ހަމަތިމަސައްކަތް ކޮއްފައިވޭ ބަލަ ތީ ހަމައެކަނި ވިލިނގިލި މީހުންނަށް ފަރުވާދިނުމަށް ހުރި ހޮސްޕިޓަލެއްނޫނޭ ދިވެހި ކޮންމެ ރައްޔިތަކަށް ތިޔަ ހޮސްޕިޓަލުން ފަރުވާ ދެވެން ޖެހޭނެ. މިހާރުން މިހާރަށް ގއ.ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ސެންޓަރ ކޮންމެވެސް އެހެން ރަށަކަށް ބަދަލު ކުރުމަށް ސަރުކާރުގެ ކާމާއި ގުޅުންހުރި ފަރާތްތަކަށް ގޮވާލަން. އަދި ވިލިނގިލިން މިއަދު އެހިންގި ލާއިންސާނީ ދަށުދަރަޖައިގެ ކަންކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން.
ސައުދޫ ކަލޭކޮން އިރަކުތަ ޑަކުޓަރަކަށްވީ. ތަންތަނުގެ ފެންވަރު ކަންޑައަޅަން. ކަލޭއިސްތިއުފާދީފަ މަހަށްދާންވީނުން؟
ތިތަނަށްވެސް މިލިޔަނުން ހަރަދު ކުރިކަމަށް ބުނީ